ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ޓްރާންސްޕޯޓުން ކައުންސިލަށް އަންގައިފި

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު. ޕާކިން ސްލޮޓްތައް ވިއްކަން ވަކި އުސޫލެއް ކަނޑައަޅާފައި ނުވާތީ އެކަން ނުކުރެވޭނެކަން ޓްރާންސްޕޯޓުން ވަނީ އަންގާފައި. -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު. ޕާކިން ސްލޮޓްތައް ވިއްކަން ވަކި އުސޫލެއް ކަނޑައަޅާފައި ނުވާތީ އެކަން ނުކުރެވޭނެކަން ޓްރާންސްޕޯޓުން ވަނީ އަންގާފައި. -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލާއި ޕާކިން ސްލޮޓްތައް ހަދާ ތަނުގެ ލޭންޑް ޔޫޒް ޕްލޭން މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް ހުށަނާޅާނަމަ 1000 ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ނުވިއްކޭނެ ކަމަށް އެ މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ސޮއިކުރައްވައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށްފަހު މެނުވީ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފަ އެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނު އޮންނަ ތަން، އެކަމަށް އެކުލަވާލާ އުސޫލެއްގެ ދަށުން ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތުތަކަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި، ޕާކިންގ ޒޯނުތަކެއް ހާއްސަ ކުރުމުގެ އިހުތިޔާރު ސިޓީ ކައުންސިލަށް ލިބެއެވެ.

"...ނަމަވެސް މި ކަންކުރުމުގެ ކުރިން، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާ - ޕާކިން ޒޯނު ކަނޑައެޅުމާއި ޕާކު ކުރުމުގެ (މ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް، އެކަމަށް އުޞޫލަކާއި، ޕާކިންގ ޒޯނުތައް ހެދުމަށްޓަކައި ސިޓީގެ ނުވަތަ ރަށުގެ ޔޫޒް ޕްލޭނާއި، ހިލޭ ޕާކު ކުރެވޭނެ ޒޯންތަކާއި، ފީ ދައްކައިގެން ޕާކު ކުރެވޭނެ ޒޯނުތައް އަންގައިދޭ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ޗާޓު ފާސް ކުރުމަށް މި މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ،" ޓްރާންސްޕޯޓުން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވެ އެވެ.

ސިޓީ ކައުންސިލުން މިފަދަ އެއްވެސް ލިޔެކިޔުމެއް ޓްރާންސްޕޯޓަށް ހުށަހަޅާފައި ނުވާއިރު އެ ކަންކަން ފުރިހަމަ ނުކޮށް މާލޭގެ މަގުތަކުން ދިގު މުއްދަތަށް ޕާކިންގ ސްލޮޓްތައް ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓްގެ ސިޓީގައި ވަނީ ބުނެފަ އެވެ.

"ވީމާ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލާއި، ޕާކިން ސްލޮޓްތައް ހަދާ ތަނުގެ ލޭންޑް ޔޫޒް ޕްލޭން މި މިނިސްޓްރީ އަށް ހުށަހަޅުއްވައިގެން ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ދެންނެވިން،" އިއްޔެ ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.

ޕާކިން ޖާގަ ވިއްކުން މަޑުޖައްސާލަން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވެސް ވަނީ މިއަދު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް އަންގާފަ އެވެ.

އެ ސިޓީގައި އަފްޝަން ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލު އިދާރާއިން އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާކަމުގެ ޝަކުވާ އެކި ފަރާތްތަކުން އެ އޮތޯރިޓީއާ ހިއްސާކުރަމުން އަންނަ ކަމަށެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހު އެވެ. ގާތްގަނޑަކަށް 211 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައި އޮއްވާ އެ މަސައްކަތް ހުއްޓާލީ އޭގައި މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެނެވެ.

ޕާކިން ސްލޮޓުތައް ވިއްކުމަށް މަސައްކަތް ކުރާއިރު ޕާކު ކުރާނެ ޖާގަ ނެތުމަކީ ގާތްގަނޑަކަށް 150،000 މީހުން ދިރިއުޅޭ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އދ. ގެ އޮފީހަކުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހައެއްކަ އަކަ ކިލޯމީޓަރުގެ ކުޑަ މާލޭގައި އެކަނި ވެސް 72،000 ވެހިކަލް ދުއްވަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox