ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

Oct 12, 2026, 10:38 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ނެގި "ބްރެކްސިޓް" ރިފަރެންޑަމަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ. އަދި މިފަދަ އަމަލުތަކެއް ފްރާންސާއި ޖަރުމަނުވިލާތުގައި ވެސް ހިނގަމުންދާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.

"ދަ ރެސްޓް އިޒް ޕޮލިޓިކްސް" ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ނަންބަރު 10 ޑައުނިންގް ސްޓްރީޓަށް ވަޑައިގެން، 2016 ވަނަ އަހަރުގެ ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވޭތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި އެކަމަށް ރަޝިއާއިން ނުފޫޒު ފޯރުވި ކަމުގެ ސާފު ޖަވާބު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާންހަމް އިތުރަށް ވިދާޅުވީ، ބޭރު ގައުމުތަކުން އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމަށް ބުރޫއަރުވަން މަސައްކަތް ކުރާ މިންވަރާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ދެވިފައި ނުވާ ކަމަށާއި، އެކަމުގައި ސަރުކާރުން އޮތީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައި ކަމަށެވެ.

ބްރެކްސިޓް ރިފަރެންޑަމްގެ ތެރޭގައި ރަޝިއާއިން ހިންގި ހަރަކާތްތަކުގެ ބާވަތާއި ނުވަތަ އެކަން ކުރި މިންވަރާ ބެހޭ އިތުރު ތަފްސީލެއް ބާންހަމް ހާމައެއް ނުކުރައްވަ އެވެ.

ބްރެކްސިޓަށް ތާއީދުކުރާ ކެމްޕޭން ގްރޫޕެއް ކަމަށްވާ "ބްރިޓަން އަންބައުންޑް" އިން ބުނީ، ބާންހަމްގެ މި ވާހަކަތަކަކީ 2016 ވަނަ އަހަރު އިނގިރޭސި ރައްޔިތުން ނިންމި ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ކުރި ވަރަށް ދަށު ދަރަޖައިގެ މަސައްކަތެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ އިންތިޚާބުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމާއަތުން ބުނި ނަމަވެސް، 2016 ވަނަ އަހަރުގެ ރިފަރެންޑަމްގެ ނަތީޖާއަށް ރަޝިއާގެ ނުފޫޒުން ބަދަލެއް އައި ކަމަށް ގަބޫލުކުރާނެ އެއްވެސް ހަރުދަނާ ސަބަބެއް ނެތް ކަމަށް އެ ގްރޫޕުން ބުންޏެވެ.

މީގެ އިތުރުން، ވޯޓުލީ މީހުންނަކީ އެހާ ފަސޭހައިން އޮޅުވާލެވޭނެ ބައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް ކުރެވޭ އިހާނެތި ކަމެއް ކަމަށް ވެސް އެ ޖަމާއަތުން ފާހަގަކުރި އެވެ.

އަންގާރަ ދުވަހު އާންމުކުރުމަށް ހަމަޖެހިފައިވާ މި އިންޓަވިއުގައި ބާންހަމް ވިދާޅުވީ، މިދިޔަ ހަފުތާގައި އޭނާ ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޗާންސެލަރު ފްރީޑްރިކް މާޒްއާ އެކު ރަޝިއާގެ ނުފޫޒުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މިއީ 2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އިނގިރޭސި ބޮޑުވަޒީރަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އިނގިރޭސި ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވުމަށް ކްރެމްލިންއިން މަސައްކަތް ކުރާ ކަމުގެ އިންޒާރުތައް ދަނީ މީގެ ކުރިން ވެސް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox