އޭސީސީން މައުލޫމާތު ސިއްރުކޮށް ހިފަހައްޓާ ސަބަބު:"އެކަން ކުރަނީ މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ނުދޭން"

އޭސީސީގެ ރައީސް ޝާމިލް. އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަނީ ހާލަކުން ފަހަރަކު --- ފޮޓޯ: އޭސީސީ

އޭސީސީގެ ރައީސް ޝާމިލް. އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަނީ ހާލަކުން ފަހަރަކު --- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ނުކުރަނީ ތަހުގީގުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް އެ މައްސަލަތައް ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު އޭސީސީ މެންބަރުން ހާޒިރުކުރި އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ މައުލޫމާތު ކޮމިޓީން ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސުވާލު ކުރެއްވީ މައުލޫމާތު އާންމުންނާ ހިއްސާކުރުމާ ގުޅޭ ގޮތުންނެވެ.

"ބައެއް މައްސަލަތަކަކީ އަޅުގަނޑުމެންނަށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި މީޑިއާގައި ބުނަން ވެސް ދަތި. ސަބަބަކީ އެއާ ހެދި އޭގެ ފަހަތަށް އަޅުގަނޑުމެންގެ ތަހުގީގަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަހަލަ ކަންކަން މެދުވެރިވާ ފަހަރު ވަރަށް ގިނައިން ދިމާވެފައި އެބަހުރި," ޝާމިލް ވިދާޅުވި އެވެ.

ތަހުގީގުތައް ހިންގަމުންދާއިރު ނޫސްތަކުން ސުވާލު ކުރި ނަމަވެސް އަޅައި ނުލައި ތިބެން ޖެހޭ ކަމަށް މައުލޫމާތު ހިފެހެއްޓުން ދިފާއު ކުރައްވައި ޝާމިލް ވިދާޅުވި އެވެ.

"ސަބަބަކީ ތަހުގީގުގެ އިންޓެގްރިޓީ, ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެންގެ މައްޗަށް އޮންނަ ޒިންމާ ކަށަވަރު ކުރަން ކުރާ ކަންކަން އެއީ. އެކަހަލަ ކަންކަން ހުންނާނެ އަޅުގަނޑުމެން ނުބުނެ ހަމަ ތަހުގީގުތައް ހިނގަމުންދާ," އޭސީސީގެ ސިއްރު ސިޔާސަތުގެ ދިފާއު ދެއްވަމުން ޝާމިލް ވިދާޅުވި އެވެ.

ކޮރަޕްޝަނަކީ ވައިޓް ކޮލާ ކްރައިމެއްގެ ގޮތުގައި ބަލާއިރު ބައެއް ފަހަރު މީހުންގެ އަބުރު ކަތިލުމަށްޓަކައި ގަސްތުގައި މައްސަލަ އޭސީސީއަށް ލުމަށް ފަހު ވަގުތުން މީޑިއާއަށް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝާމިލް ދެކޭ ގޮތުގައި އެ ހިސާބުން މީޑިއާތަކުން އެ ހަބަރު ޖަހަން ގުޅަނީ "މީހުންގެ އަބުރު ކަތިލުމަށް" ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން މިދިޔަ މުއްދަތުގެ ތެރޭގައި ހާއްސަކޮށް މިދިޔަ ދެ އިންތިހާބުގެ ތެރޭގައި ތި ބޭފުޅުންނަށް ފާހަގަކުރެވޭނެ އޭސީސީގައި ހުރި މައުލޫމާތު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ އެއްވެސް ބޭފުޅެއްގެ އަބުރު ކަތިލިޔަދީފައި ނޯންނާނެ. އެވަރަށް ސަމާލުވެ ތިބީ," ޝާމިލް ވިދާޅުވި އެވެ.

"ނޫސްތަކުން ކަނޑަނޭޅި ހަމަ ކޮންމެ ދުވަހަކު މައްސަލަ ވެއްދުމަށް ފަހު ބައެއް ބޭފުޅުންގެ ވާހަކަ ނޫސްތަކުގައި ޖަހަން މަސައްކަތް ކުރޭ, އޭސީސީއާ ހަވާލާ ދީފައި. އެކަމު އަޅުގަނޑުމެން ވިސްނައިގެން ތިބި ކަމެއް އެއް ކަމަކަށް."

އާންމު ގޮތެއްގައި އޭސީސީއަށް ހުށަހަޅަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަމަކުރާ, ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ އިދާރާތަކާއި ކުންފުނިތަކާއި އެ ތަންތަނުގައި އިސްކޮށް އުޅޭ މީހުންގެ މައްސަލަތަކެވެ. މި މީހުންނަކީ ދައުލަތުން މުސާރަ ދޭ މަގާމުތަކުގައި ތިބޭ ޒިންމާދާރު މީހުންނަށް ވާން ޖެހޭއިރު އެފަދަ މީހުންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު އާންމުންނަށް އެނގެން ޖެހެ އެވެ.

އޭސީސީން މިދިޔަ ދެ އިންތިހާބުގައި ވެސް އަމަލުކޮށްފައި ވަނީ މައުލޫމާތު ހިފެހެއްޓުމުގެ ސިއްރު ސިޔާސަތެއްގެ ދަށުންނެނެވެ. އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުނުކަން ކަށަވަރު ކުރުމަށް ގުޅި ނަމަވެސް އެފަދަ ސުވާލުތަކަށް ޖަވާބު ދީފައި ނުވެ އެވެ.

ރާއްޖޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ ތެރެއިން އެންމެ ޕާފޯމަންސް ދަށް ކޮމިޝަނަކީ އޭސީސީ އެވެ. މިހާތަނަށް ބޮޑު މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަނުން ހޯދިފައިވަނީ މަދު ކުރިއެރުމެކެވެ.

އޭސީސީން މައުލޫމާތު ސިއްރު ކުރުމާއި ތަހުގީގުތަކުގެ ހާމަކަން ނެތުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ދުވަހަކު ވެސް އެކޮމިޝަނަށް ނޯވެ އެވެ. ވަކިން ހާއްސަކޮށް ފާއިތުވި ދެ އިންތިހާބުގައި އޭސީސީ "ހިމޭނުން" އޮތުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox