ދައްޕަރު މައްސަލައިގައި ފިއްލަދޫ ރައްޔިތުން ތެދުވެ، ޕެޓިޝަނެއްގައި ސޮއިކުރަނީ!

ފިއްލަދޫ ރައްޔިތުންތަކެއް "ސޭވް ދައްޕަރު" ކެމްޕެއިނުގައި: ޕެޓިޝަނެއްގައި މިހާރު އަންނަނީ ސޮއިކުރަމުން.

ފިއްލަދޫ ރައްޔިތުންތަކެއް "ސޭވް ދައްޕަރު" ކެމްޕެއިނުގައި: ޕެޓިޝަނެއްގައި މިހާރު އަންނަނީ ސޮއިކުރަމުން.

ހއ. ފިއްލަދޫއާ އިންވެގެން އޮންނަ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސްގެ ދަށަށް ގެނައުމަށްޓަކައި އެ ރަށު ރައްޔިތުންތަކެއް އިސްނަގައިގެން ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

މީގެ ތިން ދުވަސްކުރިން ސޮއި ކުރަން ފެށި އެ ޕެޓިޝަނުގައި 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފިއްލަދޫގެ 85 ޕަސެންޓް މީހުން ސޮއިކޮށްފައިވާކަމަށް ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފިއްލަދޫ ރައްޔިތަކު "އަދަދު" އަށް ޔަގީންކޮށްދިނެވެ.

އެމީހާ ބުނި ގޮތުގައި ޕެޓިޝަން ހަދަން ނިންމީ ދައްޕަރަކީ ފިއްލަދޫ ރައްޔިތުންގެ ހިތާ ގުޅިފައިވާ ސަރަހައްދެއްކަމުން ރައްޔިތުންގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެ ޕެޓިޝަނުގައި ރަށުގައި މިވަގުތު ތިބި މީހުން ސޮއިކޮށް ނިމުމުން މާލޭގައި ދިރިއުޅޭ ފިއްލަދޫ ރައްޔިތުން ސޮއިކުރުމަށް ހުޅުވާލާނެ އެވެ.

Advertisement

"އަޅުގަނޑުމެން މިހާރު މާލެ ކޮޅުންވެސް އެބަ ޓީމެއް ތައްޔާރުވަމުންދޭ، ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތަށް. އެގޮތުން މިކޮޅުން މި ހަފްތާތެރޭ ނިންމާލައި، މާލެ ކޮޅަށް ފޮނުވާނެ ޕެޓިޝަން،" އެ މީހާ ކިޔައިދިނެވެ.

ހއ. ދައްޕަރުގެ ޑްރޯން ފޮޓޯއެއް.
ހއ. ދައްޕަރުގެ ޑްރޯން ފޮޓޯއެއް.

ހއ. ދައްޕަރުގެ ޑްރޯން ފޮޓޯއެއް.

ޕެޓިޝަނާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަަސަން "އަދަދު" އަށް ވިދާޅުވީ އެއްވެސް ރަށެއްގެ ރައްޔިތަކު އެ ރަށާއި ގުޅިފައިވާ ބިމެއް އެ ރަށުން ވަކިކުރަން ނޭދޭނެ ކަމަށާއި އެގޮތުން ފިއްލަދޫގެ އިހުތިސާސްގެ ދަށަށް އަލުން ދައްޕަރު ގެނައުމަކީ ކައުންސިލާއި ރައްޔިތުން ވެސް އެދޭކަމެއް ކަމަށެވެ.

"އެއީ ދެން ބުނަންޏާ މާލޭގަ ނަމަ މާފަންނާ ހެންވޭރާ. އެގޮތަށް މާފަންނުން ހެންވޭރު ވަކިކުރާކަށް ނޭދޭނެތާ މާލޭގެ އެއްވެސް ރައްޔިތަކު. ހަމަ އެގޮތަށް މިކަންވެސް މިއޮތީ. އަޅުގަނޑުމެންގެ ކާބަފައިންގެ މަހާނަތައްވެސް އެބަ ހުރި ދައްޕަރުގައި. އެކޮޅުގަ ހުންނާނެ ސަހަރާއެއްވެސް،" އޭނާ ބުންޏެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ނެގިއިރު ކައުންސިލުން ދިޔައީ ލޭންޑް ޔޫސް ޕްލޭންގެ ތެރެެއަށް ލައިގެން ދައްޕަރުން ނަފާ ހޯދުމުގެ މަޝްވަރާތަކެއް ކުރަމުންނެވެ.

"ދައްޕަރު އަދި ފިއްލަދޫގެ ދަށަށް ގެނެސްގެން ލިބޭނެ ފައިދާތައް އެނގޭނީ އެކަން ކުރުމަށްފަހު އޭގެ ފަހުން. ފުރަތަމަ އެކަން ކުރަންތާ ޖެހޭނީ. ކޮންމެ ބަޔަކުވެސް އެދޭނީ ބިމުގެ ގޮތުން މުއްސަނދިވުން،" ފަތުހުﷲ ވިދާޅުވި އެވެ،

ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޯގަސްޓް 29 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައި މަސްތެރޭ އެ ރަށުގައި ސެކަންޑް ހޯމް ރެޒިޑެންޓް ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެ މަޝްރޫއަށްވެސް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox