އެމްޑީޕީ އުފެދުނު އެއް ސަބަބަކީ އަނިޔާވެރިކަން އިތުރުވުން ކަމަށް ރައީސް ވިދާޅުވެއްޖެ

ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ މީގެ 17 އަހަރު ކުރިން އުފެދުނު އެއް ސަބަބަކީ ރާއްޖޭގައި އަނިޔާވެރިކަން އިތުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރިއަށްދާ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ "އަނިޔާވެރިކަން ހައްދުފަހަނައަޅައި" ދިޔުމަކީ އެމްޑީޕީ އުފެދުމުގެ ސަބަބެއް ކަމަށެވެ.

"އެމްޑީޕީ އުފެދިގެން އައީ ޤަބޫލުކުރާ ހަމަތަކަކާ ، އުސޫލުތަކަކާ ، ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް. އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑު. އާދެ! އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުން. ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާހީވުމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގާ ޓަކި ޖަހައިފާނެ. އެކަމަށް ވަކި އިރެއް ހިނދެއް، މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ލާއިންސާނީ އަނިޔާަވެރިކަން ނިމުނީ އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"މިއީ އެދުވަހުގެ ޙާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް. އެމްޑީޕީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ޙައްގުވާ ތަޢުރީފުގެ ކޮޅެއްނެތް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ރާއްޖޭގައި އިތުރުވަމުންދިޔަ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ޕާޓީ އުފެދުމުގެ މަގްސަދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްތަނެއްގައި ހިފަހައްޓާ، ޖަމާކޮށް "ގުދަންކުރެވިފައިވާ" ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން، އެއީ އެމްޑީޕީ އުފެދުނު އެއް މަގްސަދު. ބޯހިޔާވަހިކަމުގެ ބޮޑު ސުވާލަށް ޖަވާބު ހޯދުމަކީ އޭގެ ކުރިން އެމީހެއްގެ އަމިއްލަ ޒިންމާއެއް. ކަމެއް ދަމެއް ޖެހުމުން އެޖެހުނު ކަމަކަށްވުރެ ބޮޑުދަމެއްޖެހެން ޖެހެނީ ޙައްލެއް ހޯދުމަށް ރަށްވީއްލާ ގޮސްއައިސްވެވޭނެ ގޮތެއް. މަގެއް އޭރު ނެތުމުން. ބޭސްފަރުވާއާ ފޮތް ފަންސުރަށް ސަލާންޖެހުން ނައްތާލުމަކީ އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުތައް. ފުލުސް ކޯޓުނެތް ، މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ރައްޔިތުންނަށް ހޯދައިދިނުން ، އެއީވެސް ގެންނަން ބޭނުންވި ބަދަލެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި 1100 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. މިރޭ ހަމަ އޮންނަނީި ކޮންގްރެސް ފެށުމުގެ ޖަލްސާ އެވެ. މާދަމާ އޮންނާނީ މަޝްވަރާތަކާއި ބައްދަަލުވުންތަކާއި ބައެއް ޕްރެޒެންޓޭޝަންތަކެވެ. މުހިންމު ކަންކަމަށް ވޯޓަށް އެހުން އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox