Advertisement

މޫދު ހޮލިޑޭސް މޯލްޑިވްސް: ދިވެހިންނަށް އެންމެ އަގުހެޔޮކޮށް ޕެކޭޖް ވިއްކާ ޓްރެވެލް އެޖެންސީ

7 ފެބުރުވަރީ 2024 - 17:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މޫދު ހޮލިޑޭސް މޯލްޑިވްސް: ދިވެހިންނަށް އެންމެ އަގުހެޔޮކޮށް ޕެކޭޖް ވިއްކާ ޓްރެވެލް އެޖެންސީ

7 ފެބުރުވަރީ 2024 - 17:31 0

ރާއްޖެ ޑެސްޓިނޭޝަނެއް ގޮތަށް އިސްތިހާރުކޮށް އިންޓަނޭޝަނަލް މާކެޓަށް 2005 އިން ފެށިގެން ޕެކޭޖްތައް ވިއްކަން ފަށާފައިވާ މޫދު ހޮލިޑޭސް މޯލްޑިވްސް އިން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ދިވެހިންނަށް ވެސް ޕެކޭޖްތައް ވިއްކަމުންނެވެ.

މޫދު ހޮލިޑޭސް މޯލްޑިވްސްގެ ސީއޯއޯ ރުކްޝާނާ ނަސީރު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހިންނަށް ޕެކޭޖްތައް ވިއްކަން ފެށި މޫދު ހޮލިޑޭސް މޯލްޑިވްސްއަށް އެހެން ޓްރެވެލް އެޖެންސީތަކަށްވުރެ އަގުހެޔޮކޮށް ޕެކޭޖްތައް ލިބެން ހުންނަ ކަމަށާއި، ގިނަ އެހެން އެޖެންސީތަކުން އެޖެންސީތަކުން ޕެކޭޖްތައް ލިބެން ހުންނަނީ ފަތުރުވެރިންނަށް ވިއްކާ އަގުގައި ކަމަށެވެ.

ދިވެހިންނަށް ފުރަތަމަ ޕެކޭޖްތައް ވިއްކަން ފެށި މޫދު ހޮލިޑޭސް މޯލްޑިވްސް އަންނަނީ މިހާރު 30 ރިސޯޓާއި ގެސްޓްހައުސްތަކުން ޕެކޭޖްތައް ވިއްކައި ވަރަށް ބޮޑަށް ފުޅާ ކުރަމުންކަން ފާހަގަކުރައްވާ ރުކްޝާނާ ވިދާޅުވީ، އެ ޓްރެވެލް އެޖެންސީން ވަރަށް އަވަހަށް ލޯންޗްކުރާ އާ ވެބްސައިޓް އެވޭލެބިލިޓީ ބަލައި ދިވެހިންނަށް ވަގުތުން ބުކިން ހެއްދޭނެ ގޮތް ހަދާނެ ކަމަށެވެ.

"އަދާރަން، ބަނޑޮސް، އެނބޫދޫ ސަމާ އައިލޭންޑް ކަހަލަ ރިސޯޓްތަކުން ވަރަށް ރަނގަޅު ޕެކޭޖްތައް ދިވެހިންނަށް ލިބެން ހުންނާނެ. ބައެއް ރިސޯޓްތަކުން އަދިވެސް ދިވެހިންނަށް ޕެކޭޖްތައް ދިނުމަށް ބޭނުމެއް ނުވޭ. ނަމަވެސް އަޅުގަނޑުމެން މި އަންނަނީ ވާހަކަދައްކާ އިތުރު ރިސޯޓްތައް ހޯދަން މަސައްކަތް ކުރަމުން," ރުކްޝާނާ ވިދާޅުވި އެވެ.

މޫދު ހޮލިޑޭސް މޯލްޑިވްސް އިން ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރާކަން ފާހަގަކުރައްވާ ރުކްޝާނާ ވިދާޅުވީ، ތުލުސްދޫ، މާފުށި، ދިއްފުށި، ދިގުރަށް އަދި ދަރަވަންދޫގެ ގެސްޓްހައުސްތަކުން ޕެކޭޖްތައް ވިއްކަމުން އަންނަ ކަމަށެވެ.

މޫދު ހޮލިޑޭސް މޯލްޑިވްސްގެ ކޮންމެ ޕެކޭޖެއް ދެ މީހުންނަށް ފަރުމާކޮށްފައިވާއިރު، 180 ޑޮލަރުން ފެށިގެން 700 ޑޮލަރާ ހަމައަށް ޕެކޭޖްތައް ހުރެ އެވެ. ޕެކޭޖު ތެރޭގައި ފުލް ބޯޑް ނުވަތަ އޯލް އިންކްލޫސިވް ޕްލޭން ހިމެނޭއިރު، ޓްރާންސްޕޯޓްވެސް ވަނީ ހިމަނާފަ އެވެ.

"މިކޮޅުން ކަސްޓަމަރުންގެ ރިކުއާމެންޓްސްއަށް ޕެކޭޖްތައް ބޭނުން މުއްދަތަކަށް ބޭން ގޮތަކަށް ކަސްޓަމައިޒްކޮށްދެން. ކަޕުލްސްއަށް ރޭގަނޑު ޑިނާ ނަގައިގެން އަނބުރާ އާދެވޭ ގޮތަށްވެސް ޕެކޭޖްތައް ހުންނާނެ. އަދި ވޯޓާ ވިލާގައި ވަކި މުއްދަތެއްގައި ތިބުމަށްފަހު އަނެއްކާ ބީޗް ވިލާގައި ތިބުމަށްވެސް ފުރުސަތު ލިބޭނެ" ރުކްޝާނާ ވިދާޅުވި އެވެ.

ޕެކޭޖުތަކުގައި ހުރިހާ ތަނަކުން އިންޑޯ އެކްޓިވިޓީތައް ހިލޭ ލިބޭއިރު، އެކްސްކާޝަން ހިމަނަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ޕެކޭޖް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް މޫދު ހޮލިޑޭސް މޯލްޑިވްސް އިން ބުނެ އެވެ.

އުމުރުން 11 އަހަރުން ދަށުގެ ކުދިންނަށް މޫދު ހޮލިޑޭސް މޯލްޑިވްސް އިން ވިއްކާ ގިނަ ޕެކޭޖްތައް ހިލޭ ލިބޭއިރު، 11 އަހަރުން މަތީގެ ކުދިންނަށް އަގު ނަގަ އެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް އިން ރާއްޖޭގެ ލީޑިން ޓުއާ އޮޕަރޭޓާގެ އެވޯޑް 2016 އަދި 2018 ގައި ހޯދާފައިވާ މޫދު ހޮލިޑޭސް މޯލްޑިވްސްއަށް ފާއިތުވި އަހަރުތަކުގައި ރިސޯޓްތަކުން ޓޮޕް ޕްރޮޑިއުސާ އެވޯޑް ވަނީ ލިބިފައެވެ.