ފީނުމުގެ އުސޫލާ މެދު ހިތްހަމަނުޖެހި، ފުވައްމުލަކު ޑައިވަރުން އިހުތިޖާޖުކޮށްފި

ފުވައްމުލަކު ޑައިވަރުން, ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ގައި މުޒާހަރާ ކުރަނީ

ފުވައްމުލަކު ޑައިވަރުން, ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ގައި މުޒާހަރާ ކުރަނީ

ފުވައްމުލަކުގައި ފީނާއިރު އަމަލުކުރަންޖެހޭ ގޮތް ކަނޑައަޅައި, އެ ސިޓީގެ ކައުންސިލުން އާންމުކޮށްފައިވާ އުސޫލާ މެދު ހިތްހަމަނުޖެހިގެން ޑައިވަރުން ކައުންސިލް އިދާރާގައި އިހުތިޖާޖުކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު 'އަދަދު' އަށް ބުނި ގޮތުގައި, ޑައިވަރުން އެ އިދާރާގައި އިހްތިޖާޖު ކުރުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާއެކު, މޭޔަރު އިސްމާއިލް ރަފީގު ހިމެނޭހެން ސިޓީ ކައުންސިލުގެ މެންބަރުން ޑައިވަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އެކުލަވާލި އުސޫލުގައި ވަނީ ފުވައްމުލަކުގައި ފުޅި އަޅައިގެން ފީނާ މީހުންގެ އަތުން ފީއެއް ނަގަން ލާޒިމުކޮށްފަ އެވެ. އަދި ޓައިގާ ޝާކަށް ދާން ޑައިވް ސްކޫލުތަކަށް ތާވަލެއް ހަދާފައި ވެސް ވެއެވެ.

ފީ ނަގަން ނިންމި ގޮތް (ކޮންމެ 15 ދުވަހަކަށް)

  • ބިދޭސީ އުޅަނދުތަކުން - ބިދޭސީން އަދި ދިވެހިންނަށް ވެސް ބޮލަކަށް 200 ޑޮލަރު
  • ސަފާރީ އަދި ރަށުގައި ގާއިމްވެފައި ނެތް ޑައިވް ސްކޫލްތަކުގެ ފީ - ބިދޭސީންނަށް ބޮލަކަށް 55 ޑޮލަރު، ދިވެހިންނަށް 20 ޑޮލަރު
  • ފުވައްމުލަކު ޑައިވް ސްކޫލްތަކުން - ބިދޭސީއަކަށް ބޮލަކަށް 40 ޑޮލަރު، ދިވެއްސަަކަށް ބޮލަކަށް 20 ޑޮލަރު
ފުވައްމުލަކު ޑައިވަރުން, ކައުންސިލުް އިދާރާގެ ރިސެޕްޝަން ސަރަހައްދު ބިމުގައި އިށީނދެ ތިބެ އިހުތިޖާޖު ކުރަނީ
ފުވައްމުލަކު ޑައިވަރުން, ކައުންސިލުް އިދާރާގެ ރިސެޕްޝަން ސަރަހައްދު ބިމުގައި އިށީނދެ ތިބެ އިހުތިޖާޖު ކުރަނީ

ފުވައްމުލަކު ޑައިވަރުން, ކައުންސިލުް އިދާރާގެ ރިސެޕްޝަން ސަރަހައްދު ބިމުގައި އިށީނދެ ތިބެ އިހުތިޖާޖު ކުރަނީ

މިއަދު ޑައިވަރުން އިހުތިޖާޖުކޮށް ގޮވާލާފައި ވަނީ, ޑައިވް ކުރަން ނަގާ ފީ ބޮޑުކަމުން, އެ ފީ ތިރި ކުރުމަށެވެ. އަދި ޓައިގާ ޝާކް ބަލަންދާ ޝެޑިއުލް ޑައިވް ސްކޫލުތަކަށް ދޫކޮށްލުމަށެވެ.

އުސޫލުގެ ދަށުން އޮގަސްޓް މަހުން ފެށިގެން ޝެޑިއުލް ކޮންޓްރޯލް ކުރާނީ ކައުންސިލުންނެވެ. ނަމަވެސް ޑައިވަރުން ބޭނުންވަނީ, ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ޑައިވް ސްކޫލުތަކުން އަމިއްލައަށް ޝެޑިއުލް ހަދައިގެން ކުރިއަށް ދިއުމަށެވެ.

ކައުންސިލް އިދާރާގެ ރިސެޕްޝަން ސަރަހައްްދުގެ ބިމުގައި އިށީނދެ ތިބެ, ޑައިވިން ފީ ނެގުމާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ޑައިވަރުން ބުނީ, މިހާރު އެކުލަވާލާފައިވާ އުސޫލަކީ ލާރި ހޯދަން ހަދާފައިވާ ސްކީމެއް ކަމަށާއި, އޭގެ ބަދަލުގައި ރައްކާތެރި ގޮތުގައި ޑައިވް ކުރެވޭނެ އުސޫލެއް ހަދަން ގޮވާލާފަ އެވެ. އަދި, ކައުންސިލުން, އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

މިކަމާ ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން ޑައިވަރުންނާ ބައްދަލުކޮށް, ހައްލު ހޯދޭނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވީ ނަމަވެސް, އެކަމުގައި އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

ފުވައްމުލަކުގެ މަޝްހޫރު ފީނާ ސަރަހައްދު "ޓައިގާ ޝާކް ޕޮއިންޓް" އަށް ފީނުމުގެ އުސޫލުތަކެއް ވެސް ކައުންސިލުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ސަރަހައްދަށް ފީނާއިރު މިޔަރުގައި އަތްލުމާއި ކާންދިނުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދަށް އެއް ވަގުތެއްގައި އެންމެ ގިނައިން ފޭބޭނީ 35 މީހުންނަށް ކަމަށް ވެސް ވަނީ ގަވާއިދުގައި ކަނޑައަޅައިފަ އެވެ.

ފުވައްމުލަކުގައި ފީނާއިރު މިޔަރަށް އަތްލުމާއި ކާންދިނުން އާންމު ކަމަށް އެ ސަރަހައްދަށް ފީނާ މީހުން ބުނެ އެވެ. އޭގެ ސަބަބުން ގުދުރަތީ ގޮތުން ކާނާ ހޯދުމަށް އެސޮރުމެންނަށް ދަތިތަކެއް ކުރިމަތިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox