Advertisement

އަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލު އަޅަން 168 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

29 ސެޕްޓެންބަރު 2022 - 15:37 1

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: އެޑިއުކޭޝަން


އަރަބިއްޔާ އާއި ޖަމާލުއްދީން ސްކޫލު އަޅަން 168 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

29 ސެޕްޓެންބަރު 2022 - 15:37 1

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ. މަޝްރޫއުގެ އަގަކީ 168 މިލިއަން ރުފިޔާ އެވެ.

ދެ ސްކޫލު ނިންމުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

މި މަޝްރޫއުގެ ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ސުކޫލުގައި ހަތަރު ލިފްޓު ހަރުކުރާނެ އެވެ.

ޖަމާލުއްދީން ސުކޫލުގެ އާ އިމާރާތުގައި އަޅާނީ 34 ކްލާސްރޫމާއި ދެ ލިފްޓެވެ.

އަރަބިއްޔާ ހިންގަމުން ދިޔަ އިމާރާތުގައި ރެނދުލައި، ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުގެ އެ ސުކޫލުގެ ކިޔެވުން ވަގުތީ ގޮތުން ވަނީ އެމްޓީސީސީ ސޯމިލް އިމާރާތަށް ބަދަލުކޮށްފަ އެވެ.