ނާކާމިޔާބުވީ އެމްޑީޕީގެ ވެރިން ފެއިލްވެގެންކަން ނަޝީދު ގަބޫލު ކުރައްވައިފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އިންތިހާބުން ބަލިވުމުގެ ޒިންމާ ނަންގަވާނެ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އިންތިހާބުން ބަލިވުމުގެ ޒިންމާ ނަންގަވާނެ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރި ރަށް މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނާ ގޮތަށް ޕާޓީގެ އިސްވެރިން ފެއިލްވެއްޖެކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ގުނި ވޯޓުތަކުން ގާތްގަނޑަކަށް 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދައިގެން މާލޭ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ވެސް 12 ގޮނޑި އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

މާލޭގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޔަގީން ކުރައްވާފައިވަނިކޮށް މިއަދު ބަލި ގަބޫލު ކުރެއްވުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ އިސްވެރިން ފެއިލްވެއްޖެކަން ގަބޫލު ކުރައްވަންތޯ "އަދަދު" އިން ސުވާލު ކުރުމުން ތަފްސީލަށް ވަޑައިނުގެން ނަޝީދު ވަނީ އެކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ލީޑަޝިޕް ތިޔަ ވިދާޅުވަނީ އަޅުގަނޑަށްތޯ ރައީސުލްޖުމްހޫރިއްޔާއަށްތޯ ނައިބު ރައީސަށްތޯ، ޗެއާޕާސަންއަށްތޯ، އަޅުގަނޑުމެން އެންމެން ވެސް މިކަމާ ޒިންމާވާންޖެހޭނެ. އަޅުގަނޑުމެން އެންމެންގެ އިހުމާލުން މި ޕާޓީގައި ނާކާމިޔާބީއެއް ވިއްޔާ ވާނީ. ކާމިޔާބެއް ވިއްޔާ ވާނީ އަޅުގަނޑުމެން އެންމެން އެކަމާ އުޅެގެން،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުން ބަލިވުމުގެ ފަހަތުގައި އެމަނިކުފާނުގެ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ވެސް އުޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެހޭނީ އިށީންދެފަ ބަލާލަން، ކިހިނެއްތޯ މި ވީ. އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟ ރައީސް ސޯލިހުގެ ކުށަކީ ކޮބައިތޯ؟ މިހާރު ކުށް، އަޅުގަނޑުމެން ދެ މީހުންގެ ތެރޭގައި އުޅެންޖެހޭނެ. އެއަކު އެއްވެސް ޝައްކެއް ނެތް. ދެން އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ އެއީ. އެކަން ރާއްޖޭގެ ރައްޔިތުން ނިންމަމުން ގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، އިންތިހާބުގެ ނަތީޖާގެ މާނަ އާއި ސަބަބުތައް އެނގޭނީ ފަހުން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ބަލިވާ ދުވަހު ވަރަށް ގިނަ އިނގިލި ދިށްވާނެ. ދެން އެކަމާ އަޅުގަނޑުމެން މަޑުމައިތިރިކަމާއެކު ވިސްނާލަންޖެހޭނީ، ކިހިނެއް ވެގެންތޯ އަޅުގަނޑުމެން އެދުނު ކާމިޔާބީ އަޅުގަނޑުމެންނަށް ނުލިބުނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެންޓި ކެމްޕެއިން ކުރެއްވި ކަމަށް ވެސް ނަޝީދު އިއުތިރާފްވެވަޑައިގެންނެވި އެވެ.

"އެންޓި ކެމްޕެއިން ކޮށްގެންތޯ އިލެކްޝަން ގެއްލުނީ، ގަބޫލެއް ނުކުރަން. ރަނގަޅަށް ނުކުރެވުނީ ކަމަށް ގަބޫލު ކުރެވެނީ ... އެންޓި ކެމްޕެއިން. ހާއްސަގޮތެއްގައި، މިސާލަކަށް ބައްލަވާ، އަޅުގަނޑުމެންނަކަށް ހަގީގަތުގައި ނުކެރޭ އެންޓި ކެމްޕެއިން ކުރާކަށް. ދެން އަޅުގަނޑު ވެސް ކޮންމެވެސް މިންވަރަކަށް އެއްޗެކޭ ބުނެލާފަ ވެސް އެއިގެ ފުންމިނަކަށް ނުދަން. ދެން އަޅުގަނޑުމެންގެ އެކްސްޕާޓުން ވެސް ފަހު ހަފުތާގައި ހަވާލުވެވަޑައިގެންނެވި. ދެން އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަކަށް އެ މިންވަރަކަށް އެންޓި ކެމްޕެއިން ނުކުރެވެޔޭ ހަގީގަތުގައި،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox