ލީގުގައި ރަނގަޅަށް ނުކުޅެ ގައުމީ ޓީމުގެ ޖާގަ ހައްގެއް ނޫން: އިއްބެ

2019 ވަނަ އަހަރު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

2019 ވަނަ އަހަރު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ޖާގަ ލިބެން ޖެހޭނީ އެ އިރެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށާއި އެގޮތަށް ވިސްނާއިރު އޭނާ މި ވަގުތު ގައުމީ ޓީމުގައި ހުރުން އެންމެ ރަނގަޅު ނުވާނެ ކަމަށް މާޒިޔާގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބުނެފި އެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހު 15 އަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުޅޭ މެޗުތަކަށް ނެގި ގައުމީ ޓީމުގެ 33 ކުޅުންތެރިން ހިމެނޭ ޕްރިލިމިނަރީ ސްކޮޑުގައި އިއްބެގެ ނަން އޮތެވެ. އެކަމަކު އިއްބެ ނިންމީ ލީގުގައި ރަނގަޅަށް ނުކުޅެވޭތީ މި ވަގުތު ޓީމާ ނުގުޅޭށެވެ. އޭނާ ވަނީ އެކަން ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަންއާ ވެސް ހިއްސާކޮށްފަ އެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ "އަދަދު" އަށް ބުނީ ޓީމަށް ނަގަން ނިންމުމަކީ ކޯޗުގެ ނިންމުމެއް ކަމަށާއި އެ އަށް އިހުތިރާމްކުރާ ކަމަށެވެ. އެކަމަކު މި ސީޒަނުގައި ކްލަބްގައި މާ ރަނގަޅަށް ނުކުޅެ ގައުމީ ޓީމަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް އިއްބެ ބުންޏެވެ.

"ލީގުގައި ނުކުޅެ ގައުމީ ޓީމަށް ދާކަށް ބޭނުމެއް ނޫން. ލީގުގައި ރަނގަޅަށް ކުޅެގެން އެ ޖާގަ ހައްގުވާ އެހެން ކުޅުންތެރިން އެބަހުރި. އެ ކުޅުންތެރިންނަށް ޖާގަ ދޭން ޖެހޭނީ ވެސް. އެހެންވެ މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ޓީމުން ޖާގަ ހައްގުވާ ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށް ދެކެނީ،" އިއްބެ ބުންޏެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އިއްބެ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އުމުރުން 25 އަހަރުގެ އިއްބެ 2019 ވަނަ އަހަރު މިދިޔަ ސީޒަން ފެށުމުގެ ކުރިން މާޒިޔާ އަށް ބަދަލުވެ ސީޒަންގެ ކުރީކޮޅުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެކަަމަކު ސީޒަންގެ ވަކި ހިސާބަކުން އަނިޔާގެ މައްސަލަތައް ދިމާވެ މެޗުތަކެއް ގެއްލުނެވެ.

އެ ފަހަރު އެނބުރި އައިސް ރަނގަޅު ކުޅުމެއް ދެއްކި އިއްބެ އަށް މި ސީޒަނުގައި މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ލީގުގައި މިހާތަނަށް އިއްބެ ކުޅުނީ ހަތަރު މެޗުގަ އެވެ. އޭގެއިން ގިނައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު މެޗުތަކެވެ.

ފާއިތުވި އަހަރުތަކުގައި އެންމެ ރަނގަޅު ފޯމެއްގައި ގިނަ މެޗުތަކެއްގައި ކުޅުނު އެއް އެޓޭކިން މިޑްފީލްޑަރަކީ އިއްބެ އެވެ. އިއްބެއާ ބެހޭގޮތުން މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބުނެފައިވަނީ ޕްރެކްޓިހާއި މެޗުތަކުގައި ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް މަސައްކަތް ކޮށްގެން ބޭނުން ހިފާނަމަ އިއްބެ އަކީ މުހިއްމު ކުޅުންތެރިއަކަށް ވާނެ ކަމަށެވެ.

އިއްބެ ކެރިއަރު ފެށީ ނިއު ރޭޑިއަންޓުންނެވެ. އޭނާ އަކީ 2013 ވަނަ އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރި ނިއުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. އިއްބެ ޓީސީއާ ގުޅުނީ 2015 އަހަރު އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނު އެ ފަހަރު އިއްބެ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން 2016 އިން ފެށިގެން އެ ޓީމުގެ ފުރަތަމަ އެގާރައިން ކޮންމެ ވެސް ވަރަކަށް ފުރުސަތު ހޯދަން ފެށި އެވެ. ބުރަ މަސައްކަތުން އޭގެ އެއް އަހަރު ފަހުން ގަވާއިދުން ޓީމުގައި ކުޅެން ފެށި އެވެ. އޭނަ އަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި ޓީސީ ޓީމުގެ މެދުތެރޭގައި ތަފާތު ދެއްކި ކުޅުންތެރިއެކެވެ.

މާޒިޔާ މެޗެއްގެ ތެރެއިން އިއްބެ ބޯޅަ ހިފައިގެން.-- ފޮޓޯ: މާޒިޔާ

މީގެ އިތުރުން ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލިއިރު، އިއްބެ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ސެމީ ފައިނަލުގައި ނޭޕާލް އަތުން 3-0 އިން ރާއްޖެ މޮޅުވިއިރު، އިއްބެ ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ބޯ ވިއްސާރައިގެ ތެރޭގައި އެ ދުވަހު ކުޅުނު މެޗުގެ ފަހު ވަގުތާ ހަމައަށް ރާއްޖެ ޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކިއިރު، އިއްބެ ދެ ގޯލު ޖެހީ ވެސް މެޗުގެ ފަހު ކޮޅުގަ އެވެ. ރާއްޖޭން އެ އަހަރު ސަރަހައްދުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސާފްގެ ޗެމްޕިއަންކަން ހޯދި ފަހުން ލިބުނު ފުރަތަމަ ކާމިޔާބެވެ.

ޒުވާން ގައުމީ ޓީމުގައި ވެސް މީގެ ކުރިން ހިމެނުނު އިއްބެގެ އަމާޒަކީ ކުޅުން ރަނގަޅު ކޮށްގެން އެނބުރި ގައުމީ ޓީމަށް ދިއުމެވެ.

ލީގުގައި ރަނގަޅަށް ނުކުޅެވޭތީ ގައުމީ ޓީމާ ގުޅެން ލިބުނު ފުރުސަތު މާޒިޔާގެ ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް ވަނީ ދޫކޮށްލައިފަ އެވެ. ދާދު ވެސް ބުނީ ގައުމީ ޓީމަށް އަރަން ބޭނުންވަނީ ރަނގަޅު ކުޅުމެއް ލީގުގައި ދެއްކުމަށް ފަހު ކަމަށާއި ރަނގަޅަށް ނުކުޅެ ގައުމީ ޓީމަށް ކުޅުންތެރިން އެރުމަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވެފައިވާ ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox