ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް މުލާ މަރުވެއްޖެ

Aug 15, 2021, 12:47 PM
ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް މުލާ.

ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް މުލާ.

މިއުނިކް (އޮގަސްޓް 15) - ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އަދި ބަޔާން މިއުނިކްގެ ތާރީހީ ފޯވާޑް ގާޑް މުލާ މަރުވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި މުލާ މިއަދު މަރުވީ ބަލިވެ އުޅުމަށް ފަހު އެވެ. އޭނާ އަށް ވަނީ އަލްޒައިމާ ބަލިޖެހިގެން 2015 ވަނަ އަހަރު ފަރުވާ ދީފަ އެވެ. އަލްޒައިމާ އަކީ އަކީ ސިކުނޑީގެ ހަނދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. ފަރުވާ އަށް ފަހު ކޮންމެ ވެސް ވަރަކަށް ރަނގަޅުވި ނަމަވެސް ބަލި ހާލަތު ގޯސްވާ ފަހަރުތަކުގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދީފަ އެވެ.

މުލާ މަރުވިކަން ބަޔާނާއި އޭނާގެ އާއިލާ އިން ވެސް ވަނީ މީޑިއާގައި ހާމަކޮށްފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 1970 ވަނަ އަހަރު ހޯދި މުލާ ވަނީ 1974 ވަނަ އަހަރު ޖަރުމަނާ އެކު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި 1972 ވަނަ އަހަރުގެ ޔޫރޯ ވެސް ތަށި ވެސް އުފުލާލި އެވެ. ޖަރުމަނު ގައުމީ ޓީމަށް މުލާ ވަނީ 62 މެޗުން 68 ގޯލު ޖަހައިފަ އެވެ.

މުލާ ބަޔާންގެ ކޯޗިން ސްޓާފުންގެ ކިޓްގައި.-- ފޮޓޯ: ބަޔާން މިއުނިކް

ޓީއެސްވީ ނޯޑްލިންގަން އިން ކްލަބް ކެރިއަރު ފެށި މުލާ ބޮޑަށް ވިދާލީ ބަޔާންގެ ޖޯޒީގަ އެވެ. ބަޔާނަށް 1964 އިން 1979 އާ ދެމެދު ކުޅުނުއިރު، އެ ޓީމަށް 607 މެޗުން 566 ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ. އަދި އެ ޓީމާ އެކު ޖަރުމަނު ލީގު ހަތަރު ފަހަރާއި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކުރި އެވެ.

މުލާ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލީ އެމެރިކާގެ ކްލަބެއްގައި ހުރެ އެވެ. އެ ގޮތުން 1981 ވަނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ފަހު ރާބުއިމާއި އެ ފަދަ ކަންކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން މުލާގެ ސިއްހަތު ދިޔައީ ޒުވާން އުމުރުގައި ވެސް ގޯސްވަމުންނެވެ. އޭނާ އަށް ވަނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގައި ވެސް ފަރުވާދީފަ އެވެ.

ފުޓްބޯޅައިގެ މުލާގެ ބޮޑެތި ރެކޯޑްތަކެއް މުގުރާލެވުނީ ދާދި ފަހުންނެވެ. އެ ގޮތުން ކަލަންޑަރު އަހަރެއްގައި 85 ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑް މުގުރާލީ 2012 ވަނަ އަހަރު މެސީ އެވެ. މެސީ ރެކޯޑް ހެދީ ބާސެލޯނާ އަށް އެ އަހަރު 89 ގޯލު ޖަހައިގެންނެވެ. މީގެ އިތުރުން ދާދި ފަހުން ވެސް މުލާގެ ބޮޑު ރެކޯޑެއް ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި މުގުރާލައިފަ އެވެ.

އެއީ ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި 40 ގޯލު ޖަަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑެވެ. މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ އެ ރެކޯޑް މުގުރާލީ މިދިޔަ އަހަރު ލީގުގައި 41 ގޯލު ޖަހައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox