ގިރާވަރު ފަޅު ހިއްކައި ގޯތިދޫކޮށް، ބްރިޖުން މާލެއާ ގުޅާލުމުގެ މަޝްރޫއު ރައީސް އިއުލާން ކުރައްވައިފި

ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ: ގިރާވަރު ފަޅު ހިއްކައި އެތަނުން މާލެއާ ބްރިޖު ގުޅާލުމުގެ މަޝްރޫއު ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފައި.

ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ: ގިރާވަރު ފަޅު ހިއްކައި އެތަނުން މާލެއާ ބްރިޖު ގުޅާލުމުގެ މަޝްރޫއު ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފައި.

މާލެއާ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް ފެށުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

މާލޭ ކައިރިން އިތުރު ފަޅެއް ހިއްކައި އެތަނުން ގޯއްޗާއި ފްލެޓް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރައީސް ހާމަ ކުރައްވާފައިވެ އެވެ. ނަމަވެސް, ހިއްކަން ނިންމާފައިވަނީ ވަކި ކޮން ފަޅެއް ކަމެއް ކުރިއަކުން ވިދާޅެއް ނުވެ އެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ އެވެ. އަދި, ގިރާވަރު ފަޅަކީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގިރާވަރު ފަޅު: އެ ތަން ހިއްކައި ގޯތި ދޫކުރަން ވަނީ ނިންމާފައި
ގިރާވަރު ފަޅު: އެ ތަން ހިއްކައި ގޯތި ދޫކުރަން ވަނީ ނިންމާފައި

ގިރާވަރު ފަޅު: އެ ތަން ހިއްކައި ގޯތި ދޫކުރަން ވަނީ ނިންމާފައި

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި, މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 1,000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދިނުމަށް ވެސް ނިންމާފައިވެ އެވެ.

"ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި, މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ," ރައީސް ވިދާޅުވި އެވެ.

ގާނޫނު އަސާސީން ރައީސްގެ މައްޗަށް ކޮންމެ އަހަރަކު އެއް ފަހަރު އިއްވުމަށް ލާޒިމް ކޮށްފައިވާ ރިޔާސީ ބަޔާން މި އަހަރު އިއްވަމުން ރައީސް ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ބޮޑު ވައުދެއްވެވަޑައިގެންފަ އެވެ.

އެގޮތުން, ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު އެވެ.

"ދިވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ, ބޭނުންވަނީ އެކުގާ އެއް އަމާޒެއްގާ ތިބެ އެ މަންޒިލަށް ވާސިލްވުން," ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަަގަ ކުރެއްވި ގޮތުގައި 5,000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ހުޅުމާލޭގައި ދަނީ ކުރިއަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 2,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށާއި ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިއްކި ގުޅީފަޅާއި ވިލިމާލެ އާއި ތިލަފުށި އަދި މާލެ ގުޅާލުމަށް ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ވެސް ރައީސް ފާހަަގަ ކުރެއްވި އެވެ. އެ މަޝްރޫއުގެ ދަށުން ގިރާވަރު ފަޅު ވެސް އެ ބްރިޖާއެކު ގުޅިގެންދާނެކަން ރައީސް ފާހަަގަ ކުރެއްވި އެވެ. އެހެންވެއްޖެނަމަ, މާލޭ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"މި ބްރިޖްގެ ސަބަބުން މާލެ ސަރަހައްދުގެ ދިރިއުޅުމާ ވިޔަފާރިއާ އިޖްތިމާއީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ފަސޭހަކަމާ ކުރިއެރުމާ ދުވެލި ލިބިގެންދާނެ," ރައީސް މިއަދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާލޭ ކައިރީގެ އިތުރު ފަޅެއް ހިއްކައިގެން އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް އިއުލާންކުރި އެވެ. ނަމަވެސް, ވެރިކަން ނިމުމުން އެ މަޝްރޫއު ހުއްޓުނީ އެވެ. އެއީ, ފުށިދިއްގަރު ފަޅުގައި ހިންގަން ނިންމި "ހިޔާ އެކޮންޕްލިޝްޑް" މަޝްރޫއު އެވެ. މިފަހުން ވެސް ޔާމީން ވަނީ ދެން ވެރިކަމަށް ވަޑައިގެންފިނަމަވެސް އެ މަޝްރޫއު ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޔާމީންގެ ތަސައްވަރަކީ ވެސް އެ ބިން މާލެއާ ބްރިޖުން ގުޅާލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox