ކޯޓުން ބޭރުގައި ހުރުމަތް ކެނޑުމުން ބޮޑު އަދަބު ކަނޑައެޅޭ މާއްދާއެއް ގާނޫނުގައި ހިމަނަނީ

ސުޕްރީމް ކޯޓު - ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު - ފޮޓޯ: އަދަދު

ކޯޓުން ބޭރުގައި ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ އަމަލުތަކެއް ހިމަނައި އެ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލު ސްޕޮންސާ ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި އޮތީ ކޯޓުތަކުގެ ގާނޫނުގައި އޮންނަ ކޯޓުގެ ހުރުމަތް ކެނޑުމަކީ ކޮބައިކަމާއި، އޭގެ އަދަބުތައް ބަޔާންކުރުމަށް އިތުރު ބާބެއް ގާނޫނުގައި ހިމެނުމަށް ހުށަހަޅާފަ އެވެ. 

ޝަރީއަތުގެ މަޖިލީހުގައި ކުރާ ކަމަކުންނާއި ކޯޓުގެ އިމާރާތުގައި ކުރާ ކަމަކުން ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވިދާނެ އަމަލުތަކެއް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. ކޯޓުން ބޭރުގައި ހިންގާ އަމަލުތަކަށް ކަނޑައަޅާފައިވަނީ ބޮޑު އަދަބުތަކެކެވެ. 

އެގޮތުން، ކޯޓުގެ ހުރުމަތް ކަނޑާ މީހަކު 100،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބިލުގައި ވަނީ ލިޔެފަ އެވެ. ކޯޓު ތެރޭގައި އެފަދަ އަމަލެއް ކުރާ މީހަކަށް ކަނޑައެޅޭނެ އަދަބެއް ގޮތުގައި އޮތީ 25،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި ހަތަކާއި 14 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކަނޑައިފި މީހެއްގެ މައްޗަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އަދަބު ކަނޑައަޅަން ޖެހޭއިރު ޝަރީއަތުން ބޭރުގައި އެފަދަ އަމަލެއް ކުރާ މީހަކަށް އަދަބު ކަނޑައެޅުމަށް ކޯޓުތަކަށް ވަނީ ހަ މަސްދުވަހުގެ މުއްދަތެއް ދީފަ އެވެ. 

ކޯޓުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް

  • ކޯޓުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ނުވަތަ އެންގުމަކަށް، އެނގިހުރެ، ގަސްދުގައި ނުކިޔަމަންތެރިވުން؛ ނުވަތަ
  • ވަކި މީހަކީ، ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގައި ހިމެނޭ ހަސްމެއް ނުވަތަ ހެކިބަސްދޭ ފަރާތެއް ނުވަތަ ހަބީރެއް ނުވަތަ ގާނޫނީ ވަކީލެއް ނުވަތަ ފަނޑިޔާރުއެއް ނުވަތަ ކޯޓުގެ މުވައްޒަފެއްކަން އެނގިހުރެ، އެ މީހަކަށް ބިރުދައްކައިގެން ނުވަތަ އެ ނޫންވެސް ގޮތަކުން، އެ މީހަކު ކޯޓަށް ވާސިލުވުމަށް ނުވަތަ ކޯޓަށް ހާޒިރުވުމަށް ނުވަތަ އެ މީހެއްގެ ވާޖިބު އަދާކުރުމަށް ގަސްދުގައި ހުރަސްއެޅުން ނުވަތަ ދަތިކުރުން،
  • ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ ޢިޝާރާތަކުންނުވަތަ ފެންނަގޮތަށް ކުރާ ހަރަކާތަކުން ނުވަތަ އެ ނޫންވެސްގޮތަކުން، ޢާންމު ތަނެއްގައި ނުވަތަ އާންމުންނަށް ފެންނަ ނުވަތައިވޭނެ ގޮތަކަށް އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުން

ގާނޫނުގައި މިފަދަ މާއްދާއެއް ހިމަނަން ހުށަހެޅިއިރު ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ގަވާއިދެއްގެ ދަށުން ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިޔަކަށް ޖަލު ހުކުމް ވެސް މި އަހަރު އިއްވި އެވެ. ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު އަމުރެއްގެ ހަބަރު ލިޔެގެން 10 ދުވަހަށް ލީވާން އަލީ ނާސިރު ޖަލަށްލިއިރު ސުވާލެއް ކޮށްގެން މުހައްމަދު ޝަހުޒާނަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox