"ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން" ކަމަށް ބުނެ މިނިސްޓަރާއި ތަރުޖަމާނުގެ ފާޑުކިޔުން ނޫސްވެރިންގެ ޖަމިއްޔާއަށް

ތަރުޖަމާނު ޝަހީބު: ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ފިޔަވަޅު ނާޅާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ތަރުޖަމާނު ޝަހީބު: ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ފިޔަވަޅު ނާޅާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތައް ބްލޮކް ކުރި މައްސަލަ ކުށްވެރިކޮށް ނޫސްވެރިންގެ ޖަމިއްޔާއިން ބަޔާނެއް ނެރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ޖަމިއްޔާއަށް ފާޑުވިދާޅުވެއްޖެ އެވެ.

ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫހަކާއި ރަޖިސްޓްރީކޮށްފައިވާ ނޫހެއް ބްލޮކް ކުރި މައްސަލަ ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބަޔާނެއް ނެރުނުއިރު، ޝަހީބު ވިދާޅުވީ "ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ" ކަމަށެވެ. އަދި ވިދާޅުވީ ޖަމިއްޔާއިން ބަޔާން ނެރުނީ ދިރާސާނުކޮށް ކަމަށެވެ.

"ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީބު ވިދާޅުވެފައިވެ އެވެ.

Advertisement

އެ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާގެ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ހަލީލު ވިދާޅުވީ ޖަމިއްޔާގެ ބަޔާނަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ނެރުން ބަޔާނެއް ކަމަށެވެ. އަދި ވިދާޅުވީ "ކޮންމެ ކަމެއްގައި ވެސް އިސްވާނީ ގައުމު" ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު، މުހިންމު ވާނީ ގައުމު. ފޭކް ނިއުސް މައްސަލަ ހައްލު ކުރަން މުޅި ދުނިޔެ ދަނީ ބަހުސް ކުރަމުން. ފޭކް ނިއުސް ބްލޮކް ކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވުން ކަމަށް ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނޯންނާނެ،" ހަލީލު ވިދާޅުވި އެވެ.

ސަރުކާރުން ބްލޮކް ކުރީ ރަޖިސްޓްރީނުކޮށް ހިންގާ ކުރުސީ ޑޮޓް ކޮމް އާއި ދިޔަވަރު ޑޮޓް ކޮމް އެވެ. އެކަމަކު، ރަޖިސްޓްރީކޮށްގެން ހިންގާ ފުރަތަމަ ޑޮޓް ކޮމް ވެސް ބްލޮކްކޮށްފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ. އެ ނޫހަށް ވެސް ރާއްޖެއަކުން ނުވަދެވެ އެވެ.

ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ޝަހީބު ވިދާޅުވިއިރު، ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކަކީ ވެސް މީޑިއާ ކަމަށާއި ބްލޮކް ކުރި ކުރުސީ އަދި ދިޔަވަރު ޑޮޓް ކޮމްއާމެދު އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.

"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" މީޑިއާ ކައުންސިލުން މިއަދު ބުންޏެވެ.

މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައި ވަނީ "މީޑިއާ ކަމަށް ބުނެފައި އެ ވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، ހާމަކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުންތަކަށް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox