ބަޖެޓުގައި ނެތަސް ތ. ގުރައިދޫ އެއާޕޯޓު މި އަހަރު ފަށާނަން: ރައީސް

ރައީސް މުއިއްޒު ތ. ގުރައިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ތ. ގުރައިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި - ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ތ. ގުރައިދޫ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހިމަނާދީފައި ނެތް ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ގުރައިދޫއަށް ވަޑައިގެން، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަޖެޓުން ޖާގަ ނުދިނަސް އެހެން ގޮތްގޮތުން މަޝްރޫއުތައް ހިންގޭނެ ކަން މި ސަރުކާރުން މިހާރު ވެސް ދައްކައިދީފައިވާނެ ކަމަށެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވީ ވެރިރަށް މާލޭގެ ދެކުނުން 10 މޭލު (16 ކިލޯމީޓަރު) ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެދޮރު ބޭނުންވާ މީހުނަށް ގެދޮރާއި އިގުތިސޯދީ ފުރުސަތުތައް ލިބިދޭ ގޮތަށް ސަރުކާރުން ރާވާފައިވާ "ރަސްމާލެ" މަޝްރޫއުގެ އަގު އަދާކުރަނީ، ފައިސާގެ ބަދަލުގައި އެ ކަން ހަވާލުކުރި ކުންފުންޏަށް އެ އަގަށް ހަމަވާ ބިން ދީގެނެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު ވެސް އެފަދަ ބައެއް އުސޫލުތަކުގެ ތެރެއިން ހަމަޖައްސާނެ ކަމަށެވެ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު މި އަހަރު ފަށާނެ ކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު، ރައީސް މުއިއްޒު ދެން ފާހަގަ ކުރެއްވީ ގައުމުގެ އިގުތިސޯދީ ހާލަތެވެ. ދަރަނިވެރި ހާލަތެއްގައި ދިވެހި ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތުމުން، ރަށްރަށުގައި އެތައް މަޝްރޫއެއް އެއް ފަހަރާ ހިންގެން ނެތް ކަން ވިދާޅުވި އެވެ.

މި އިގުތިސޯދީ ހާލަތުގައި ވެސް ރަށްރަށުން ބޭނުންވާ ތަރައްގީ ހާސިލު ކުރުމަށް، ސަރުކާރުން ކުރެވެން ހުރި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގުރައިދޫގައި އެއާޕޯޓު ތަރައްގީ ކުރާނީ އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. އެއާޕޯޓަށް ބޭނުންވާ ބިން ގުރައިދޫގައި ހިއްކާއިރު, އެ ފަޅުގައި އޮންނަ ގާދިއްފުށްޓަށް ވެސް އެކަށީގެންވާ ވަރަށް ބިން ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ އާއި ގާދިއްފުށީގެ އިތުރުން އެ ފަޅުގައި އޮންނަނީ ތިމަރަފުށްޓެވެ. ތިމަރަފުށްޓާއި ގުރައިދޫއާ ދެމެދުގެ ދިގުމިނަކީ 21 ކިލޯ މީޓަރެެވެ. ގުރައިދޫގައި އެއާޕޯޓު މި އަޅަނީ، ތިމަރަފުށީގައި އެއާޕޯޓު އަޅައިގެން މިހާރު ވެސް ހިންގަމުން ދަނިކޮށެވެ.

އަދި ގުރައިދޫއާ 20 ކިލޯމީޓަރު ދުރުގައި އޮންނަ ވިލުފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ވިލުފުށީ އެއާޕޯޓުގެ ވައުދަކީ ކުރީގެ ސަރުކާރުގެ ވެސް ނިންމުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox