ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން މާދަމާރޭ ހުޅުމާލޭގައި ބޮޑު ޖަލްސާއެއް ބާއްވަނީ

އއ. ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާއަށްފަހު ހަވާއެރުވުން: ހަވާ އެރުވިއިރު މުޅި އިންތިހާބުން ޕީއެންސީ ވަނީ ބަލިވެފައި -- ފޮޓޯ: ޕީއެންސީ

އއ. ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާއަށްފަހު ހަވާއެރުވުން: ހަވާ އެރުވިއިރު މުޅި އިންތިހާބުން ޕީއެންސީ ވަނީ ބަލިވެފައި -- ފޮޓޯ: ޕީއެންސީ

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މާދަމާރޭ ހުޅުމާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރުމަށް މާދަމަރޭ 8:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި ދަނީ ޕޯސްޓުކުރަމުންނެވެ.

ނަމަވެސް، އެ ޖަލްސާ ބާއްވަނީ ވެރިކަންކުރާ ޕީއެންސީން ކަމެއް ނުވަތަ ސަރުކާރުން ކަމެއް ނޭނގެ އެވެ. އެ ޖަލްސާއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

މި ސަރުކާރު އައިފަހުން، ވެރިކަމަށް އަހަރު ފުރުމުގެ ޖަލްސާތައް ކޮންމެ އަހަރަކު ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. ވެރިކަމަށް އަހަރުފުރުން ފާހަގަކުރަން ބާއްވާ ޖަލްސާތަކަށް ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގެންދާ މައްސަލަ ވެސް ފެންމަތިވެ އެވެ.

ރާއްޖޭގެ ވެރިކަމަށް އިންތިހާބުވާ ބޭފުޅުން ހުވާކުރައްވާ ދުވަހަކީ ޒަމާނުއްސުރެ ނޮވެމްބަރު 11، ގަ އެވެ. ނަމަވެސް، 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޭރުގެ ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު އެ ދުވަސް ވަނީ ނޮވެމްބަރު 17، އަށް ފަސްވެފަ އެވެ.

ވެރިކަމުގެ ހުވާކުރައްވާ ތާރީހު އަލުން ނޮވެމްބަރު 11، އަށް ބަދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްފަހު، ރައްޔިތުން އެކަން ބޭނުންވާ ނަމަ، ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox