އެމްޑީޕީގެ ވިޕްލައިންތަކާ ދެކޮޅަށް ވޯޓުލާން ނަޝީދާއެކު 18 މެންބަރަކު އެއްބަސްވެއްޖެ

ނަޝީދާއި އީވާ: ދެ ބޭފުޅުންނާއެކު 13 މެންބަރަކު ވަނީ ވިޕްލައިންތަކާ ހިލާފުވާން ނިންމާފައި

ނަޝީދާއި އީވާ: ދެ ބޭފުޅުންނާއެކު 13 މެންބަރަކު ވަނީ ވިޕްލައިންތަކާ ހިލާފުވާން ނިންމާފައި

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ހިތްހަމަނުޖެހޭކަން ފާޅުކުރައްވައި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެ ވިޕްލައިންތަކާ ހިލާފަށް އަމަލު ކުރައްވާނެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މިއަދު ނަޝީދު ފޮނުއްވި މެސެޖެއްގައި އެންގެވީ, ޕާލިމެންޓްރީ ގްރޫޕުން ކަންކަން ނިންމަމުންދާ ގޮތާއި, ކޮންމެ ފަހަރަކު ވިޕްލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓްކުރުމަށެވެ.

"...އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު, އަޅުގަނޑު އުއްމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް," ނަޝީދުގެ މެސެޖްގައިވެ އެވެ.

ނަޝީދު އެންގެވި ގޮތަށް 18 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފަ އެވެ. އެއީ, މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله, މެންބަރު އިމްތިޔާޒު ފަހުމީ, މެންބަރު ހަސަން ލަތީފް, މެންބަރު ހަސަން އަފީފް, މެންބަރު އަލީ އާޒިމް, މެންބަރު އިލްޔާސް ލަބީބް, މެންބަރު ހަސަން ޝިޔާން, މެންބަރު މުހައްމަދު ޝަފީގު, މެންބަރު މުހައްމަދު ވަހީދު, މެންބަރު މުހައްމަދު ރަޝީދު, މެންބަރު އިބްރާހިމް ރަޝީދު, މެންބަރު މޫސާ ސިރާޖު, މެންބަރު އިބްރާހިމް މުއިއްޒު އަދި މެންބަރު އަހުމަދު ހަލީމް, މެންބަރު އަހުމަދު ޒާހިރު, މެންބަރު ފިރުޝާން ހުސެއިން, މެންބަރު މީކާއިލް ނަސީމް އަދި މެންބަރު އަބްދުالله ޝަހީމެވެ.

މި ހުރިހާ މެންބަރުންނަކީ ވެސް ނަޝީދު ފަޅީގައި ތިއްބެވި މެންބަރުންނެވެ. މިފަހުން ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބުގައި އިސް މަގާމުތަކަށް ވަޑައިގެންފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅުންނެވެ. އެގޮތުން, ގްރޫޕްގެ ލީޑަރަކީ މުހައްމަދު އަސްލަމެވެ. އަދި ނައިބުންނަކީ މުހައްމަދު ރަޝީދު ހުސެއިން އަދި ހުސައިން ޝަހީމެވެ.

ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންތަކާ ހިލާފަށް އެ ޕާޓީއެއްގެ މަޖިލިސް މެންބަރަކު ވޯޓުލައިފިނަމަ, އެއީ ޕާޓީން ވަކި ކުރެވިދާނެ ހާލަތެކެވެ. މިފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ގިނަ ކަންތައްތައް ނިންމާފައިވަނީ ވިޕްލައިން ނެރެގެންނެވެ.

އެގޮތުން, ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ޗެއާ ކުރައްވާ ޖުޑިޝަރީ ކޮމިޓީން އަނބުރާ ފޮނުވާލަން ނިންމާފައިވަނިކޮށް ޕާލިމެންޓްރީ ގްރޫޕުން ވަނީ ތަޅުމުން ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދޭން ވިޕްލައިން ނެރެފަ އެވެ.

އޭގެފަހުން ކީރިތި ރަސޫލާއަށް އިންޑިއާގެ ބީޖޭޕީގެ މެންބަރަކު ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރަން އިދިކޮޅުން ހުށަހެޅި ގަރާރު ބޭރުކޮށްލަން ވެސް އެމްޑީޕީން ވިޕްލައިން ނެރުނެވެ. މި ދެ ވިޕްލައިންއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުންތައް އޮތެވެ. ހާއްސަކޮށް އެކަމާ ދެކޮޅަށް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އަޑު އުފުއްލެވި އެވެ.

މީގެއިތުރުން ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާމެދު ނަޝީދުގެ ނުރުހުން ހާމަކުރެއްވިއިރު, މިއަދު ބޭއްވި އެ ގްރޫޕްގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނަރަލް މަގާމުން ހުސެއިން ޝަމީމް ވަކިކުރުމަށް ހުށަހަޅަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox