ބީޗް ފްރަންޓު ބިންތަކުން މަދުވެގެން 377 މިލިއަން ރުފިޔާ

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ވިއްކާލާ ޕްލޮޓުތައް ހުންނަނީ ހުޅުމާލެ ފޭސް ޓޫ ގައި. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް: ވިއްކާލާ ޕްލޮޓުތައް ހުންނަނީ ހުޅުމާލެ ފޭސް ޓޫ ގައި. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭ ބީޗު ފްރަންޓުން 26 ބިން ވިއްކަައިގެން އެޗްޑީސީއަށް މަދުވެގެން 377 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ ބީލަން ކާމިޔާބު ކުރި ފަރާތްތަކުގެ ލިސްޓު އެޗްޑީސީން އާންމުކޮށްފައިވާއިރު، ޖުމްލަ 211 މީހަކު މި ބިންތަކަށް އަގު ހުށަހެޅި އެވެ.

އޭގެ ތެރެއިން އަށް މީހަކު ހުށަހެޅި ބިޑުތައް، އެކި ސަބަބުތަކާ ހުރެ ބާތިލުކުރުމަށް ފަހު އެޗްޑީސީން ބަލައިގަތީ 203 ބިޑެވެ. ބީލަން ކާމިޔާބުކުރީ އަކަފޫޓަކަށް އެންމެ މަތިން އަގު ހުށަހެޅި 26 މީހުންނެވެ.

ދެން އެންމެ މަތިން އަގު ހުށަހެޅި ފަސް މީހުން ވަނީ ވެއިޓުލިސްޓު ކުރެވިފަ އެވެ.

ބިޑު ކާމިޔާބުކުރަން އެންމެ މަތިން އަގު ހުށަހެޅި މީހާ ޖެހީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ އެވެ. މިއީ އޮޅިގެން ޖެހުނު އަދަދެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް، ހުރިހާ ލިޔެކިޔުންތަކެއް ހަަމަވުމުން އެޗްޑީސީން ވަނީ ބިޑު ބަލައިގެންފަ އެވެ.

ދެވަނައަށް ހުށަހެޅި އެންމެ މަތީ އަގަކީ އަކަފޫޓަކަށް 10،220ރ. އެވެ. ބިޑު ކާމިޔާބު ކުރި އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6759.11ރ. އެވެ.

އެންމެ މަތިން ހުށަހެޅި އަކަފޫޓަކަށް 10 މިލިއަން ރުފިޔާގެ ބިޑު ނުހިމަނާ، ކާމިޔާބު ކުރި ބިޑުތަކުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 7،779.42 އެވެ. ވެއިޓް ލިސްޓުގެ އެއްވަނައިގައިވާ މީހާގެ ބިޑު ހިމެނުމުން އަކަފޫޓަކަށް ޖެހޭ އެވަރެޖަކީ 7،737.91ރ. އެވެ.

މިއީ ބީލަން ފެށި އަގު ކަމުގައިވާ އަކަފޫޓަކަށް 3،900ރ. ރޭޓަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ. އަދި ޕަސެންޓުން ނަމަ 98.4 ޕަސެންޓު އިތުރުވުމެކެވެ.

އެންމެ ކުޑަ ރޭޓުން ވިކުނަސް 377.4 މިލިއަން

އެޗްޑީސީން ކަނޑައެޅި އެންމެ ކުޑަ ރޭޓުގައި ބީޗު ފްރަންޓު ބިންތައް ވިކުނު ނަމަ އެ ކުންފުންޏަށް ލިބޭނީ 217.7 މިލިއަން ރުފިޔާ އެވެ.

ބީލަން ކާމިޔާބުކުރި ބިޑުތަކުގެ ތެރެއިން އެންމެ ކުޑަ ރޭޓަށް ބެލި ނަމަވެސް މި ބިންތަކުން އެކަނި 377.4 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެ އެވެ. މިއީ ބީލަން ފެށި އަގުގައި ވިކުނު ނަމަ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ވުރެ 159.6 މިލިއަން ރުފިޔާ ނުވަތަ 73.31 ޕަސެންޓު އިތުރު އަދަދެކެވެ.

ކާމިޔާބުކުރި ބިޑުތަކުގެ އެވެރެޖު ރޭޓުން ހުރިހާ ބިމެއް ހިސާބު ކުރާ އިރު އެޗްޑީސީއަށް 432 މިލިއަން ރުފިޔާ ވަންނާނެ އެވެ.

މިހެން ހިސާބުތަކުން ދެއްކި ނަމަވެސް ބިންތައް ވިއްކައިގެން ލިބޭ ސީދާ އަދަދު އެނގޭނީ ބިޑު ކާމިޔާބުކުރި މީހުން ހިޔާރު ކުރާ ޕްލޮޓުތައް އެނގުނީމަ އެވެ. ސަބަބަކީ ވިއްކާލާ ޕްލޮޓުތަކުގެ ސައިޒު ތަފާތު ވީމަ އެވެ.

ބީލަން ކަރުދާހުގައި ބުނާ ގޮތުން ބިޑު ކާމިޔާބުކުރި މީހުން ބޭނުންވާ ބިން ހިޔާރު ކުރުން އޮންނާނީ މި މަހު 21 ގަ އެވެ. މިކަން ކުރިޔަށް ދާނީ އެންމެ ބޮޑު އަގު ހުށަހެޅި މީހާއަށް އިސްކަންދޭ ތަރުތީބުންނެވެ.

މި ހުރިހާ އަދަދުތަަކެއް ވެސް ހިސާބުކުރީ އެންމެ މަތިން ބިޑު ކާމިޔާބުކުރި މީހާ ބިން ނުގަންނާނެ ކަމަށް ބަލާފަ އެވެ. އެ އަގުގައި އެންމެ ކުޑަ ޕްލޮޓު ވިކުނަސް 16.7 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 24.4 ބިލިއަން ރުފިޔާގެ 70 ޕަސެންޓާ ގާތްކުރާ އަދަދެކެވެ.

އަކަފޫޓަކަށް 10 މިލިއަނުގެ ބިޑަށް ވާނީ ކިހިނެއް؟

ބީލަން ކަރުދާސް ބުނާ ގޮތުން ބިޑު ކާމިޔާބުކުރި އެއްވެސް މީހަކު ބީލަމުގެ އެއްވެސް މަރުހަލާއެއްގައި ބިޑު އަނބުރާ ގެންދާނަަމަ އެކަން އެޗްޑީސީއަށް ލިޔުމުން ނޫނީ އީމެއިލްގެ ޒަރިއްޔާއިން އަންގަން ޖެހެ އެވެ. އެއަށް ފަހު އެ މީހާގެ ބިޑު ބާތިލުކުުރުމަށް ފަހު ބިޑް ސެކިޔުރިޓީ އެޗްޑީސީއަށް ނަގާނެ އެވެ.

ބީޗު ފްރަންޓު ބިންތަކަށް އެޗްޑީސީން ބީލަން ބަލައިގަތީ 320،000ރ. ބިޑު ސެކިޔުރިޓީއަށް ބަހައްޓާ ގޮތަށެވެ. ބިޑު ކާމިޔާބު ނުވާ ހުރިހާ އެންމެނަށް މި ފައިސާ އަނބުރާ ލިބޭނެ އެވެ. އަދި ބިޑު ކާމިޔާބުކުރި މީހުންނަށް ބިމަށް ދައްކާ ފައިސާގެ ތެރޭގައި ބިޑު ސެކިޔުރިޓީ ހިމެނޭނެ އެވެ.

އެހެންކަމުން އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހެޅި މީހާ އެ ބިން ނުގަންނަ ނަމަ، އެ ބިޑް ސެކިޔުރިޓީ ފައިސާ ލިބޭނީ އެޗްޑީސީއަށެވެ. އޭނާގެ ބަދަލުގައި އެ ބިން ގަންނަން ފުރުސަތު ލިބޭނީ ވެއިޓް ލިސްޓުގެ އެއްވަނައިގައިވާ މީހާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

Newsletter

Get the latest news delivered straight to your inbox