Advertisement

އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު ތ. ގުރައިދޫ އަށް

7 އޮކްޓޯބަރު 2023 - 08:54 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު ތ. ގުރައިދޫ އަށް

7 އޮކްޓޯބަރު 2023 - 08:54 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަމަށް ވިދާޅުވެއްޖެ އެވެ.

ރޭ "ވަގުތު ޓީވީ" ފޮނުވި ހާއްސަ އިންޓެވިއުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޒިޔާރަތް ކުރެއްވި ރަށްތަކުން އެދެމުން ދިޔައީ އެ ރަށްތަކަށް އަލުން ވަޑައިގަތުމަށް ކަމަށެވެ. އެހެންވެ، ޕާޓީގެ ލީޑަޝިޕުގައި މަޝްވަރާކޮށް ނިންމީ، އިންތިހާބަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ، އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބޭ ރަށަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް އެންމެ މަތީ ޕަސެންޓަކުން ވޯޓު ލިބިފައި ވަނީ ތ. ގުރައިދޫންނެވެ. އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު މުއިއްޒު ހޯއްދެވި އެވެ.

އަބަދު ވެސް ޕީޕީއެމްއަށް ބޮޑު ސަޕޯޓެއް އޮންނަ އެ ރަށަށް ވީހާ ވެސް އަވަހަކަށް ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގުރައީދޫ އަށް ކޮން އިރަކުންތޯ ދާނީ...ވީހާ ވެސް އަވަހަކަށް. އަޅުގަނޑުމެން މަސައްކަތް ފަށައިގަނެ ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ވެސް ހަމަޖައްސަން ހުންނާނެ. އެހެން ނަމަވެސް ވަރަށް އަވަހަށް، މާގިނަ ދުވަހެއް ނުވާނެ [ގުރައިދޫ އަށް ދާން]،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒު 54 ޕަސެންޓު ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.