ޕީއެންސީ މެންބަރުންނާ ބައްދަލުކުރަން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ބޮޑު "ކަޅު ދަބަހެއް" ހިފައިގެން

ހައުސިން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީވެސް އަދި ނުކުމެވަޑައިގަތީވެސް "ކަޅު ދަބަހެއް" ހިފައިގެން

ހައުސިން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީވެސް އަދި ނުކުމެވަޑައިގަތީވެސް "ކަޅު ދަބަހެއް" ހިފައިގެން

ރަސްމާލެ ވިއްކާލާ ބިލު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިފައިގެން ގޮސް ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ. 

 ބޮޑު ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެން މުއްތަލިބު މަޖިލީހުން ނުކުމެވަޑައިގެންނެވީ އަދަދު ނޫހުގެ ނޫސްވެރިންގެ ކުރިމައްޗަށެވެ. ނަމަވެސް، ދަބަހުގައި ހުރި އެއްޗަކާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ސުވާލަކަށް މުއްތަލިބު ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ. 

އަދަދު ގެ ނޫސްވެރިންގެ ސުވާލުތަކަށް މުއްތަލިބު ފިއްލެވީ ފޯނު ކަންފަތުގައި ޖައްސަވައިގެން ހުންނަވަ އެވެ. އެކަމަކު އޭނާ ހުންނެވީ ފޯނެއްގައި ނޫންކަން މި ނޫހުގެ ނޫސްވެރިންނަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. 

Advertisement

މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުން ޕީއެންސީގެ އޮފީހަކަށް ގެންދިޔަ ކަޅު ދަބަހެއްގައި އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ފައިސާ ބަހާފައިވެ އެވެ. އެކަމާ ގުޅޭގޮތުން އަދަދު ނޫހުން މީގެ ކުރިން ވާނީ "ބައިލައްކަ" ނަމުގައި ޑޮކިއުމަންޓްރީއެއްވެސް ގެނެސްދީފަ އެވެ. 

މި ނޫހަށް އެނގިފައިވާ ގޮތުގައި މުއިއްޒު ދަނީ ކޮންމެ މަހެއްގައި ޕީއެންސީގެ މަޖިލިސް މެންބަރުންނަށް 50،000ރ. ދެއްވަމުންނެވެ. ބައެއް މަސްމަހުގައި އެއަށްވުރެ ގިނައިންވެސް ފައިސާ ދެއްވާފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. 

ކަޅު ދަބަހެއް ހިފައިގެން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއެކުގަ އެވެ. މަޖިލިސް މެންބަރުންނާއެކު ސިއްރުން މިރޭ ބެއްވި އެ ބައްދަލުވުމުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ބައްދަލުވުމާ ގުޅޭގޮތުން ނައިބުރައީސާއި އަބްދުއްރަހީމާއި ސައީދުއާ އަދަދު އިން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އޭޖީ އުޝާމް ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލީހަށް ސަރުކާރުން ހުށަހެޅި ހަތަރު ބިލާ ގުޅޭގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. 

އުޝާމް އެހެން ވިދާޅުވި ނަމަވެސް، ރަސްމާލެ ވިއްކާލުމުގެ ބިލުގެ އިތުރުން މަޖިލީހަށް ސަރުކާރުން ހުށަހަޅައިފައިވާ އަބުރުގެ ބިލާއި އިމިގްރޭޝަން ބިލް އަދި، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު އަދި މަޖިލީހަށް ބަލައެއް ނުގަނެ އެވެ. މަޖިލީހަށް ފޮނުވާ ބިލަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުން ހިޔާލާއި މަޝްވަރާ މަޖިލީހުން ހޯދަނީ ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ކޮމިޓީތަކުންނެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، ތާއަބަދަށް ކުލީގެ އެއްބަސްވުން އާކުރެވޭ ގޮތަށް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލުގެ އިބްތިދާއީ ބަހުސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ. ބިލު ކޮމިޓީއަށް ފޮނުވާނީ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމުމަށްފަހު، އެ ބިލުތައް ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްފަހު އެވެ.

ރަސްމާލެ ވިއްކާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު، އަހުމަދު އައިފާން ހުށަހަޅުއްވާފައިވާ ރިއަލް އެސްޓޭޓް ބިލުގެ އިތުރުން، މާދަމާގެ އެޖެންޑާގައި ހިމަނައިފައި ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލުގެ ބަހުސް އެވެ.

އޭގެ އިތުރުން، މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަރުކާރު އިސްވެރިން ޕީއެންސީ މެންބަރުންނާ ބައްދަލުކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލެއްގެ ބަހުސް މަޖިލީހުގައި ތާވަލުކޮށްފައި ވަނިކޮށް، ސަރުކާރުގެ އިސްވެރިން ޕީއެންސީގެ މެންބަރުންނާ ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައި. އޭޖީ ވިދާޅުވީ މި ބައްދަލުވުމަކީ އެ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންކަން ސާފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއް.

ފޮރިން އިންވެސްޓްމަންޓުން އިސްތިގުލާލަށް އަސަރު ނުކުރާނެ: ނަޝީދު

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކުރުމާ ގުޅޭގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އަސަރުނުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރުގަދަވާނެ ކަމަށް.

ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން އިދާރީ ސަބަބަކާ ހުރެ މިއަދު ވަނީ ކެންސަލްވެފައި. ޝާހިދު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު.

ރަސްމާލެ ވިއްކާލާ ބިލުގެ ބަހުސް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް 99 އަހަރަށް ބިން ވިއްކޭ ގޮތަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، ސަރުކާރުގެ ހަތަރު ބިލެއްގެ ބަހުސް މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ. މީގެ އިތުރުން މަރުގެ އަދަބު ތަންފީޒުކުރުމާއި، އަބުރު ރައްކާތެރިކުރުމާއި، އިމިގްރޭޝަން ބިލުގެ ބަހުސް ވެސް މާދަމާ ކުރިއަށްދާނެއެވެ.

ރަސްމާލެއާ ދެކޮޅު ބޮޑު އެއްވުން ޑިސެމްބަރު ހަތަރެއްގައި ބާއްވަނީ

މި ހަރަކާތުން ވަނީ ރިއަލް އެސްޓޭޓް ބިލަށް ވޯޓު ނުދިނުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައި، ސަރުކާރުން މި މަޝްރޫއު ހުއްޓާނުލައިފިނަމަ އަންނަ މަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމުގެ އިންޒާރު ދީފައެވެ.

އަނިޔާ ދިން މައްސަލައިގައި ދައުލަތުން އެދުނީ ޖޫރިމަނާގެ އަދަބަށް

މާލޭގެ ގަރާޖެއްގައި ދެ މީހަކު ހިފަހައްޓައި ލާއިންސާނީ އަނިޔާދިން މައްސަލައިގައި ދައުވާލިބޭ އިބްރާހިމް ޝަރަފް ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އައި 19 މަހުގެ ޖަލު ހުކުމް 116,700 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައި. މި ޖޫރިމަނާ އެއް އަހަރު ތެރޭ ދައްކަންޖެހޭއިރު، މި މައްސަލައިގައި ދެން ހިމެނޭ ދެ މީހުންގެ ޝަރީއަތް ކުރިއަށްދަނީ ވަކިން.

ރަސްމާލެ ވިއްކާލުމާ ޝަހީމް ދެކޮޅު!

ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމާ އިސްލާމިކް މިނިސްޓަރު ޝަހީމް ދެކޮޅު ހައްދަވާފައިވާތީ، އޭނާ ސަރުކާރުން ވަކިވެދާނެކަމުގެ ބިރު އޮތްކަމަށް މަސްދަރުތަކުން ބުނެފިއެވެ. މިކަމުގެ ސަބަބުން ދީނީ އިލްމުވެރިންގެ ތާއީދު ގެއްލިދާނެތީ، ސަރުކާރުން މިހާރު ދަނީ އަދާލަތު ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox