ޕީއެންސީގެ އިހުތިރާމު ދެމިއޮންނަނީ ފަސް އަހަރަށް، މިހާރުގެ މެންބަރުން މުއިއްޒުއަށް ގޮވާ ހުތުރު އެއްޗެހި ދިވެހީން އަޑުއަހާނެ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީ ފިކުރުގެ އިހުތިރާމުގެ ސުންނަތް ދެމިއޮންނަނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށާއި ރައީސް މުހައްމަދު މުއިއްޒުއަށް މިހާރު ތާއީދުކުރައްވާ ބޭފުޅުން މާދަމާ އެމަނިކުފާނަށް ހުތުރު އެއްޗެހި ގޮވާ އަޑު ދިވެހީން އަހާނެކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ އަބުރުގެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ ޕީއެންސީގެ އިހުތިރާމު ދެމިއޮންނަނީ ބާރު ދެމި އޮތްހާ ދުވަހަކު ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ އާ މުހާތަބުކުރައްވައި ޒިޔާދު ވިދާޅުވީ އެ ބޭފުޅުންނަކީ ކުރިން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްއަށް ވަފާތެރި ބޭފުޅުން ކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ ބާރު ގެއްލުމާއެކު ކުރީގެ ރައީސް ޔާމީނަށް ތާއީދު އެނބުރުކަމަށް ޒިޔާދު ވިދާޅުވި އެވެ.

"ތި ބޭފުޅުންގެ ފިކުރުގައި އެ އޮންނަ އިހުތިރާމު އަޅުގަނޑު ވެސް ބޭނުމެއް ނޫން. އެއީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް، ފަސް އަހަރަށްވުރެ ދިގެއް ނުވޭ... ރައީސް މައުމޫންއަށް އޮތް އިހުތިރާމު ގެއްލިގެންދިޔަ ރައީސް ޔާމީނަށް ބާރުލިބުމުން، ރައީސް ޔާމީން ނިކަމެތިވި ދުވަހު މިއަދު ރައީސް ޔާމީންއަށް އޮތް އިތުބާރު ގެއްލި މިއަދު މުއިއްޒުގެ އިތުބާރު އެހުރީ،" ޒިޔާދު ވިދާޅުވި އެވެ.

"މި މަޖިލީހުގެ މެންބަރުން ރައީސް މުއިއްޒުއާ މުހާތަބުކޮށް މި ތިއްބެވި ޕީއެންސީ ބޭފުޅުން ދައްކާނެ ވާހަކަ، ދައްކާ ހުތުރު ވާހަކަ ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ އިއްޒަތްތެރި ރައީސް."

މިއަދުގެ ބަހުސްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ އަބުރުގެ ގާނޫނެއް ފާސްކުރަނީ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ހުއްޓުވަން ކަމަށެވެ. އަދި، އޭގެ މިސާލުތައް ރައްޔިތުންްގެ މަޖިލީހުގެ ތެރެއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވޯޓުދެއްވި ގޮތަކުން އޭނާއާމެދު ޕީއެންސީގެ ލީޑަޝިޕުން އަމަލުކުރި ގޮތާއި މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު އަމަލުކުރެއްވި ގޮތަކުން، އޭނާގެ އާއިލާއާމެދު ސަރުކާރުން ކަން ކުރި ގޮތް ޒިޔާދު ފާހަގަކުރެއްވި އެވެ.

ސޯޝަލްމީޑިއާގައި ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭ، އަދަބު 500،000ރ. އާ ހަމައަށް!

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ޝެއާކުރާ މީހުންގެ މައްޗަށް ވެސް ދައުވާކޮށް، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އަބުރު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގައިވާ ގޮތުން، ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ފެތުރުމުގެ އިތުރުން، އިޝާރާތަކުން ނުވަތަ ކުރެހުމަކުން މީހަކަށް ނިސްބަތްކޮށް އަބުރާ ބެހުނު ކަމަށް ސާބިތުވިޔަސް ބަދަލު ނަގައިދެވޭނެއެވެ.

އޭގެ އިތުރުން، މަޖިލީހުގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި، އަހުމަދު ނާޒިމް އެކަހެރިކޮށްފައި ހުރީ ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ވާހަކަދެއްކެވުމުން ކަމަށް ޒިޔާދު ތުހުމަތު ކުރެއްވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގައި ވަނީ ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.

އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.

އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.

އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ވާގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.

އެ ބިލުގައި ވަނީ، އަބުރުގެ ދައުވާ ނުއުފުލޭނެ ފަރާތްތަކާއި ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކާ ވާހަކައަކާ ގުޅިގެން އަބުރުގެ ދައުވާއެއް ނުއުފުލޭނެ އެވެ. އަދި، އެފަދަ ކަމެއްގެ ހަބަރެއް އުފުލާ މީހާގެ މައްޗަށް ވެސް އަބުރުގެ ދައުވާ ނުއުފުލޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox