Advertisement

އޮޑިޓު އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

10 އޮގަސްޓު 2022 - 19:38 0

އޮޑިޓަ ޖެނެރަލް އޮފީހުގެ އިމާރާތުގެ ކުރެހުމެއް.


އޮޑިޓު އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

10 އޮގަސްޓު 2022 - 19:38 0

ހުޅުމާލެ ފޭސް އެކެއްގައި އަޅަން ހަމަޖެހިފައިވާ އޮޑިޓު އޮފީހުގެ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ސެންޓްރަލް ޕާކް ސަރަހައްދުގައި އަޅާ އެ އިމާރާތުގެ ޖާގައަށް އެޗްޑީސީން ވަނީ 17،000 އަކަފޫޓުގެ ބިމެއް މީގެ ކުރިން ދީފަ އެވެ. އިމާރާތް އެޅުމަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.

އޮފީސް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު އޮޑިޓު އޮފީހުގައި ރަސްމިއްޔާތެއް ބާއްވައި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

ރަސްމިއްޔާތުގެ ނިންމުމުގައި އާ އިމާރާތާ ބެހޭގޮތުން އޮޑިޓާ ޖެނަރަލް، ހުސެން ނިޔާޒީ ވިދާޅުވީ، އެ ތަނުގައި ގާއިމްކުރާ ޗާޓަޑް އެކައުންޓިން އިންސްޓިޓިއުޓާ އެކު "އެ އިމާރާތް ވެގެންދާނީ ދާއިރާގެ އިތުބާރާއި އުންމީދު އާކޮށްދޭ ރަމްޒަކަށް،" ކަމަށެވެ.

އަދި އޮޑިޓާ ޖެނަރަލް އޮފީހުގެ މަސައްކަތްތައް ރެގިއުލޭޓްކުރެވޭނެ ގޮތް އެތަނުގައި ހަމަޖެހިގެން ދިއުމުން، ރާއްޖޭގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާ އޮޑިޓް މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ފުރިހަމަވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ނިޔާޒީ ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް އިމާރާތް އަޅައި ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.