ކޮރިންތިއާގެ ރިސޯޓެއް މާލެ އަތޮޅުގައި ތަރައްގީކުރަން މަސައްކަތް ފަށައިފި

ކޮރިންތިއާ އިން ހިނގާ ރިސޯޓު ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް: މި ރިސޯޓް ހަދަނީ މާލެ ކައިރި ފަޅެއް ހިއްކައިގެން -- ފޮޓޯ ކޮރިންތިއާ

ކޮރިންތިއާ އިން ހިނގާ ރިސޯޓު ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް: މި ރިސޯޓް ހަދަނީ މާލެ ކައިރި ފަޅެއް ހިއްކައިގެން -- ފޮޓޯ ކޮރިންތިއާ

ލަގްޒަރީ ޓޫރިސްޓް ހޮޓާ ހިންގުމުގައި މަގުބޫލުކަން ހޯދާފައިވާ ކޮރިންތިއާ ގެ ރިސޯޓެއް މާލެ އަތޮޅުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މާލެ އަތޮޅުން، މާރަށް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 19 ނަމްބަރު ފަޅުގައި ރިސޯޓް ތަރައްގީ ކުރަނީ، އެ ކުންފުނީގެ އެއް ހިއްސާދާރު ރޮމޭނިޔާގެ ނިރޯ އިންވެސްޓްމަންޓުންނެވެ. މި ރިސޯޓް ތަރައްގީ ކުރުމަށްޓަކައި މާރަށް ހޯލްޑިންސް ގެ ނަމުގައި، ދުބާއީ އިންޓަނެޝަނަލް ފައިނޭސް ސެންޓަރުގައި ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ.

ނިރޯ ގްރޫޕްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތަރައްގީކުރާ "ކޮރިންތިއާ މޯލްޑިވްސް" ރިސޯޓް ވެގެންދާނީ އެ ކުންފުނިން ޓޫރިޒަމް އިންޑަސްޓްރީގައި ކުރާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންޓަނެޝަނަލް އިންވެސްޓްމަންޓަށެވެ. މި ޕްރޮޖެކްޓުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.

މާލެ އިން ފަނަރަ މިނިޓުން ދެވޭ ހިސާބުގައި އޮތް ފަޅެއްގައި ހަތަރު ރަށް ހިއްކައިގެން ހަދާ ރިސޯޓުގައި ހަ ކިލޯ މީޓަރު ހުންނާނެ ކަމަށް ނިރޯ ގްރޫޕުން ބުނެ އެވެ. މި ޕްރޮޖެކްޓް މިހާރު ފަށާފައިވާއިރު، 2025 ގައި ރިސޯޓް ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮރިންޓިއާ މޯލްޑިވްސް ރިސޯޓުގެ ކުރެހުމެއް -- ފޮޓޯ ކޮރިންޓިއާ
ކޮރިންޓިއާ މޯލްޑިވްސް ރިސޯޓުގެ ކުރެހުމެއް -- ފޮޓޯ ކޮރިންޓިއާ

ކޮރިންތިއާ މޯލްޑިވްސް ރިސޯޓުގެ ކުރެހުމެއް: މި ރިސޯޓުގައި 73 ކޮޓަރި އާއި ޕްރައިވެޓް އައިލެންޑެއް ހިމެނޭ -- ފޮޓޯ ކޮރިންޓިއާ

ދުނިޔޭގެ ނިސްބަތުން ފާހަގަ ކުރެވޭ، އެޗްކޭއެސް އިން އެން މަޑީގެ ބައްޓަމަށް ޑިޒައިން ކޮށްފައިވާ ރިސޯޓުގެ ފުރަތަމަ ރަށް ހާއްސަ ކުރަނީ އާއިލާތަކާއި ރައްޓެހިންނާއެކު ޗުއްޓީއަށް އަންނަ މީހުންނަށެވެ. ދެވަނަ ރަށް ހާއްސަ ކުރަނީ ލޯބިވެރިންނާއި ބޮޑެތި މީހުންނަށެވެ. ތިން ވަނަ ރަށަކީ އެކްސްކްލޫސިވް ޕްރައިވެޓް އައިލެންޑެކެވެ. އަދި ހަތަރު ވަނަ ރަށަކީ ރެސްޓޯރަންޓް ތަކާއި އިވެންޓް ބޭއްވުމަށް ހާއްސަ ކޮށްފައިވާ ރަށެވެ.

"ކޮރިންތިއާ ރާއްޖެއަށް ދާ ހަބަރު މި އިއުލާނު ކުރަނީ އުފަލާ އެކު، ޕާޓްނަރުނާއި ޑިވެލޮފަރުންނާއި އެކު ތަފާތު ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތް ކުރާނަން،" ކޮރިންތިއާ ހޮޓެލްސްގެ ސިއީއޯ ސިމިއޮން ނައުޑީ، ހޮޓެލް އޮންލައިން އަށް ވިދާޅުވެފައިވެ އެވެ.

ކޮރިންތިއާ ބުނާ ގޮތުގައި 73 ކޮޓަރީގެ ރިސޯޓުގައި ވެލްނަސް އަދި ފިންޓްނަސް ސެންޓަރާއި ފަސް ރެސްޓޯރަންޓް، މަޝްހޫރު ބްރޭންޑު ތަކުން ހިންގާނެ އެވެ.

"ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް ކަޑަތުކުރެވޭ ހަރުފަތާ އެކު އަހަރެމެން މިތިބީ އުފަލުން. މިކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާ ލިބި ރާއްޖޭގެ އިންތިސާދަށް ޓޫރިޒަމުން ލިބޭ ފައިދާ އިތުރުވެގެންދާނެ،" މާރަށް ޕްރައިވެޓް މިނިޓެޑް އަދި މާރަށް ހޯލްޑިންސް ގެ މެނޭޖިން ޑިރެކްޓަރު ރެނޭ ބެއިލް ވިދާޅުވި އެވެ.

އެ ރިސޯޓް ޕްރޮޖެކްޓުގެ ބިން ހިއްކަނީ އެމްޓީސީސީ އިން ނެވެ. ޕްރޮޖެކްޓް މެނޭޖަރުންގެ ގޮތުގައި އައްޔަން ކޮށްފައިވަނީ ރާއްޖޭގައި 14 ރިސޯޓް ޕްރޮޖެކްޓް ހިންގާފައިވާ އާރުއެލްބީ ހޫލޫމެން އެވެ. ޖެނެރަލް ކޮންޓްރެކްޓާ އަކަށް އައްޔަންކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަންޝަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox