މީޑިއާ އަށް ފިލުން ގައުމީ ކޯޗު މޮރިއޭރޯގެ އުކުޅެއް؟

ބަންގްލަދޭޝް އަތުން ބަލިވި މެޗަށް ފަހު ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝް އަތުން ބަލިވި މެޗަށް ފަހު ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ދެ ވަނަ ފަހަރަށް ރާއްޖޭގެ މީޑިއާ "ބޮއިކޮޓް" ކޮށްފައިވަނީ، ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ރާއްޖެ އަތުން ފަހަތުން އަރައި 3-1 އިން ބަންގްލަދޭޝް މޮޅުވި މެޗުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެ، ފުރަތަމަ ވާހަކަ ދައްކަން އެދުމަށް ފަހު ވަނީ ރާއްޖޭގެ ކުޅުމަށް ފާޑުކިޔައިފަ އެވެ.

"ވިހި މިނިޓް ޕާސް ޕާސް ދީފައި، ދެން ނުފެނުނު އެއްވެސް ކަމެއް. މިއީ ގައުމީ ޓީމެއްގެ ކުޅުމެއް ނޫން. އަހަރެން ވަރަށް ބޮޑަށް ދިވެހިންގެ ކިބައިން މާފަށް އެދެން، މި ކަމެއް މި ގޮތަށް ނުކުރެވޭނެ" މީޑިއާގެ ސުވާލަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ނޫސްވެެރިންގެ ބައްދަލުވުން ދޫކޮށްދިއުމުގެ ކުރިން މޮރިއޭރޯ ބުންޏެވެ.

ކޯޗު ނޫސްވެރިންގެ ބައްދަލުުވުން ދޫކޮށް ދިއުމާ އެކު ގައުމީ ޓީމުގެ މެނޭޖަރު، އަބްދުﷲ ޝިބާއު (ޝިބާ) ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ފެށި އެވެ.

މޮރިއޭރޯ އެހާ ޒިންމާދާރުކަން ކުޑަގޮތަކަށް ނޫސްވެރިންގެ ބައްދަލުވުން "ބޮއިކޮޓްކުރި" މައްސަލަ ބަލާނެތޯ ނޫނީ ފިޔަވަޅެއް އަޅާނެތޯ އެހުމުން، ޝިބާ ބުނީ އެކަން އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

މިއީ، ގައުމީ ކޯޗު މޮރިއޭރޯ ދިވެހި މީޑިއާ އަށް ޖަވާބު ދޭން ދެކޮޅު ހެދި ދެ ވަނަ ފަހަރެވެ. އެ ގޮތުން، ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކަށް ޖަޕާނަށް ކޭމްޕް ދިއުމުގެ ކުރިން، މާލޭ ބަސް ޓާމިނަލުގައި މީޑިއާ އިން މޮރިއޭރޯގެ އިންޓަވިއު އަކަށް އެދުމުން ވާހަކަ ދައްކަން ދެކޮޅު ހެދި އެވެ. ޓީމު އާންމުކޮށް ފުރާއިރު، ކޯޗު އިންޓަވިއު ދެ އެވެ. އެކަމަކު، މޮރިއޭރޯގެ ފަރާތުން އެކަމެއް ވެސް ނުފެނެ އެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ އިންޓަވިއުގެ ބަދަލުގައި އެ ދުވަހު، މީޑިއާއާ ވާހަކަ ދެއްކީ މެނޭޖަރު ޝިބާ އެވެ.

އެހެންކަމަށް ވުމާ އެކު، މިހާރު މި ފެންނަނީ ޒިންމާއެއް ނަގަން ޖެހޭ ދުވަހު، މޮރިއޭރޯ ނޫސްވެރިންނަށް ފިލަން ހާއްސަ އުކުޅެއް ގެންގުޅޭ ތަނެވެ. އެކަމަށް ބާރު ލިބޭ ހުރިހާ ކަމެއް މޮރިއޭރޯގެ ފަރާތުން ފެނެ އެވެ.

މިއަދުގެ މެޗަކީ 2003 ވަނަ އަހަރު ފައިނަލުގައި، ބަންގްލަދޭޝް އަތުން ބަލިވި ފަހުން، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެެވެ. މި ވޭތުވެދިޔަ 20 އަހަރު ތެރޭ ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ދެ ފަހަރު ވެސް އެކަން ހާސިލްކުރީ ރާއްޖޭގެ ކޯޗަކަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހުއްޓަ އެވެ. މީގެ ކުރިން، ބަންގްލަދޭޝް އިން ވަނީ 2021 ވަަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗުގެ ތެރެއިން މޮރިއޭރޯ: ބޫޓާނުން ރާއްޖެ އަތުން ބަލިވި ނަމަވެސް އެ މެޗުގައި މޮޅަށް ކުޅުނު.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އަށް މޮރިއޭރޯއާ މެދު ފިޔަވަޅެއް އެޅޭނެތަ؟ މޮރިއޭރޯ އިސްތިއުފާ ދޭނެތަ؟

މީގެ ކުރިން ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އެކި ކޯޗުން ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ގެންގުޅުނީ އެކި އުސޫލެވެ. އެކަމަކު، ޔަގީންކަމާ އެކު ކޮންމެ ކޯޗެއް ވެސް ރަސްމީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެ ތަނުގައި ތިބޭ ދިވެހި މީޑިއާ އާއި އެހެން ގައުމުތަކުގެ މީޑިއާ އަށް އިހުތިރާމް ކުޑަކޮށް އަމަލުނުކުރެ އެވެ.

މި ފަހުން، ގައުމީ ކޯޗުގެ މަގާމާ ހަވާލުވި ކޯޗުންގެ ތެރެއިން މީޑިއާއާ އެންމެ ގޯސް ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަމަލުތައް ހުރި އެއް ކޯޗަކީ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެެވެ. އެކަމަކު، ސެގާޓް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެ އެވެ. ބަލިވާ ދުވަހު ޒިންމާ ނަގަނީ އަމިއްލަ އަށެެވެ. ހުރިހާ ކަމެއް ކުޅުންތެރިންގެ "ބޮލަށް" ނުޖަހަ އެވެ.

އެކަމަކު، މިއަދު މޮރިއޭރޯގެ ކިބައިން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މެޗުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، މެޗު ދިޔަ ގޮތުގެ ވާހަކައެއް އޮޅުންފިލުވައިދިނުމުގެ ބަދަލުގައި، މޮރިއޭރޯ ހުރިހާ ކަމެއް ޖެހީ ކުޅުންތެރިން ބޮލަށެވެ. ކުޅުންތެރިިންނަށް ނުކުޅެވުނު ކަމަށް ބުނެ، ނޫސްވެރިންގެ ބައްދަލުވުމުގައި، މޮރިއޭރޯ އަމަލުކުރީ، ގައުމެއް ތަމްސީލްކުރަން ހުންނަ ކޯޗެއްގެ ފަރާތުން ފެންނާނެ ކަންތައްތައްތަކަށް ވުރެ ދަށްކޮށެވެ.

ރާއްޖެ އަށް އަދިވެސް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު އޮއްވައި، މޮރިއޭރޯގެ މި އަަމަލުގެ ސަބަބުން ކުޅުންތެރިންގެ ކުރިމަތީގައި އޭނާ އަށް އިތުބާރެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ޔަގީނުން ވެސް އެއްބަސްވާނެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ތައްޔާރުވާން ރަނގަޅު މެޗެއް ނުކުޅެ، މުބާރާތަށް އައިއިރު، އެކަމާ ބެހޭގޮތުން މޮރިއޭރޯ ވާހަކަ ދައްކާފައި ހުރީ އެކި ފަހަރު އެކި ގޮތަށެވެ. މެޗު ފިޓްނަސް ލެވަލް ކުޅުންތެރިން ކިބައިގައި ނެތްކަން ފުރަތަމަ ދެ މެޗުން ވެސް ފެނުނެވެ. މީގެ ޒިންމާ ޔަގީނުން ވެސް އޮތީ މޮރިއޭރޯ ބޮލުގަ އެވެ.

މިހާރު މި އޮތް ގޮތުން މޮރިއޭރޯ އަށް އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުން ކަމަށް ބުނާ ފަރާތްތައް ސޯޝަލް މީޑިއާގައި އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި މޮރިއޭރޯ މި ގޮތަށް ކުޅުންތެރިން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކައި، ކުރި ދަށު ދަރަޖަަައިގެ އަމަލަށް ފަހު، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދިއުމުން އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނާ ފަރާތްތައް ވެސް ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox