ރަށުތެރެއިން ފެންނަ ކުޑަ ކުއްޖާ!

ރަށުތެރެއިން ފެންނަ ކުޑަ ކުއްޖާ!

އިހުގައި ރަށްރަށުގައި ދިރިއުޅޭ ހައެއްކަ އަށެއްކަ އާއިލާގެ ގެދޮރު ބިނާކުރެވިފައި ހުންނަނީ ގެވަޅު ނެގުމެއް ނެތި, އެއްގެ އާއި އަނެއްގޭ ޖައްސާފައި ހުންނަ ގޮތަށެވެ. ގެވަޅު ނުވަތަ ބިމަކީ މުހިންމު އެއްޗަކަށް ނުވެ އެވެ. ބިމަކުން ކުރާނެ މާބޮޑު ބޭނުމެއް ނޯވެ އެވެ. މި ބުނާ ހައެއްކަ އަށެއްކަ ގެ ފިޔަވައި ދެން ރަށުގައި އޮތްހާ ތަނަކީ އަންޒަމާނުން ފެށިގެން ހެދެމުން އައި ބޯޖަންގައްޔެވެ. މި ޖަންގަލީގައި ރަސްކަން ކުރަނީ ތަފާތު އެކި ހަންޑިތަކާއި ދެވިތަކެވެ.

އޭރުގައި ދުނިޔެ މައްޗަށް އަންނަ ކޮންމެ ރެއަކީ ނާމާން ބިރުވެރި ރެއެކެވެ. ރޭގަނޑުވެ އަނދިރިވުމުން ރަށުގައި އުޅޭ ހަންޑިތައް ރަށުތެރެއަށް ނުކުމެ ރަށުގެ އެތަން މިތަނަށް ފެތުރިގަނެއެވެ. މި ގޮތުން ޖިންނި ޝައިތޯނުންނާއި، ދެވިތަކާއި، ހަންޑިޔާއި އަދި ފުރޭތަތައް ނުކުމެ އެކި ސިފަސިފައިގައި އުޅެއެވެ. މީގެ ތެރެއިން ބައެއް ބާވަތްތަކަކީ ބިރުވެރި ނާމާން ސުންޕާ ތަކެއްޗެވެ. އަނެއްބައި ބާވަތްތަކަކީ އިންސާނުންނާ ރަހުމަތްތެރިވެ، އިންސާނުންގެ ހާދިމުންގެ ގޮތުގައި ގޭގައި ޖެހޭހާ މަސައްކަތްތައް ކޮށްދީ އުޅޭ ބާވަތްތަކެވެ.

އަޅުގަނޑު މި ލިޔުމުގައި ބަލައިލާނީ ރަށުގައި އުޅުނު ”ކުޑަ ކުއްޖާ“ ގެ މައްޗަށެވެ. މި ބާވަތުގެ ކުދިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްތަކުން ފެނެ އެވެ. އެކި ހިސާބު މީހުން އެކި ނަންތައް ކިޔާއުޅެ އެވެ. މި ގޮތުން ކުޑަފޫޅު, ހަންޑި ސޮރު ފަދަ ނަންތައް ކިޔައެވެ. މިއީ ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ހިމަ ތޮޅި ”ދިވެހިކުލައިގެ“ ކުއްޖެކެވެ. އަބަދުވެސް މި ކުއްޖާ ހުންނާނީ ބަރަހަނާކޮށްނެވެ. ބައެއް މީހުންނަށް މިއީ ކޮން ކުއްޖެއްކަން ނޭނގި އެކުއްޖާގެ ގައިގައި އަތްލަ އެވެ. ނަމަވެސް އެއްގޮތަކަށްވެސް އެ ކުއްޖާގެ ގައިގާ އަތް ހަރުނުލާކަމަށް ކިޔަ އެވެ. އެ ކުއްޖާކަން ޔަގީން ކުރަނީ އެހެނިހެން ހަންޑިތައް ފާހަގަކުރާ ފަދައިން ބިންމަތީގައި ފައިޖެހޭތޯ ބަލައިގެންނެވެ. މިއީ މީހަކަށް ގެއްލުމެއް ނުދޭ، އިންސާނުގެ ގެދޮރަށް ނުވަންނަ ހަންޑިއެކެވެ. ނަމަވެސް ގޭގޭ ދޮށަށް އައިސް އުޅެ އެވެ. އެއް ދުވަސް ވަރެއްގައި މި ކުއްޖާ ފެނުމާއި ރަށުތެރޭގައި ރޯގާ ބަލިމަޑުކަން ފެތުރުމާ ގުޅުވާ ވެސް އުޅެ އެވެ.

Advertisement

އަޅުގަނޑު މި ކުއްޖާގެ މައުލޫމާތު ހޯދުމަށްޓަކައި މީސްމީހުންގެ ގާތަށް ހިނގާ، އެކުއްޖާ ފެނުނު (ކުއްޖެއް ކަމަށް ބަލައިގެން ފަހަތުން ދެވުނު ނުވަތަ އަތްލި) މީހަކާ ދިމާވާ ގޮތެއް ނުވި އެވެ. ނަމަވެސް ދާދި ފަހަކުން، އަޅުގަނޑު ގާތު މިވެނި މީހެއްގެ ގާތަށް ދާށޭ ރަހުމަތްތެރިއަކު ބުންޏެވެ. އަދި ރަޙުމަތްތެރިޔާ ބުނި ގޮތުގައި އޭނާ އަކީ އެކުއްޖާ ފަހަތުން ހިނގާ، ދުވެ، އެކުއްޖާ އެކިއެކި ސިފައަށް ބަދަލުވާ ތަން ވެސް ބަލާފައި ހުރި ބިރުކުޑަ މީހެކެވެ.

ދެން ވަރަށް މަސައްކަތުން ތިން ހަތަރު ރެއަކު ގޮސް ބައްދުލުވެވިއްޖެ އެވެ. ވާހަކަ ދައްކާލުމުން އެނގުނީ މީހުން އެބުނާ ވަރަށް އެ އާއި ގާތްނުވެވޭކަމެވެ. އެ ކުއްޖާ ފެނުނު ރޭ އެ ކުއްޖާކަން ޔަގީން ކުރުމަށްޓަކައި އަތުގައި އޮތް ލައިޓަރުން އަލިކޮށްލުމުން އެއީ ރަށުތެރެއިން ފެންނަ ކުއްޖާކަން ޔަގީން ވި އެވެ. ހުރީ ފުރަގަސްދީގެންނެވެ. އެހެން މީހަކަށް ދައްކާލުމަށްޓަކައި މީހަކު ފެނޭތޯ އަނެއް ފަރާތް ބަލާލާފައި އެކުއްޖާއަށް ބަލާލިއިރު ފެންނާކަށް ނެތެވެ. އެކުއްޖާ ފެނުމަށްފަހު މޫނު އެހެން އަތަކަށް އަނބުރާލައިފިނަމަ އެކުއްޖާ ގެއްލޭކަމަށްވެ އެވެ. މި ވަރަށް މި ކުއްޖާ އާއި ގާތްވި މީހަކާ ވެސް ދިމަލެއް ނުވި އެވެ.

މި ”ކުޑަކުއްޖާ“ ގެ ވާހަކަ ހޯދަން މީސްމީހުންގެ ގާތަށް ހިނގިއިރު ބައެއް މީހުން ކިޔާދިން ދެތިން ވާހަކަ ހިމަނާނުލައި ދޫކޮށްލާ ހިތެއް ނުވިއެވެ. ތިޔަބޭފުޅުން މި ކަންކަމާމެދު ވިސްނާ ފިކުރު ކޮށްލެއްވުމަށްޓަކައި ހުށަހަޅާލަމެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox