ރަސްމާލެ ވިއްކާލައިފިނަމަ ގައުމީ ހަރަކާތާ ގުޅޭނެ ކަމަށް ބޯހިޔާވަހިކަމުގެ ޔޫނިއަންތަކުން ބުނެފި

ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަނުން މިއަދު ބޭއްވި ބައްދަލުވުން

ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަނުން މިއަދު ބޭއްވި ބައްދަލުވުން

ކުރީ ސަރުކާރުން 2 ލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުމަށްފަހު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ހުރިހާ ޑޮލަރެއް ރަސްމާލެ ބިން ހިއްކުމަށް ހޭދަކުރުމަށްފަހު އެ ތަނުގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ އެކަމާ ދެކޮޅަށް ހިންގަމުންދާ ގައުމީ ހަރަކާތާ ގުޅޭނެ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކުން ބުނެފި އެވެ.

ހުޅުމާލެ ފޭސް-3 ޔޫނިއަން، ފަހި ޔޫނިއަން ، އުތުރުތިލަފަޅު ޔޫނިއަން،  ގިރާވަރުފަޅު ޔޫނިއަން، އަދި ގުޅީފަޅު ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ, ރަސްމާލެއަށް ދައުލަތުގެ ހުރިހާ ޑޮލަރެއް ހޭދަކުރުމުގެ ސަބަބުން، ޑޮލަރުން ހަރަދުކޮށްގެން ރައްޔިތުންނަށް ދެމުންދިޔަ އަސާސީ ހިދުމަތްތައް ހުއްޓާލަން ސަރުކާރަށް ވަނީ މަޖުބޫރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން 58 ހާހަށްވުރެ ގިނަ އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ރަސްމާލޭގެ ބިމުން ބޮޑު ބައެއް، ބޭރު މީހުން ވަޒަންވެރިކުރުވުމަށް ޔޫއޭއީގެ އީގަލް ހިލްސްއަށް ހިލޭ ދޫކޮށްލަން ނިންމާފައިވާތީ އެ ޔޫނިއަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކުރިން ދެންނެވުނު ގޮތަށް ބޭރުމީހުން ރަސްމާލޭގައި ވަޒަންވެރި ނުކުރުމަށް ސަރުކާރަށް މި ޖަމިއްޔާތަކުން ގޮވާލަން އަދި ރަސްމާލޭގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މަގުފަހި ކުރުވާ އެއްވެސް ގާނޫނެއް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ގޮވާލަން،"

މިއަދު ބޭއްވި ބައްދަލުވުމައި, އެ ޔޫނިއަން އިން ވަނީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ދިނުމަށް ހިއްކާފައި އޮތް ހަމައެކަނި ބިން ކަމަށްވާ ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކުރުވަން ސަރުކާރުން ނިންމައިފިނަމަ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ހަރަކާތާއި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި, އަދި މި ނިންމުމާ ދެކޮޅަށް އެންމެހާ ރައްޔިތުން ތެދުވުމަށްވެސް ގޮވާލާފައިވެ އެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދިފައި ނުވާކަން މިކަން ކުރި ގޮތުން ހާމަވާ ކަމަށް އެ ޔޫނިއަންތަކުން ބުންޏެވެ.

"ޑޮލަރުގެ އަގު އުފުލި ކާބޯތަކެތީގެ އަގުބޮޑުވެ ބޭސްފަރުވާ ކުރުމަށް ދަތިވެ، އަދި އާސަންދައިގެ ހިދުމަތް ދެމުންދިޔަ ބޭރުގެ ހޮސްޕިޓަލްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދެއްކި އެ ހޮސްޕިޓަލްތަކުން ދިވެހި ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތްތައް މެދުކަނޑާލަން ޖެހުނު ސަބަބަކަށް ވެސް މިކަން ވެގެންގޮސްފައިވޭ،"

މި މަޝްރޫއުގެ ސަބަބުން ޑޮލަރުގެ އަގު އަތްނުފޯރާފަށަށް ގޮސް، ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ދަރިވަރުންނާއި ވިޔަފާރިވެރިންގެ އިތުރުން އެންމެހާ ރައްޔިތުން ދަރަނިވެރިވަމުންދާކަން އެ ޔޫނިއަންއިން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox