ތަސްލީމާއި އަލިމަނިކުގެ ޝަރީއަތް: އަޑު ބަދަލު ނުކުރެވިގެން ސިއްރު ހެކިބަސް ނެގުން ކުރިއަކަށް ނުގެންދެވުނު!

ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ ތަސްލީމް އަދި އަލި މަނިކު؛ އަޑު ބަދަލު ނުކުރެވިގެން ސިއްރު ހެކިބަސް ނެގުން ކުރިއަކަށް ނުގެންދެވުނު

ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ ތަސްލީމް އަދި އަލި މަނިކު؛ އަޑު ބަދަލު ނުކުރެވިގެން ސިއްރު ހެކިބަސް ނެގުން ކުރިއަކަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކާއި މުހައްމަދު ތަސްލީމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ސިއްރިއްޔާތުގައި ނެގޭނެ ގޮތް ހަމަނުޖެހިގެން އެންމެ ފަހުން ހެކިބަސް ނުނަގައި މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތަ ޖަލުގައި ތިބެގެން ދެ މީހުން ބައިވެރިވިއިރު، ސިއްރު ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޯޓުގެ އިދާރާއިން ގާތްގަނޑަކަށް ދޮޅު ގަޑިއިރު ހޭދަ ކުރި އެވެ.

ސިއްރު ހެކިންގެ ހެކިބަސް އާންމުކޮށް ނަގާނީ، އެހެން ތަނެއްގައި ބޭއްތިބުމަށް ފަހު އެ މީހުން ދައްކާ ވާހަކައިގެ އަޑު އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހަށް އިވޭ ގޮތަށެވެ. އެ ގޮތަށް އަޑު ދޫކުރާނީ ކާކުގެ އަޑެއްކަން ދެނެގަނެވޭ ވަރަށް ބަރު އަޑަކަށް ބަދަލުކޮށްގެނެވެ.

ދޮޅު ގަޑިއިރެއްހާއިރު މަސައްކަތް ކުރުމަށް ފަހު، އެ ކަން ހަމަނުޖެހުން ޝަރީއަތް ދެން އެެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަން ކޯޓުގެ އިދާރާއިން އަޑުއެހުމަށް ހާޒިރުވެ ތިބި މީހުނަށް އެންގި އެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް ބޮމެއް ގޮއްވާލާ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރަނީ މި ދެ މީހުންގެ މައްޗަށެވެ.

އެހެން ނަމަވެސް ދައުލަތުން މި ދެ މީހުންގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި ހެކި ލިބެމުންދާ ވަރަކަށް އިތުރު ދައުވާތައް އަދި އުފުލާނެ ކަމަށެވެ.

މީގެ ކުރިން ޝަރީއަތަށް ވަނީ އަލި މަނިކާއި ތަސްލީމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރުމުގައި އުޅުނު އޮފިސަރުންގެ ހެކިބަސް ނަގައިފަ އެވެ.

މި ގޮތުން، ތަސްލީމަކީ އައިއީޑީ ތައްޔާރު ކުރުމުގެ މާހިރެއް ކަމަށާއި ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން އޭނާގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ އަބްދުﷲ އަލިމަނިކު ކަމަށާއި، އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި އޭނާގެ މައްޗަށް ރިޕޯޓް ތައްޔާރު ކުރި އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

ހަމަލާގެ ތުހުމަތާ ގުޅިގެން އަލި މަނިކު ހައްޔަރުކުރީ މެއި 18، 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.

ތަސްލީމަކީ ވެސް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ކުރިން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox