ވ. ތިނަދޫގައި ދެ އަންހެނުން ކައިވެނިކުރި މައްސަލަ އިދާރާތަކަށް ހުށަހަޅައިފި

ދެ އަންހެނުން އެއްޖިންސުން ކައިވެނިކުރިކަމަށް ބުނާ ހަފުލާގެ ތެރެއިން -- ފޮޓޯ: ސްނެޕްޝޮޓް

ދެ އަންހެނުން އެއްޖިންސުން ކައިވެނިކުރިކަމަށް ބުނާ ހަފުލާގެ ތެރެއިން -- ފޮޓޯ: ސްނެޕްޝޮޓް

ވ. ތިނަދޫގައި ދެ އަންހެނުން އެއްޖިންސުން ކައިވެނިކުރި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް އެ ރަށު ކައުންސިލުން ހުށަހަޅައިފި އެވެ.

ތިނަދޫ ކައުންސިލުން އިއްޔެކުރި އާންމު އިއުލާނެއްގައި ބުނީ ދެ އަންހެނުން އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައިފައި ވަނީ އެ ރަށުގައި ރެޖިސްޓްރީކޮށްގެން ހިންގާ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި ކަމަށެވެ. ތިނަދޫ ކައުންސިލުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ވ. ތިނަދޫގައި ރެޖިސްޓްރީކޮށްގެން ހިންގާ، "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި ނޮވެމްބަރު 23، 2026 ވަނަ ދުވަހު އެއްޖިންސުން [ދެ އަންހެނުން] ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނިކޮށްދީފައި ވާތީ މި ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި، މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައިދިނުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މި ކައުންސިލުން ވާނީ ރަސްމީކޮށް ހުޅުވާލައިފަ،" ތިނަދޫ ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.

އެ ކައުންސިލުން ބުނީ އެއްޖިންސުން ކައިވެނި ކުރުމުގެ ހަފުލާއެއް ތިނަދޫގައި ކުރިއަށް ގެންދިޔުމަކީ އެ ރަށާމެދު ގޯސް ތަސައްވުރެއް އުފެދި ރަށުގެ އާންމު ރައްޔިތުންނަށް އަދި، ރަށުގައި ހިންގާ ވިޔަފާރިތަކަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

ގެސްޓްހަައުސްތަކުގެ ކުރިމަތިންނާއި އާންމު ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ދީފައި އޮންނަ އުސޫލުގައި ވެސް ބަޔާންކޮށްފައި އޮންނާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހުއްދަކުރާ ކަންކަންކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

"އިސްލާމް ދީނާއި އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފު ހަރަކާތްތައް ހިންގުމަކީ މި ކައުންސިލުން ތާއީދު ނުކުރާނެކަމެކެވެ. އަދި، އީކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި ނޮވެމްބަރު 23، 2026 ވަނަ ދުވަހު އެއްޖިންސުން [ދެ އަންހެނުން] ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާ މައްސަލައިގައި މި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް މި ކައުންސިލުން އަޅާނެ ވާހަކަ ދެންނެވީމެވެ،" ތިނަދޫ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ތިނަދޫގައި ދެ އަންހެނުން އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލައެއް މި މަހު 6، ގައި ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ. ނަމަވެސް، އޭގެ އެ ތަހުގީގުގެ އެއްވެސް އަދާހަމައެއް ފުލުހުން ފަހުން ހާމައެއް އަދި، ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox