ބިން ވިއްކައިގެން އެޗްޑީސީއަށް ލިބޭ އާމްދަނީ ބިލިއަނަކާ ގާތްކުރޭ

ހުޅުމާލޭ ބީޗު ފްރަންޓު ބިންތަކުގެ ބީލަން ކުރިޔަށް ދަނީ: ބީލަން މަރުހަލާ ނިމި ކުރިޔަށް ދެން އޮތީ ބިން ހިޔާރުކުރުމަށް ފަހު އެއްބަސްވުންތަކުގައި ސޮއިކުރުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ބީޗު ފްރަންޓު ބިންތަކުގެ ބީލަން ކުރިޔަށް ދަނީ: ބީލަން މަރުހަލާ ނިމި ކުރިޔަށް ދެން އޮތީ ބިން ހިޔާރުކުރުމަށް ފަހު އެއްބަސްވުންތަކުގައި ސޮއިކުރުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާލާ 60 ބިމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ވިއްކާލާ 60 ބިމުގެ ތެރޭގައި ހިމެނެނީ އަތިރިމައްޗާ ކުރިމަތިން (ބީޗު ފްރަންޓުން) ވިއްކާލާ 24 ބިމާއި އަތިރިމައްޗާ ދިމާލުން (ބީޗް ސައިޑުން) ވިއްކާލާ 36 ބިމެވެ. މީގެ ތެރެއިން ބީޗު ފްރަންޓު ބިންތަކުގެ ބީލަން މިދިޔަ ހަފުތާގައި ނިމިފައިވާއިރު، އިއްޔެ ނިންމާލީ ބީޗު ސައިޑު ބިންތަކުގެ ބީލަމެވެ.

ހުޅުމާލޭ ނެއިބާހުޑް ހަތަރެއްގައި ހުރި މި ބިންތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ބީޗް ފްރަންޓު ބިންތަކަށް 211 މީހަކު ފޯމު ހުށަހެޅި އެވެ. އަދި ބީޗް ސައިޑު ބިންތަކަށް 179 މީހަކު ފޯމު ހުށަހެޅި އެވެ. މިއިން ކޮންމެ ފޯމެއް އެޗްޑީސީން ވިއްކީ 500ރ. އަށެވެ.

Advertisement

ހުށަހެޅި ފޯމުތަކުގެ އަދަދުން ހިސާބު ކުރާ އިރު، ފޯމު ވިއްކައިގެން އެކަނި ވެސް އެޗްޑީސީއަށް 195،000ރ. ލިބުނެވެ.

ބީޗު ފްރަންޓު ބިންތައް

ބީޗު ފްރަންޓު ބިންތަކުގެ ބީލަން ކުރިޔަށް ގެންދިޔައީ ފެބްރުއަރީ 9 ގަ އެވެ. މި ބިންތަކަށް އަގު ހުށަހެޅި 211 މީހުންގެ ތެރެއިން އަށް މީހެއްގެ ފޯމު ބާތިލުކުރުމަށް ފަހު އެޗްޑީސީން ބަލައިގަތީ 203 މީހެއްގެ ފޯމެވެ.

  • ބީލަން ފެށި އަގު – އަކަފޫޓަކަށް 3،900ރ.
  • ބީލަން ކާމިޔާބު ކުރި އެންމެ ކުޑަ އަގު – އަކަފޫޓަކަށް 6،700ރ.
  • ބީލަން ކާމިޔާބު ކުރި އެންމެ ބޮޑު އަގު – އަކަފޫޓަކަށް 10،220ރ.
  • ކާމިޔާބުކުރި ބީލަންތަކުގެ އެވަރެޖު އަގު – 7،737.91ރ.

ބީޗް ފްރަންޓު ބިމަކަށް އެންމެ ބޮޑު އަގެއް ހުށަހެޅީ އިބްރާހިމް މާޖިދު ކިޔާ މީހެކެވެ. އޭނާ ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ އެވެ.

އެކަމަކު އެޗްޑީސީން ވަނީ އެއީ އޮޅުމަކުން ޖެހުނު އަދަދެއް ކަމަށް ބަލައިގަނެ، އޭނާގެ ބިޑު ބާތިލުކުރުމަށް ފަހު، ވެއިޓްލިސްޓުގެ އެއްވަނައިގައިވާ މީހާއަށް އެ ފުރުސަތު ދީފަ އެވެ. ވެއިޓްލިސްޓު ކޮށްފައިވާ މީހުންނަކީ ބީލަން ކާމިޔާބުކުރި މީހުން ނަގާފައި އެންމެ ބޮޑު އަގު ހުށަހެޅި ފަސް މީހުންނެވެ.

ބީލަން ކާމިޔާބުކުރި އެންމެ ކުޑަ ރޭޓުން ބެލި ނަމަވެސް އެޗްޑީސީއަށް 377.4 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބީލަންތަކުގެ އެވަރެޖު ރޭޓުން ހުރިހާ ބިމެއް ވިކޭ ނަމަ 432 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބީލަން ފެށި އަގުގައި ވިކުނު ނަމަ ލިބޭނީ 217.7 މިލިއަން ރުފިޔާ އެވެ.

ބީޗު ސައިޑު ބިންތައް

ބީޗް ސައިޑުގެ ބިންތަކުގެ ބީލަން ކުރިޔަށް ގެންދިޔައީ ފެބްރުއަރީ 16 ގަ އެވެ. މި ބިންތަކަށް އަގު ހުށަހެޅި މީހުންގެ ތެރެއިން ފަސް މީހެއްގެ ފޯމު ބާތިލުކުރުމަށް ފަހު އެޗްޑީސީން ބަލައިގަތީ 174 ފޯމެވެ.

  • ބީލަން ފެށި އަގު – އަކަފޫޓަކަށް 3،500ރ.
  • ބީލަން ކާމިޔާބު ކުރި އެންމެ ކުޑަ އަގު – އަކަފޫޓަކަށް 7،157ރ.
  • ބީލަން ކާމިޔާބު ކުރި އެންމެ ބޮޑު އަގު – އަކަފޫޓަކަށް 9،700ރ.
  • ކާމިޔާބުކުރި ބީލަންތަކުގެ އެވަރެޖު އަގު – 7،970.59ރ.

ބީލަން ކާމިޔާބުކުރި އެންމެ ކުޑަ ރޭޓުން ބެލި ނަމަވެސް އެޗްޑީސީއަށް 490.2 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބީލަންތަކުގެ އެވަރެޖު ރޭޓުން ހުރިހާ ބިމެއް ވިކޭ ނަމަ 545.9 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބީލަން ފެށި އަގުން ވިކުނު ނަމަ ލިބޭނީ 239.7 މިލިއަން ރުފިޔާ އެވެ.

ލަފާކުރި ވަރަށް ވުރެ އާމްދަނީ ދެގުނަ ބޮޑު ވާނެ

އެޗްޑީސީން ބީލަން ހުޅުވާލީ އަގުގައި މި ބިންތައް ވިކުނު ނަމަ އެ ކުންފުންޏަށް ލިބޭނީ 457.4 މިލިއަން ރުފިޔާ އެވެ. އެކަމަކު ބީލަން ކާމިޔާބުކޮށްފައިވާ އަގުތަކަށް ބަލާއިރު މީގެ ދެ ގުނަ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެ އެވެ.

އެގޮތުން ބީލަން ކާމިޔާބުކޮށްފައިވާ އެންމެ ކުޑަ ރޭޓުން ހިސާބު ކުރިޔަސް 867.6 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެވަރެޖު ރޭޓުން ހިސާބުކުރާ އިރު މި އަދަދު 978 މިލިއަން ރުފިޔާއަށް އަރަ އެވެ.

ވިއްކާލާ ބިންތަކުގެ ސައިޒާއި ކާމިޔާބުކުރި ބިޑުތަކުގައި ހުށަހަޅާފައިވާ ރޭޓުން ލަފާ ކުރެވެނީ މި އަދަދު ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށެވެ.

އެކަމަކު ބިން ވިއްކައިގެން އެޗްޑީސީއަށް ލިބޭ ސީދާ އަދަދު އެނގޭނީ ބީލަން ކާމިޔާބު ކުރި މީހުން ބިންތައް ހިޔާރުކޮށް ނިމުނީމަ އެވެ. ތާވަލުގައިވާ ގޮތުން ނަމަ ބީޗު ފްރަންޓުން ބީލަން ކާމިޔާބުކުރި މީހުންނަށް ބިން ހިޔާރުކުރުން އޮންނާނީ ފެބްރުއަރީ 21 ގަ އެވެ. ބީޗު ސައިޑުން ކާމިޔާބުކުރި މީހުންނަށް އޮންނާނީ ފެބްރުއަރީ 23 ގަ އެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލޭން 731 ބިމެއް އަމިއްލަ ފަރާތްތަކަށް ދިރިއުޅުމުގެ ބޭނުމަށް ވިއްކާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

"އިލީ ޑޭ" ފާހަގަކޮށް "ގޯލްޑަން އަވާ ސީރީޒް" ތައާރަފުކޮށްފި

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން ސިމްޑީ ގްރޫޕުން "އިލީ ޑޭ" ކުލަގަދަކޮށް ފާހަގަކޮށް، އިލީ ކޮފީގެ އާ ފަސް ރަހައެއް ހިމެނޭ "ގޯލްޑަން އަވާ ސީރީޒް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މި ހަފުލާގައި މި ބުއިންތައް ތައްޔާރުކުރާނެ ގޮތުގެ މާސްޓަރކްލާހެއް ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ރާއްޖޭގެ މަގުބޫލު ކެފޭތަކާއި ރެސްޓޯރެންޓްތަކުން މި އާ ރަހަތައް ލިބެން ހުންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox