މުއްތަލިބު މަޖިލީހަށް ގެންދިޔަ ކަޅު ދަބަހަކީ އާރަށުގައި ކުޅެން ހުންނަވާފައި ބޫޓާއެކު ގެނައި ދަބަހެއް: މުހައްމަދު އިސްމާއިލް

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު އިސްމާއިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު އިސްމާއިލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޭގެ ލަސް ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ދަބަހަކީ އާރަށުގައި ކުޅެން ހުންނަވައިފައި، ކުޅެން ބޭނުންކުރެއްވި ބޫޓާއެކު ގެންނެވި ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ މިނިސްޓަރު މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހުގައި ޑޮލަރު ހުރިކަމަށް ދޭހަވާ މޭރުމުން ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ރޭގައި ހައުސިން މިނިސްޓަރު މިތަނަށް ކަޅު ދަބަހެއް ހިފައިގެން އައި ވާހަކަ އަޑުގަދަކޮށް ދައްކަވާއިރުގައި އެމަނިކުފާނު އާރަށުގައި ކުޅެން ހުރެފައި ބޫޓާއެކު ގެނައި ދަބަހެއް ދަބަހަކީ، އާރަށުގައި އައިގޮތަށް މިތަނަށް އައީ އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އައީ. ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ މިތަނުގައި ދައްކަވާއިރު މަނިކުފާނު [މަޖިލީހުގެ ރިޔާސަތުން] އެ ވާހަކަތައް ހުއްޓުވަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ޕީއެންސީ މެންބަރުންނާ ބައްދަލުކުރަން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ބޮޑު "ކަޅު ދަބަހެއް" ހިފައިގެން

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ސިއްރު ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ދަބަހާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވި. މި ބައްދަލުވުމަކީ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް.

މުހައްމަދު އިސްމާއިލް އެހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކަޅު ދަބަހެއް ހިފައިގެން މުއްތަލިބު މަޖިލީހަށް ވަދެވަޑައިގެންނެވީ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ އަނގައިގައި ތަޅު އެޅުވުމަށް ކަމަށް ތުހުމަތު ކުރައްވައި ވާހަކަދެއްކެވުމުންނެވެ.

"އަޅުގަނޑު މި ހަދަނީ ތެދު، އަޅުގަނޑު މި ހަދަނީ ތެދު، ދިވެހިރާއްޖެއަށް ޑޮލަރު ވަދެއްޖެ، މި ރައްޔިތުންގެ މަޖިލީހަށް ޑޮލަރު ވަދެއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް މި ރައްޔިތުންގެ މަޖިލިސް ޑޮލަރުން ތިޔާގިވެއްޖެ، މި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ، ދިވެހިންގެ ބިން ވިއްކާލަން ތައްޔާރުވެއްޖެ،" މީކާއިލް ވިދާޅުވި އެވެެ.

މަޖިލީހުގެ ތަޅުމުގައި ބަހުސް ހޫނުވެފައިވާއިރު، ރޭގެ ލަސް ވަގުތެއްގައި މިނިސްޓަރު މުއްތަލިބު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އަދި، ރާއްޖޭގެ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވަނީ މަޖިލީހަށް ވަޑައިގެން ޕީއެންސީގެ ބައެއް މެންބަރުންނާ ވާހަކަދައްކަވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު މުއްތަލިބު އާއި އުޝާމް މަޖިލީހުން ނުކުމެވަޑައިގެންނެވިއިރު، އެ ތަނުގައި އަދަދު ނޫހުގެ ނޫސްވެރިން ހަރަކާތްތެރިވަމުންދިޔަ އެވެ. މަޖިލީހުން މުއްތަލިބު ނުކުމެވަޑައިގެންނެވީ ބޮޑު ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެންނެވެ. 

އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ އާއި މަޖިލީހަށް ވަޑައިގެންނެވީ ކޮން ބޭނުމެއްގައިތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މުއްތަލިބު ޖަވާބެއް ނުދެއްވި އެވެ.

މުއްތަލިބު މަޖިލީހަށް ކަޅު ދަބަހެއް ހިފައިގެން ވަޑައިގެންނެވި ވާހަކަ ތަކުރާރު ކުރެއްވުމާއެކު، ވާހަކަދެއްކުމުގެ ވާހަކަށް ހުރަސްއަޅުއްވައި ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވައިފަ އެވެ.

މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހަކީ ކުޅެން ގެންގުޅުއްވި ބޫޓަކާއެކު ގެންދެވި ދަބަހެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއިރު، އޭނާއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ނައިބުރައީސް، އަހުމަދު އަދީބު މަޖިލިސް މެންބަރުންނަށް ބެއްސެވިކަމަށް ބުނާ ފައިސާ ހިފައިގެން މެންބަރުންގެ ގާތަށް ވަޑައިގެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގައި 2016 ވަނަ އަހަރު އިއުތިރާފުވެވަޑައިގެންފަ އެވެ.

އޭރު ވެސް މުހައްމަދު އިސްމާއިލް އެ ވާހަކަތައް ދެއްކެވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާ ގުޅޭގޮތުން އެމްޑީޕީގެ މެންބަރުން ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވުމަށް ނެންގެވި ނިޒާމީ ނުކުތާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox