ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު މަގާމުގެ ހުވާ ކުރައްވައިފި

މިއަދު ބޭއްވި ހަފްލާގައި ރާޝިދު މަގާމުގެ ހުވާ ކުރައްވަނީ: މިއަދުން ފެށިގެން މަޖިލީހުގެ މަސައްކަތުގައި ރާޝިދު ބައިވެރިވެވަޑައިގަންނަވާނެ -- ފޮޓޯ: މަޖިލިސް

މިއަދު ބޭއްވި ހަފްލާގައި ރާޝިދު މަގާމުގެ ހުވާ ކުރައްވަނީ: މިއަދުން ފެށިގެން މަޖިލީހުގެ މަސައްކަތުގައި ރާޝިދު ބައިވެރިވެވަޑައިގަންނަވާނެ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އެ މަޖިލީހުގައި މިއަދު 8:30 ގައި ބޭއްވި ހަފްލާއެއްގައި ރަޝީދަށް ހުވައިލައްވައިދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސްއާ ވާދަ ކުރައްވައި ކޮމަންޑޫ ދާއިރާގެ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ރާޝިދު ކާމިޔާބު ކުރެއްވީ 1401 ވޯޓު ހޯއްދަވައިގެނެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ.

ރާޝިދު ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ގޯތި ތެރޭގައި މެމްބަރުން ތިއްބަވާ ކުޑަ ކައިރީގައި: މިއީ ރާޝިދު މަޖިލީހަށް ނިކުމެވަޑައިގަންނަވާ ފުރަތަމަ ދުވަސް -- ފޮޓޯ:
ރާޝިދު ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ގޯތި ތެރޭގައި މެމްބަރުން ތިއްބަވާ ކުޑަ ކައިރީގައި: މިއީ ރާޝިދު މަޖިލީހަށް ނިކުމެވަޑައިގަންނަވާ ފުރަތަމަ ދުވަސް -- ފޮޓޯ:

ރާޝިދު ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ގޯތި ތެރޭގައި މެމްބަރުން ތިއްބަވާ ކުޑަ ކައިރީގައި: މިއީ ރާޝިދު މަޖިލީހަށް ނިކުމެވަޑައިގަންނަވާ ފުރަތަމަ ދުވަސް -- ފޮޓޯ:

އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 40 ޕަސެންޓު ވޯޓެވެ. އަލަށް ސިޔާސީ މައިދާނަށް އުފަންވި އެމްއެންޕީގެ ހަންނާނަށް ލިބިވަޑައިގަތީ އެންމެ 323 ވޯޓެވެ. އެއީ ވޯޓުދިން މީހުން ތެރެއިން 11 ޕަސެންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު ޑިސެމްބަރު 14، 2021 ގައި އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބަލީގައި ފަރުވޯ ހޯއްދަމުން ގެންދަވަނިކޮށް މާލޭގެ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބު ވެރިކަން ހިންގާ އެމްޑީޕީން ކާމިޔާބު ކުރެއްވީ އެ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ނުފޫޒު ފޯރުވަމުންނެވެ. އެ އިންތިހާބާ ދިމާކޮށް، މި އަހަރުގެ ބަޖެޓުގައި ހިމެނުމަކާ ނުލައި، ސަރުކާރުން 250 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުތައް އެ ދާއިރާއަށް އިއުލާން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox