ރޭންކިން އެއް ވަނަ ސްވިއަޓެކް އޮސްޓްރޭލިއަން އޯޕަން އިން ކަޓައިފި

Jan 23, 2023, 5:42 AM
އެލީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްވިއަޓެކް ބޯޅަ ފޮނުވާލަނީ.

އެލީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްވިއަޓެކް ބޯޅަ ފޮނުވާލަނީ.

މެލްބަން (ޖެނުއަރީ 23) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިން، ދުނިޔޭގެ ރޭންކިން އެއް ވަނަ ޕޮލެންޑްގެ އީގާ ސްވިއަޓެކް, މުބާރާތުގެ ގަދަ 16 ބުރުން ކަޓައިފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ހަތަރު ވަނަ ބުރުގައި ސްވިއަޓެކް ނުކުތީ ވިމްބަލްޑަން ޗެމްޕިއަން، ކަޒަކްސްތާންގެ އެލީނާ ރީބަކީނާއާ ދެކޮޅަށެވެ. މި މެޗުން އެލީނާ މޮޅުވީ 6-4، 6-4 އިންނެވެ.

ގިނަ ބަޔަކު އުންމީދުކުރީ މި މެޗުން ސްވިއަޓެކް މޮޅުވެ، ކުއާޓާ ފައިނަލުގައި އެމެެރިކާގެ ޒުވާން ކުޅުންތެރިޔާ، ކޮކޯ ގޯފްއާ ކުޅެން ޖެހޭނެ ކަމަށެވެ. އެކަމަކު، ސްވިއަޓެކް އެކޭ އެއްގޮތަށް ގޯފް ވެސް ވަނީ ހަތަރު ވަނަ ބުރުން ކަޓައިފަ އެވެ. ގޯފް ކެޓީ ލަޓްވިއާގެ ޖެލީނާ އޮސްޓަޕެންކޯ އަތުން 7-5، 6-3 އިން ބަލިވުމުންނެވެ.

ގޯފް (ވ) އާއި އޮސްޓަޕެންކޯ މެޗަށް ފަހު ސަލާމްކުރަނީ: ދެ ކުޅުންތެރިންނަކީ ވެސް ޒުވާން އުމުރުގައި ތަފާތު ދެއްކި ކުޅުންތެރިން.

ސްވިއަޓެކް ބުނީ ބަލިވި އެންމެ ބޮޑު ސަބަބަކީ މާ ބޮޑަށް މެޗު ޔަގީންކުރެވި ކުރަން ނުޖެހޭ ކަންތައްތަކެއް މެޗުގެ ތެރެއިން ކުރެވުން ކަމަށެވެ. އަމިއްލަ އަށް ޕްރެޝަރަށް ވެއްޓުމަކީ ކުޅުންތެރިއަކަށް މެޗެއްގެ ތެރެއިން ހެދޭނެ އެންމެ ބޮޑު ގޯސްކަމަކާއި މި ފަހަރު އޮސްޓްރޭލިއަން އޯޕަންގައި ދިމާވީ އެ ގޮތަށް ކަމަށް ސްވިއަޓެކް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރިއިރު، ދެއްކި ފަދަ ހިތްވަރެއް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ބާކީ މެޗުތަކުގައި ދެއްކުމުގެ އަމާޒުގައި ހުރި ކަމަށް އެލީނާ ވަނީ ބުނެފަ އެވެ. އަދި ސްވިއަޓެކް އަތުން ލިބުނު މޮޅަކީ މުބާރާތުގައި ކޮންމެ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ޖެހުނަސް ކޮންފިޑެންސެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމެއް ކަމަށް އެލީނާ ދެކެ އެވެ.

ކުއާޓާގައި އެލީނާއާ ދެކޮޅަށް ކުޅޭ އޮސްޓަޕެންކޯ ވަނީ މީގެ ހަ އަހަރު ކުރިން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މިއީ 2018 ވަނަ އަހަރުގެ ވިމްބަލްޑަންގެ ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ކުއާޓާ ފައިނަލުގައި އޮސްޓަޕެންކޯ ކުޅޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox