ހުޅުމާލެ ފޭސް ދޭއް ގެ ފުރަތަމަ ފިހާރަ ހުޅުވައިފި

އެޗްސީޔޫ މާޓް ފިހާރަ: މި ފިހާރަ ހުރީ ފޭސް ދޭއްގެ އެޗް-12 ޓަވަރުގެ ތިރީ ފުލޯގައި -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އެޗްސީޔޫ މާޓް ފިހާރަ: މި ފިހާރަ ހުރީ ފޭސް ދޭއްގެ އެޗް-12 ޓަވަރުގެ ތިރީ ފުލޯގައި -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ހުޅުމާލެ ފޭސް ދޭއްގައި ވިޔަފާރި ކުރެވޭނެ ނިޒާމެއް ނެތުމުގެ ޝަކުވާ އާއި ދަތި ބޮޑުވެފައި އޮއްވައި އެ ސަރަހައްދުގެ ފުރަތަމަ ފިހާރަ މިއަދު ހުޅުވައިފި އެވެ.

"އެޗްސީޔޫ މާޓް" ގެ ނަމުގައި ގޭގެ ބޭނުންތައް ފުއްދަން ބޭނުންވާ ސާމާނު ވިއްކާ މި ފިހާރަ ހުޅުވީ މިއަދު މެންދުރުފަހު 2:00 ޖެހިއިރެވެ. ފިހާރަ ހުރީ، ހިޔާ އެޗް-12 ޓަވަރުގެ ގްރައުންޑް ފުލޯގަ އެވެ. އެ ފިހާރަ ހިންގަނީ ރިސޯޓްތަކަށް ހައުސްހޯލްޑް މުދާ ސަޕްލައިކުރާ ކުންފުނި، ހޮޓެލްކެއާ އަންލިމިޓެޑް (އެޗްސީޔޫ) އިންނެވެ. މިއީ އެ ކުންފުނިން މާލެ ސަރަހައްދުގައި ހިންގާ މިފަދަ ފުރަތަމަ ފިހާރަވެސްމެ އެވެ.

"އަދަދު" އަށް މައުލޫމާތު ދެމުން، އެޗްސީޔޫގެ އެމްޑީ، ގައްޒާމް މުހައްމަދު ބުނީ، ފިހާރަ ހިންގާނީ ކުންފުނީގެ ސީދާ ބެލުމުގެ ދަށުން، ރިސޯޓުތަކުގައި އެމީހުން ހިނގާ އައުޓްލެޓް ތަކާ އެއް އުސޫލަކުން ކަމުން، ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ސަޕްލައި ހިނގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެޗްސީޔޫ މާޓް ފިހާރަ ތެރެ
އެޗްސީޔޫ މާޓް ފިހާރަ ތެރެ

އެޗްސީޔޫ މާޓް ފިހާރަ ތެރެ. އަދަދު ފޮޓޯ / ހުސައިން ސަޔާހު

"މިހާރު ވެސް ރައްޔިތުން ވަރަށް ދަތީގަ ތިބީމަ، ސަޕްލައި އަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭ ކަމެއް. ދެން، މިހާރު މަސައްކަތް އެބަ ކުރަން އެހެން ޓަވަރުތަކުގައި ވެސް ހިދުމަތް ދެވޭގޮތް ވޭތޯ ބެލުމަށް. އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ވެސް ވާނީ ކުރިމަތިލާފަ. އަދި ލައްވާނުލައިގެން މި އުޅެނީ،" ގައްޒާމް ފާހަގަ ކުރި އެވެ.

އެ ފިހާރައިން ކެއްކުމުގައި ބޭނުންކުރާ ތަރުކާރީ އާއި ކުކުޅުން ފެށިގެން، ރީތިވާ ސާމާނާއި ގޭތެރެ އާއި ފާހާނާ ސާފުކުރަން ބޭނުންވާ ސާމާނު ވެސް ވިއްކަ އެވެ.

އެޗްސީޔޫ މާޓް ފިހާރައިގެ ތެރެ
އެޗްސީޔޫ މާޓް ފިހާރައިގެ ތެރެ

އެޗްސީޔޫ މާޓް ފިހާރައިގެ ތެރެ. އަދަދު ފޮޓޯ / ހުސައިން ސަޔާހު

ފޭސް ދޭކަށް އެތައް އާއިލާއެއް ބަދަލުވެ، އެތަނުގައި ދިރިއުޅެން ފެށިތާ މަހެއް ވެފައިވާ އިރު އާއިލާތަކަށް އެންމެ ބޮޑުވެފައި އޮތީ ކުންޏާއި ވިޔަފާރި ކުރާނެ ގޮތް ނެތުމުގެ މައްސަލަ އެވެ. މީގެ ތެރެއިން ކުނި ނެގުމަށް، އެޗްޑީސީ އިން މިހާރު ވަނީ ވަގުތީ ހައްލެއް ހޯދައިދީފަ އެވެ.

ވިޔަފާރިކުރާނެ ގޮތެއް ނެތިގެން، އަމިއްލަ ބައެއް ފަރާތްތަކުން ފިކަޕާއި ކާރާއި ވޭން ފަދަ ވެހިކަލް ތަކުގައި ގާޑިޔާ ސްޓައިލަށް އާންމުކޮށް ބޭނުންވާ ޒާތުގެ ބައެއް ސާމާނު މިހާރު ވެސް ވިއްކަ އެވެ. މިފަދަ ގިނަ ވެހިކަލް ތަކެއް މިހާރު އެ ސަރަހައްދުގައި ދުއްވަ އެވެ.

އެހެންކަމުން، މިއަދު އަލަށް ހުޅުވި މި ފިހާރައާ އެކު، ފޭސް ދޭއްގައި ވިޔަފާރި ކުރުމަށް ދިމާވެފައި އޮތް ދައްޗަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox