ގެދޮރުވެރިޔާ ފްލެޓް ލިބުނު 450 މީހުންގެ އަތުން ފްލެޓް އަތުލައިފި
މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބުނު 450 މީހެއްގެ ޝަރުތު ހަމަނުވާތީ އެ މީހުންގެ އަތުން ފްލެޓް އަތުލައި، ހައްގުވެރި ފަރާތްތަކާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.