1000 ޕާކިން ސްލޮޓް އުމުރު ދުވަހަށް ވިއްކުން މަޑުޖައްސާލަން އެލްޖީއޭ އިން ކައުންސިލަށް އަންގައިފި

ކިންގު ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯންގައި އުޅަނދުތަކެއް ޕާކްކޮށްފައި. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވޭ -- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކިންގު ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯންގައި އުޅަނދުތަކެއް ޕާކްކޮށްފައި. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވޭ -- ފޮޓޯ: ހުސައިން ވަހީދު/އަދަދު

މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން ފަސްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މީހުންނާއި ވެހިކަލުން ފުރި ތޮއްޖެހިފައިވާ މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ނިންމައި އެ މަސައްކަތަށް ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަކަން މި ނޫހުން ރިޕޯޓުކުރުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ސިޓީ ކައުންސިލްގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ އެ ސްލޮޓުތައް ވިއްކަން ނިންމީ މިހާރު ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

ޕާކިން ޖާގަ ވިއްކުން މަޑުޖައްސާލަން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް، މިއަދު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި އަފްޝަން ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލު އިދާރާއިން އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާކަމުގެ ޝަކުވާ އެކި ފަރާތްތަކުން އެ އޮތޯރިޓީއާ ހިއްސާކުރަމުން އަންނަ ކަމަށެވެ.

އަދި އެކަން ކައުންސިލުން ކުރަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް ފާހަގަކުރާ ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

"އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރައްވަން ވާނީ ބިމާއި ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރައްވައި ގާނޫނީ އިންތިޒާމްގެ ތެރެއިން ކައުންސިލަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ،" ސިޓީގައިވެ އެވެ.

އެ ޝަކުވާތަކާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި، އެކަން ހިނގަމުން ދަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް އެކަށައަޅާފައިވާ ގާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ އެ އޮތޯރިޓީން ބަލަން ބޭނުންވާ ކަމަށްވެސް އަފްޝަން ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން މި އޮތޯރިޓީން މި މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ތިޔަ ކައުންސިލުން ކުރިއަށް ގެންދަވާ ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑު ޖެއްސެވުމަށް ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ކައުންސިލުން ވެހިކަލް ޕާކުރުމަށް ބިން ވިއްކަން ކުރާ މުއާމަލާތުގެ އެންމެހާ ލިޔެކިޔުންތައް މި މަހުގެ 14 ވާ ހޯމަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެލްޖީއޭއަށް ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ސްލޮޓްތަކުގެ 25 ޕަސެންޓު ހާއްސަކުރާނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ. ހާއްސަކޮށް ޓެކްސީތަކަށް ކަމަށެވެ.

ޕާކު ކުރުމަށް ހާއްސަ ޒޯނުތަކެއް ކަނޑައަޅައި، އެތަންތަނުން ފީ ނެގުމުގެ އިހްތިޔާރު އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ލިބެ އެވެ. ނަމަވެސް ޕާކިން ސްލޮޓު ވިއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައެއް ނެތެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހު އެވެ. ގާތްގަނޑަކަށް 211 ޕާކިން ޖާގަ ދޫކުރުމަށް ނިންމާފައި އޮއްވާ އެ މަސައްކަތް ހުއްޓާލީ އޭގައި މައްސަލަތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެނެވެ.

ޕާކިން ސްލޮޓުތައް ވިއްކުމަށް މަސައްކަތް ކުރާއިރު ޕާކު ކުރާނެ ޖާގަ ނެތުމަކީ ގާތްގަނޑަކަށް 150،000 މީހުން ދިރިއުޅޭ މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އދ. ގެ އޮފީހަކުން ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހައެއްކަ އަކަ ކިލޯމީޓަރުގެ ކުޑަ މާލޭގައި އެކަނި ވެސް 72،000 ވެހިކަލް ދުއްވަ އެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް މާލެއަށް އެކަނި 82،000 ސައިކަލު ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox