އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރަން ބައްސާމް ނިންމައިފި

އެފްއޭއެމްގެ ރަޢީސް ބައްސާމްގެ, އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ޕީޖީން ދަނީ ބަލަމުން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެފްއޭއެމްގެ ރަޢީސް ބައްސާމްގެ, އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ޕީޖީން ދަނީ ބަލަމުން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އަންނަ ޖެނުއަރީ 31, ގައި ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް ވާދަނުކުރާނެކަން އިއުލާނުކޮށްފި އެވެ.

ދާދި ދެންމެއަކު އެފްއޭއެމްގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ބަޔާނެއް މެދުވެރިކޮށް ބައްސާމް ވަނީ އެ މަގާމަށް ވާދަނުކުރާނެކަން ހިއްސާކުރައްވާފަ އެވެ. އަދި, ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ އުންމީދެއް ކަމަށާއި އެކަން ހާސިލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރި ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.

"ދިވެހި ފުޓްބޯޅަ އައު ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ހާލު, ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާނު ކުރަމެވެ," ބައްސާމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށްގެންދާނީ އެ އެސޯސިއޭޝަނުގެ އިލެކްޓޯރަލް ކޮމިޓީން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގައި ހޭދަކުރި ދައުރުގައި އެތައް ކާމިޔާބަކާއި އެތައް ނާކާމިޔާބީއަކާ ކުަރިމަތިލާން ޖެހުނު ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ. ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވީނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ބައްސާމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު މިހާރު އޮތް ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދީފައިވާތީ މިހާރު އޮތް ކޮމިޓީ އުވޭނެ ފަދަ ހާލަތަކަށް ދިއުމުގެ ބިރު ވެސް އޮތީ ހީވެފަ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާނެ އިއުލާނުކޮށްފައިވާ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގު އިސްވެ ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިހާބަކަށް ގޮވާލާފައި މިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިޔުމަށް ސޮއި ހަމަވުމާ ގާތްވެފައި ވަނިކޮށެވެ.

ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅިގެން ތޯރިގު ހިމެނޭހެން ގިނަ ބަޔަކު ވަނީ ބައްސާމްގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ޑިސެމްބަރު 27, ގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން ވަނީ މިއަދު އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox