ޕްރެޝަރު ބޮޑުވެ ވެންޓިލޭޓަރުގެ މައްސަލަ ރިވިއު ކުރަން އެންމެފަހުން ޕީޖީއިން ނިންމައިފި

ޕީޖީ ޝަމީމް: ވެންޓިލޭޓަރު މައްސަލަ ތިންވަނަ ފަހަރަށް ރިވިއު ކުރަން ވަނީ ނިންމާފައި --

ޕީޖީ ޝަމީމް: ވެންޓިލޭޓަރު މައްސަލަ ތިންވަނަ ފަހަރަށް ރިވިއު ކުރަން ވަނީ ނިންމާފައި --

ކޮވިޑްގެ ގޯސް ހާލަތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އިހުމާލުވާ މީހުންނަށް ދައުވާ ނުކުރުމަށް ނިންމުމަށްފަހު އަނެއްކާވެސް މައްސަލަ ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެ މީހުންގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް ޕީޖީއިން މައްސަލަ އަނބުރާ ފޮނުވާލިއިރު މައްސަލަ ރިވިއުކޮށް ދިނުމަށް އޭސީސީއިން އެދުނު ނަމަވެސް ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް އުންސުރުތައް ނެތް ކަމަށް ބުނެ މައްސަލަ އަނެއްކާވެސް ވަނީ އޭސީސީއަށް އަނބުރާ ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވަނީ ސަރުކާރާއެކު އެމްޑީޕީ ނޯންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާއި އޭސީސީގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

Advertisement

އިއްޔެ އޭސީސީއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މައްސަލައާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދައްކާފައިވެ އެވެ. އެ ކޮމިޝަނުން ގަބޫލު ކުރާ ގޮތުގައި ދައުލަތުގެ މުވައްޒަފުންގެ މައްޗަށް ދައުވާ އުފުލައި ސާބިތު ކުރެވޭ މިންވަރަށް ކުށުގެ އުންސުރުތައް ފުރިހަމަވެ ހެކި ވަނީ ލިބިފަ އެވެ. އެހެންވެ، ޕީޖީއިން މައްސަލަ ބަލައިނުގަތުމަށް ނިންމި ގާނޫނީ ނުކުތާތަކަށް ޗެލެންޖުކޮށް އަލުން މައްސަލަ ރިވިއު ކުރުމަށް ހުށަހެޅިކަން ހާމަކުރި އެވެ.

އެކަމާ ގުޅިގެން މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ އަލުން ރިވިއު ކުރަން އެ އޮފީހުން އޭސީސީގެ ހިތްހަމަނުޖެހުން އޮތުމާއި މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ ކަމަށެވެ.

"އެ ނިންމުން ރިވިއު ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ގަސްދު ކުރަން،" ޕީޖީގެ ބަޔާނުގައިވެ އެވެ.

ތިންވަނަ ފަހަރަށް އޭސީސީއިން މައްސަލަ ރިވިއު ކުރަން ހުށަހެޅީ އާ ހެކިތަކެއް ނެތި އެވެ. ނަމަވެސް ޕީޖީއިން ބުނީ ފުލުހުންގެ އެހީތެރިކަން ހޯދުމަށް އޭސީސީއަށް އަންގައި ދެން ހިންގާ ތަހުގީގަށްފަހު، މައްސަލަ އަލުން ޕީޖީއިން ރިވިއު ކުރާނީ އަލަށް ހޯދޭ ހެކިތަކުގެ މައްޗަށް ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ހިނދިގެން ގޮސްގެންވާނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އިއްޔެ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު މައްސަލާގައި އޭސީސީއިން ދޫނުދޭނެ އެވެ. ޕީޖީއަށް މައްސަލަ ރިވިއު ކުރަން ހުށަހެޅުމުގެ އިތުރުން އެކަމާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކާއެކު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ބައެއް މައްސަލަތަކުގައި އޭސީސީ އާއި ޕީޖީއާ ދެމެދު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދެ މުއައްސަސާގެ އަމާޒަކީ މައްސަލަތައް ކާމިޔާބު ކުރުން ކަމަށާއި އެހެންކަމުން އެ މަގުން މަސައްކަތް ކުރާނެ ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް އެއްވެސް ފަރާތެއް ނުފޫޒެއް ވަދެފައި ނޯންނާނެ ކަމާއި އެ ޖާގަ ވެސް ނުދެއްވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި ދައުވާ ކުރުމުގެ މަރުހަލާގައި ޕީޖީއަށް ވެސް އެފަދަ ނުފޫޒުތަކެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox