Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނަށް ލުއި ދިނުން ބަލައެއް ނުގަނެވޭނެ: ރައީސް

23 މާރިޗު 2024 - 11:54 3

ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި. ފޮޓޯ: ރައީސް


ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނަށް ލުއި ދިނުން ބަލައެއް ނުގަނެވޭނެ: ރައީސް

23 މާރިޗު 2024 - 11:54 3

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ނުވަތަ އެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއިދިނުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ބައެެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ކޯޓުން ލުއިދިނުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.

އެފަދަ ކަންބޮޑުވުުންތައް އިތުރުވެފައި ވަނިކޮށް ސޯޝަލް މީޑިއާ އެކްސް ގައި ރައީސް މިއަދު ލިއުއްވި ލިއުމެއްގައި ވިދާޅުވީ އެެ ގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރަން ސަރުކާރުން އަންނަނީ ޕްރޮސެކިިއުޓާ ޖެނެރަލްގެ އޮފީހުގައި ދަންނަވަމުން ކަމަށެވެ.

"... ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން. މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ،" އެކްސް ގައި ލިޔުއްވި ޕޯސްޓެއްފައި ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންނާ ބެހުނު ކަމަށް ޝައްކު ކުރެވޭ ވަރަށް ގިނަ ބަޔަކަށް ލުއިތަކެއް ދެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ. އެއީ ކޯޓުން ދޭ ލުއިތަކެއް ކަމަށްވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ.