މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު ދިނުމަށް އެމްއާރުއެމުން ގޮވާލައިފި

އެމްއާރުއެމްގެ ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: އެމަނިކުފާނުގެ ޕާޓީއިން ގޮވާލީ އެއްވެ އުޅުމުގެ ހައްގު ފުޅާކުރުމަށް --

އެމްއާރުއެމްގެ ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: އެމަނިކުފާނުގެ ޕާޓީއިން ގޮވާލީ އެއްވެ އުޅުމުގެ ހައްގު ފުޅާކުރުމަށް --

މާލެ ސަރަހައްދުގައި އެއްވުންތައް ބޭއްވުމަށް ހުރަސްއަޅާ ގާނޫނު އުވާލުމަށްފަހު، ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ލިބޭ އެ ހައްގު ފުޅާކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑްކުރައްވާ އެމްއާރުއެމުން ގޮވާލައިފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތުގެ ދަށުން މާދަމާ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ "ނޭވާހޮޅިއަށް" އެއްވުން އާންމު ސަލާމަތަށް ނުރައްކާވާތީ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ވަރުގަދަ އިންޒާރެއް ފުލުހުން ރޭ ދީފައި ވެއެވެ.

އެ ބަޔާން ރީޓުވީޓް ކުރަމުން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމުން ބުނީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ އެ ޕާޓީންއިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ކޯލިޝަނެއްގެ ގޮތުގައި ވެރިކަމަށް އައުމުގެ ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް ކުރީ ސަރުކާރުން ފާސްކޮށްފައިވާ ގާނޫނު އުވާލަން ޖެހޭ ކަމަށް އެޕާޓީއިން ބުނެ އެވެ.

"އެއްވެއުޅުމުގެ ގާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވައުދަކަށްވާއިރު، އެކަން އަވަސްކުރުމަށް މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ގޮވާލަން،" އެމްއާރުއެމުން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައި ވާގޮތުން މާލޭގައި އެއްވުމެއް ބާއްވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ. އަދި އެ އިހްތިޖާޖެއް ކުރިއަށް ގެންދެވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެކަންޏެވެ.

"...މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ." ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.

"ނޭވާހޮޅިއަށް" ނަމުގައި ބާއްވާ މި އެއްވުން ކުރިއަށް ގެންދަން ހަމަޖެހިފަ ވަނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް މާލޭގެ މަގުތަކާއި، ޕީޕީއެމް އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުން،" އެ އެއްވުން ހުއްޓުވާނެ ކަމުގެ އިންޒާރު ދެމުން ފުލުހުން ބުންޏެވެ.

އެ ހަރަކާތަކީ "ގާނޫނާ ހިލާފު" ހަރަކާތެއް ކަމަށް ސިފަކުރައްވަމުން، އެ ހިނގާލުމަށް ފުރުސަތު ނުދެވޭނެކަމަށް އިދިކޮޅު ކޯލިޝަނަށް އަންގާފައިވާނެ ކަމަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެ އެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ އެކި ފަހަރުމަތިން ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އަދި، އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox