ރާއްޖޭގައި މިވަގުތު އޭއެފްސީ ކަޕް ނުބޭއްވޭނެކަން އަންގައިފި

ބޫޓާންގެ ތިމްޕޫ އާއި ރާއްޖޭގެ އީގަލްސް މިިދިޔަ މަހު ކުޅުނު އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުގެ ތެެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަަދަދު

ބޫޓާންގެ ތިމްޕޫ އާއި ރާއްޖޭގެ އީގަލްސް މިިދިޔަ މަހު ކުޅުނު އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުގެ ތެެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަަދަދު

ރާއްޖޭގައި ހޯސްޓްކުރަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް މި ވަގުތު މާލޭގައި ކުޅެވެން ނެތްކަން އެފްއޭއެމުން ކްލަބްތަކަށް އަންގައިފި އެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖެ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފުރަތަމަ ވަނީ ހާއްސަ ހުއްދައެއް ދީފަ އެވެ. އެގޮތަށް ނިންމާފައި ވަނިކޮށް މައްސަލަ ހޫނުވީ ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރުން އޭއެފްސީ އާއި އެޗްޕީއޭގެ ޕްރޮޓޮކޯލާ ހިލާފުވުމުންނެވެ. ހަމައެކަނި ޓްރެއިނިންނާއި މެޗަށް ނުކުމެވޭގޮތަށް އުސޫލު އެކުލަވާލާފައިވަނިކޮށް އިއްޔެ ހަވީރު ބެންގަލޫރުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮޓަލުން ނުކުމެ މަގުމަތީގައި އުޅެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "އަދަދު" އަށް ވިދާޅުވީ މި ވަގުތު އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރެވެން ނެތްކަން ކްލަބްތަކަށް އަންގާފައިވާ ކަމަށާއި ދެން މެޗުތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭއެފްސީގެ ކޮމިޓީތަކުން ކަމަށެވެ.

ގޯލް އިންޑިއާ އިން ވެސް ވަނީ ކްލަބްތަކަށް އެފްއޭއެމުން އެ ލިޔުން ފޮނުވާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އީގަލްސް އާއި ބެންގަލޫރުގެ އިތުރުން ދެން އޭއެފްސީ ކަޕްގައި ވާދަކުރަން އޮތީ ގްރޫޕް ސްޓޭޖުގައި އޮތް ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ޕްލޭއޮފް ކުޅެން އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ. އަދި ގްރޫޕް ސްޓޭޖް ތާވަލުކޮށްފައި އޮތީ މި މަހު 14-20 އަށެވެ.

ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވި މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭއެފްސީ އާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ހޮޓަލުން ނުކުމެގެން ބެންގަލޫރު މާލެ ތެރޭގައި އުޅެފައިވާތީ އެ ޓީމު މި ހިނދުން ފެށިގެން ރާއްޖެ ދޫކޮށް ދިއުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބެންގަލޫރަށް ދެން ރާއްޖޭގައި މެޗު ނުކުޅެވޭނެ ކަމަށާއި އެފްއޭއެމާ ވާހަކަ ދައްކައިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ފަސްކުރަން ހުށަހަޅާނެ ކަމަށް ރޭ މިނިސްޓަރު ވިދާޅުވި އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ރޭ "އަދަދު" އަށް ވިދާޅުވީ ބެންގަލޫރުން ޕްރޮޓޮކޯލާ ހިލާފުވެފައިވާ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ ޓީމާ މެދު ފިޔަވަޅު އަޅައިދޭން ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ ކަމެއްގައި ބެންގަލޫރުން އުސޫލާ ހިލާފުވި މައްސަލައިގައި ބަދަލު ހޯދަން ވެސް އެފްއޭއެމުން އެދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާގެ ނޫހަކަށް ރޭ ބެންގަލޫރު އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ވަނީ ޕްރޮޓޮކޯލާ ހިލާފުވެވުނުކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އެކަމަކު މިއަދު ބެންގަލޫރުން ވަނީ ޕްރޮޓޮކޯލާ ހިލާފުވެވުނީތީ މައާފަށް އެދިފަ އެވެ.

އޭއެފްސީ ކަޕްގައި ވާދަކުރަން ވެގެން ޕްރޮޓޮކޯލާ އެއްގޮތަށް މާޒިޔާ އާއި އީގަލްސް އިން ތިބީ މި ވަގުތު ކޭމްޕް ކޮށްގެންނެވެ. އީގަލްސް ހޮޓަލް ޖެންގައި ތިބިއިރު، މާޒިޔާ ކޭމްޕްކޮށްފައިވަނީ ހުޅުމާލޭ އަކާސިއާ ގެސްޓް ހައުސްގަ އެވެ. މި ދެ ޓީމުން މީގެ އެއް ދުވަސް ކުރިން ކޭމްޕްކުރީ ކޮވިޑަށް ޓެސްޓް ހެދުމަށް ފަހު އެވެ.

ގްރޫޕް ސްޓޭޖުގައި އޮތް މޯހަން ބަގާން އާއި ބަޝުންދުރަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެފްއޭއެމް އިން މި ވަގުތު މެޗުތައް ނޯންނާނެކަން އެންގުމާ އެކު އެ ދެ ޓީމު ދަތުރުނުކުރާނެ އެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ދަތުރުކުރުމުގެ ކުރިން ކޮންމެ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓް ކުރަން ޖެހެ އެވެ. ހުކުރު ދުވަހު މޯހަން ބަގާންގެ ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓްކުރިއިރު، ތިން ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ.

އޭއެފްސީން މުބާރާތުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަތުން ނުނަގައި ކުރިއަށްދާން ނިންމައިފިނަމަ ދެން ފަސް ކުރެވުނު މެޗުތައް ކުޅުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ އަންނަ މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތަކަށް ފަހު އެވެ. އެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ހަމަޖައްސާފައިވަނީ ޗައިނާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox