ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

Sep 23, 2026, 10:26 PM
ރޭސިން އެސޯސިއޭޝަނުން ލ. ގަމުގައި ބޭއްވި އިވެންޓުގެ ތެރެއިން.--- ފޮޓޯ: ރޭސިން އެސޯސިއޭޝަން.

ރޭސިން އެސޯސިއޭޝަނުން ލ. ގަމުގައި ބޭއްވި އިވެންޓުގެ ތެރެއިން.--- ފޮޓޯ: ރޭސިން އެސޯސިއޭޝަން.

އެއް އަހަރާއި 8 މަސް ދުވަސް ފަހުން ރޭސިން އެސޯސިއޭޝަންގެ އެންމެ ކާމިޔާބު އެންމެ ބޮޑު މޮޓޯ ސްޕޯޓްސް އިވެންޓް ލ. ގައި ނިންމާލައިފި. އެވެ. 

ރޭސިން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާސް ޗެންޕިއަންޝިޕަކީ 2022 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ ބޮޑެތި ސިޓީ ތަކަށް ބަހައިލާގެން ބާއްވަމުން ދިޔަ އިވެންޓެކެވެ. އެ ގޮތުން، މީގެ ކުރިން މި އިވެންޓް ގްރޭޓާ މާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގދ. ތިނަދޫ ސިޓީގައި ވަނީ ކާމިޔާބު ކަމާ އެކު ބޭއްވިފައިވާކަން ރޭސިން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މި އިވެންޓް ބޭއްވުން ދިގުލައިގެންދިޔަ އެންމެ ބޮޑު ސަބަބަކީ،  2024 ވަނަ އަހަރު ރާސް ގްރޭޓާ މާލެ އެޑިޝަން ބޭއްވުމަށް އެންމެ ފަހުގެ ހުރިހާ ތައްޔާރީތަކެއްވެ އިވެންޓަ ފެށެން ނުވަ ގަޑިއިރަށް ވެފައިވަނިކޮށް ފުލުހުން އަދި އެޗްޑީސީ އިން އިވެންޓް ކުރިއަށް ނުގެންގޮސް ހުއްޓުވާލުމުން ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެކަން ކުރި ސަބަބެއް މިހާތަނަށް ސާފުވެފައިނުވާ ކަމަށާއި، އެ އިވެންޓަށް އެސޯސިއޭޝަނުންނާއި އެތަކެއް ކުލަބަކުން ކުރި ހަރަދުވެސް ލިބިފައި ނުވާ ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. 

އޭގެ ފަހުން. އެތަކެއް ގޮންޖެހުމަކާއި ކުރިމަތި ލާން ޖެހުނު ކަމުގައި ވިޔަސް ރޭސިން އެސޯސިއޭޝަނުން އެތަކެއް ބަޔަކު ކުރިއަރުވަމުން ދާ ކުޅިވަރު ހުއްޓިގެން ދާކަށް ބޭނުމެއް ނުވާތީވެ، ވީ ވަރަކުން އެސޯސިއޭޝަންގެ ހަރަކާތްތައް އަލުން ފަށާފައިވާ ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، މި އަހަރުގެ ޖެނުއަރީ 31 ގައި ހދ. މަކުނުދޫގައި ހިކިފަސް ޕުރޯ 2026 ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު މި މަހު 19 ވަނަ ދުވަހު ގައި ރާސް ޗެންޕިއަންޝިޕް 2026 ގެ ލާމު އެޑިޝަން ގަން ކޯޒްވޭ މަގުކޮޅުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.  މިއީ، ލާމުގައި މޮޓޯސްޕޯޓްސް އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. 

މި މުބާރާތުގައި، 12 ކެޓަގަރީ އަށް ލާމު، މާލެ، އައްޑޫ، ކުޅުދުއްފުށި އަދި ފުވައްމުލަކުން 45 އެތުލީޓުން ބައިވެރިވިއިރު މިއީ، މާލެއިން ބޭރު ރަށެއްގައި މިހާ ބޮޑު ތަރުހީބަކާ އެކު ބޭއްވުނު ފުރަތަމަ މޮޓޯ ސްޕޯޓްސް އިވެންޓް ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ހުރިހާ ކުލަބަކުން ކާރާއި ސައިކަލު ލާމަށް ގެންގޮސް މި މުބާރާތުގައި ބައިވެރިވި ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.  

އެކި ކެޓަގަރީތަކުން ވަނަ ހޯދި ރޭސަރުންނަށް ބަލާއިރު، ރުކީސް 150 ސީސީ ބައިން އެކްސްޓްރީމް އަންލީޝްޑްގެ އަލީ ޖަޒްލާން ވަނީ އެއް ވަނަ ހޯދައިފަ އެވެ. ހޮންޑާ ވިނާ އެކްސް ބައިން ދޮން އިބްރާހިމް ރޭސިންގެ އަހުމަދު ލީވާން ރަޝީދު އެއް ވަނަ ހޯދިއިރު، ޓީއެސް65 ބައިން އަހުމަދު ޝާހީން ޝަހީދު އެއް ވަނަ ހޯދި އެވެ. ޕީޑީ125 ބައިން ޓީމްސެވަންގެ  އަހުމަދު އަމީޒް އަބްދުﷲ އެއް ވަނަ ހޯދިއިރު، ޕީޑީ160 ބައިން މަގްމާ ރޭސިންގެ އަހުމަދު ހަސަން ވަނީ އެއް ވަނަ ހޯދައިފަ އެވެ. އެސްޕީޑީ ބައިން ދޮން އިބްރާހިމް ރޭސިންގެ އިބްރާހިމް އަލީ އެއް ވަނަ ހޯދިއިރު، ސްޕޯޓްބައިކް 750 ސީސީ ބައިން އެއް ވަނަ ހީދީ އައްޑޫ ސްޓަންޓް ރައިޑާސްގެ މުހައްމަދު ޔައިޝް އެވެ. ސްޕޯޓްބައިކް 120 ސީސީ ބައިން އަދި އޯޕަން ބައިން އެއް ވަނަ ހޯދީ އެކްސްޓްރީމް އަންލީޝްޑްގެ އިބްރާހިމް އަނޫފް އެވެ. 

ކާރު 2000 ސީސީ ބައިން އަދި ކާރުގެ އޯޕަން ކެޓަގަރީން އެއް ވަނަ ޓީމު ރެޑްސަންސްގެ އަލީ ޝާފިއު ހޯދިއިރު، ކާރު 2001 ސީސީ ޓު 3500 ސީސީ ބައިން އެއް ވަނަ ހޯދީ އެކްސްޓްރީމް އަންލީޝްޑްގެ މުހައްމަދު ޝީމްރާހު މުފީދު އެވެ. 

ރޭސިން އެސޯސިއޭޝަނުން ފާހަގަ ކުރާ ގޮތުގައި އަތޮޅު ތެރޭ ކައުންސިލް ތަކުން ދޭ އެއްބާރުލުން ފުރިހަމަ ވުމަކީ އިވެންޓް ކާމިޔާބު ކަމާ އެކު ނިންމާލުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

"ކުޅިވަރެއް ގޮތުގައި ބަލައިގަނެ ރަށުގެ ކުދި ބޮޑު މީހުންނާއި ޒުވާނުންނަށް އެ ކުޅިވަރެއްގައި ކުރި އެރިޔަ ދިނުމަށް އެ ފުރުސަތު ރައްރަށުން މާ ފުރިހަމަ އަށް ދޭކަން ފާހަގަ ކުރިއެވެ. އެގޮތުން ހައްދުންމަތީ ގަމު ކައުންސިލުންވެސް އެ އެއްބާރުލުން ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ދެމުންނެވެ،" ރޭސިން އެސޯސިއޭޝަނުން ބުނެފައިވެ އެވެ. 

މި ފަހަރުގެ އިވެންޓް ބޭއްވުމަށް، އާރްޑީސީގެ މުހައްމަދު ޝަރީފް (ބާއްޗޭ) ގެ ފަރާތުން ލިބުނު އެހީތެރިކަމާއި ލ. ގަމުގެ ކައުންސިިލްގެ ސަޕޯޓް އަދި ގަމުގެ ރައްޔިތުން ތިން އެއްބާރުލުމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ލ. ގައި ކުރިއަށް ދިޔަ އިވެންޓަށް ފަހު، އަނެއްކާ ވެސް ރޭސިން އެސޯސިއޭޝަންގެ އިވެންޓްތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މީގެ ކުރިން، ރާސްގެ 3 އެޑިޝަން ބޭއްވި ކަމުގައި ވިޔަސް، މިހާރު އެކަން ކުރަން އެސޯސިއޭޝަނަށް ބަޖެޓުގެ ތާށިކަން ވަނީ ކުރިމަތިވެފަ އެވެ. ރޭސިން އެސޯސިއޭޝަނުން ބުނެފައިވަނީ، ކުރިން މާލޭގައި ގަވާއިދުން ބާއްވަމުން އަންނަ ތިން އިވެންޓް ނުބޭއްވޭތީވެ، ސްޕޮންސަރުން ހޯދުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. 

ރޭސިން އެސޯސިއޭޝަނުން ތުހުމަތު ކުރާ ގޮތުގައި، އެ އެސޯސިއޭޝަންގެ އިވެންޓްތައް ހުއްޓުވާފައި އޮތީ ރައީސް އޮފީހުން އަޅާފައިވާ ފިޔަވަޅެއްގެ ދަށުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox