ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އަތުން ބަލިވެ ރާއްޖެ ގްރޫޕްގެ ހަތަރު ވަނަ އަށް

Jun 11, 2021, 7:35 PM
ޗައިނާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން ދަގަނޑޭ މަސައްކަތްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޗައިނާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން ދަގަނޑޭ މަސައްކަތްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ޗައިނާ އިން 5-0 ރާއްޖެ ބަލިކޮށްފި އެވެ.

މިރޭ މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ފިލިޕީންސް އިން ވަނީ ގުއާމް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ މެޗުން ފިލިޕީންސް މޮޅުވެ، ޗައިނާ އަތުން ރާއްޖެ ބަލިވުމާ އެކު މި ފަހަރުގެ ކޮލިފައިން މި ގްރޫޕްގައި ރާއްޖެ ނިންމާލަން ޖެހުނީ ހަތަރު ވަނައިގަ އެވެ.

ކޮލިފައިން ގްރޫޕް އެއް ވަނައިގައި ސީރިއާ އޮތީ ހަތް މެޗުން 21 ޕޮއިންޓާ އެކު އެވެ. ޗައިނާ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ރާއްޖެ އަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބާކީ އޮތް ފިލިޕީންސް މެޗުން މޮޅުވިޔަސް ރާއްޖޭގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހުރިހާ މެޗެއް ނިމުނުއިރު ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

Advertisement

ރާއްޖެ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމާލުމުން މި ވަގުތު އޮތްގޮތުން އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް ބުރުގަ އެވެ. އެ ޕްލޭއޮފްގައި ދަށް ރޭންކްގެ ޓީމަކާ ދެކޮޅަށް ކުޅެގެން މޮޅުވެއްޖެނަމަ ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު ފަހު މެޗުން ފިލިޕީންސް އަތުން މޮޅުވެގެން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ ގޮތްތަކެއް އެބައޮތެވެ.

ދުބާއީގައި ސެންޓްރަލައިޒްކޮށް ކުރިއަށްދާ މެޗުތަކުގައި ރާއްޖޭން މިދިޔަ ހުކުރު ދުވަހު ވަނީ ސީރިއާ އަތުން 4-0 އިން ބަލިވެފަ އެވެ. މިރޭގެ މެޗަށް ރާއްޖޭން ނުކުތީ އެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. ރާއްޖޭގެ ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އާއި ހައިޝަމް ހަސަން (ބިޑި) ވަނީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. މީގެ ތެރެއިން ޗުމްޕު ފުރަތަަމަ ފަހަރަށް ގައުމީ ޖޯޒީގައި މެޗެއް ކުޅުނުއިރު، ހައިޝަމް އައީ އެއް މެޗުގެ ސަސްޕެންޝަނަކަށް ފަހު އެވެ.

ޗައިނާ އިން ވަނީ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލިއު ބިންބިންގެ ގޯލުން ލީޑުނަގައިފަ އެވެ. ސްޕެއިނުގެ އެސްޕަންޔޯލަށް ކުޅޭ ފޯވާޑް ވޫ ލެއި ނެގި ހުރަހަކުން ބިންބިން ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ޗައިނާ އިން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިރޭގެ މެޗުގެ ތެެރެއިން ދަގަނޑޭ (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސީރިއާ މެޗަށް ވުރެ ރަނގަޅަށް މި މެޗުގައި ރާއްޖޭން ކުޅެން އުޅުނެވެ. އިބްރާހިމް އައިސަމް މެދުތެރެއަށް ލައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ 29 ވަނަ މިނިޓްގައި އަހުމަދު ނޫމާން (ހެލްމެޓް) ޖެހި ބޯޅަ އަމާޒުވީ ޗައިނާ ކީޕަރު ޔެން ޖުންލުން އަތަށެވެ. އޭގެ މިނިޓެއް ފަހުން ޗައިނާ އިން ދެ ވަނަ ގޯލެއް ޖެހި އެވެ. ޒޭން ޔުނިން ދިން މޮޅު ބޯޅައެއް ހިފައިގެން ވަދެ ލެއި މި ގޯލު ޖެހީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ނައްޓާފައި ގޮހެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖަހަން ލެއި ޖެހި ބޯޅަ ކީޕަރު ފައިސަލް ހުއްޓުވިއިރު، ޗައިނާ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު އެލާން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ރާއްޖޭން ބޯޅަ ހިފަހައްޓައިގެން ކުޅުން ރަނގަޅުކުރި އެވެ. ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ޗައިނާ ކީޕަރު ޖުންލުން އަތަށް އަމާޒުވިއިރު، އައިސަމް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

އޭގެ ފަހުން ޗައިނާ އިން ވަނީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި އެލާން ގޯލު ޖެހީ ފުރަތަމަ އޭނަ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރުމުން ދެ ވަނަ ފަހަރަށް ޖަހަން ލިބުނު ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ޖެހިގެން އައި މިނިޓްގައި ޗައިނާގެ ހަތަރު ވަނަ ގޯލު ޖެހީ އޭރިއާ ބޭރުން ޖެހި ޝޮޓަކުން ޒޭން އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޗައިނާގެ ޓޭން ލޯންގް އެ ޓީމުގެ ފަސް ވަަނަ ގޯލު ޖެހީ 80 ވަނަ މިނިޓްގަ އެވެ.

ދާދި ފަހުން ކޮވިޑުން ރަނގަޅުވެގެން ޓީމާ ގުޅުނު ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައިފަ އެވެ. ދަގަނޑޭ މި މެޗަށް އެރީ ދެ ޕްރެކްޓިހަށް ފަހު އެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ނިމުނީ ވެސް 5-0 އިންނެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ރާއްޖެއާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ޗައިނާ ވީ މޮޅެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox