ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

Nov 5, 2026, 8:58 PM
ސާފް ޗެމްޕިއަންޝިޕް 2026 ގައި ބޫޓާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން: ބަންގްލަދޭޝް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2026 ގައި ބޫޓާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން: ބަންގްލަދޭޝް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026، ހޯސްޓްކުރާ ބަންގްލަދޭޝް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ. 

އެންމެ ފަހުން، އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ސެމީ ފައިނަލަށް ދިޔައީ ގްރޫޕްގެ ފަހު މެޗުގައި ބޫޓާން އަތުން 3-1 އިން މޮޅުވެގެންނެވެ. މިރޭގެ މެޗުން މޮޅުވެގެން، ބަންގްލަދޭޝް އަށް ސެމީގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން އޮތީ ސްރީ ލަންކާ އެވެ. 

ޑާކާ ނެޝަނަލް ސްޓޭޑިއަމް (ކުރީގެ ބަންގުބަންދު ސްޓޭޑިއަމް)ގައި މިރޭ ހުޅުވުމުގެ ރަސްމިއްޔާތަކާ އެކު ފެށިގެންދިޔަ މެޗުގެ ފުރަތަަމަ ހާފުގައި ބަންގްލަދޭޝްގެ ބިޝްވަނާތު ގޯޝް އަށް ގިނަ ފުރުސަތުތަކެއް ގޯލު ޖަހަން ލިބި ބޭނުމެއް ނުކުރެވުނެވެ. އިނގިރޭސި ކްލަބް ޝެފީލްޑް ޔުނައިޓެޑުން ރިލީސް ނުލިބޭތީ، ބަންގްލަދޭޝްގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ އަދި ޓީމާ ނުގުޅެ އެވެ. ފީފާ ބްރޭކް އޮތީ މި މަހު 9-18 އަށް ކަމަށްވާއިރު، އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕް މެޗުތައް ފެށުމުން ގިނަ ކްލަބްތަކުން އަދި ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކޮށްފައެއް ނުވެ އެވެ. ގިނަ ކުޅުންތެރިންނަށް ޓީމާ ގުޅެވެނީ ސެމީ ފައިނަލާ ހަމައިންނެވެ. 

ހަމްޒާ ނެތުމާ އެކު، ބަންގްލަދޭޝް ޓީމުގެ މެދުތެރެއިން ލީޑުކުރުމުގައި އިސް ރޯލެއް ކުޅުނީ، ކެޕްޓަން ޖަމާލް ބުޔާން އާއި އެމެރިކާގެ ކްލަބް، ނިއުޔޯކް ކޮސްމޯސް އަށް ކުޅެމުން އަންނަ ޝަމިތު ޝޯމޭ އެވެ. 

ބިޝްވަނާތު އާއި ފައިސަލް އަހުމަދު ފަހީމް އަދި ޝޯމޭ ފޮނުވާލި ބޯޅަތައް ހުއްޓުވުމުގައި ބޫޓާންގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި، އެ ޓީމުގެ ކީޕަރު، ގެޔެސްޓެން ވަނީ ބަންގްލަދޭޝް އިން ނެގި ހުރަސްތައް ހުއްޓުވުމުގައި ތަފާތު ދައްކައިފަ އެވެ. 

ސާފް ޗެމްޕިއަންޝިޕް 2026 ގައި ބޫޓާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2026 ގައި ބޫޓާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކައުންޓަ އެޓޭކުގައި ބޫޓާނުން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި އެ ޓީމުގެ ތަޖުރިބާކާރު، ފޯވާޑް ޗެންޗޯ ގެޔެސްޓެން އަށް ދީގެން ހަމަލާ އުފެއްދޭތޯ ބަލަމުންދިޔަ އެވެ. އޭގެ ތެރެއިން ދެ ބޯޅައެއްގައި ޗެންޗޯ ހުރަސް ކުރެވޭތޯ މަސައްކަތްކުރި ބޯޅަތަކެއް ބަންގްލަދޭޝް ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ. 

ފުރަތަމަ ހާފާ ހިލާފަށް ދެ ވަަނަ ހާފުގައި ޗެންޗޯ ކުޅެމުން ދިޔައީ މިޑްފީލްޑް ތެރެއަށް ފައިބައިގެންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފަށް ވުރެން ގިނަ ވަގުތު ދެ ވަނަ ހާފުގައި ބޫޓާނުން ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. 

ބަންގްލަދޭޝް އިން ލީޑުނެގީ 68 ވަނަ މިނިޓްގައި މުހައްމަދު އިބްރާހިމް ޖެހި ގޯލުންނެވެ. ބޫޓާންގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅައެއް ހުއްޓުވަން އެ ޓީމުގެ ޑިފެންޑަރުން ކުރި މަސައްކަތް ނާކާމިޔާބުވެ، މުހައްމަދު އިބްރާހިމް އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

ބޫޓާނުން ފަހު ވަގުތާ ހަމައަށް ވެސް ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 

މިއީ، ބަންގްލަދޭޝްގެ ކޯޗުކަމާ އެމެރިކާގެ ތޯމަސް ޑޫލޭ ހަވާލުވި ފަހުން މޮޅުވި ދެ ވަނަ މެޗެވެ. މީގެ ކުރިން މޮޅުވީ، ޖޫން މަހު ސެން މެރީނޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން، ފީފާ އާސިއާން ކަޕްގައި ވަނީ 3-0 އިން މެލޭޝިއާ އަތުން، 1-0 އިން ސިންގަޕޫރު އަތުން އަދި 9-2 އިން އިންޑޮނޭޝިއާ އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ސިޓީ އާއި އާސެނަލަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ފެނަބާޗޭ އަތުން 3-2 އިން ބަލިވެ ލިވަޕޫލަށް މި ސީޒަނުގެ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ. ނަމަވެސް، މެންޗެސްޓާ ސިޓީން ލައިޕްޒިގު އަތުން 3-2 އިން މޮޅުވިއިރު، އާސެނަލް ވަނީ ސްލާވިއާ ޕްރާގު އަތުން 2-1 އިން މޮޅުވެފައި

Newsletter

Get the latest news delivered straight to your inbox