ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ހުރީ ހަތް ބިލިއަންގައި، އެއީ ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަބު: ނިޔާޒީ

ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލް، ހުސެއިން ނިޔާޒީ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލް، ހުސެއިން ނިޔާޒީ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ އެއް ސަބަބަކީ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދައްކައި ގިނަދުވަސްވުން ކަމަށް އޮޑިޓާ ޖެނެރަލް، ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ މިހާރު ވެސް ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބެންޖެހި، ނުލިބި ހުރި އަދަދު 22 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ހަމަ އެއާއެކު، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން އެކި ވިޔަފާރިތަކަށް ދޭންޖެހި، ނުދީ ހުރި ފައިސާގެ އަދަދު ހަތް ބިލިއަނަށް އަރާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޓެކްސް ކޮމްޕަލަޔަންސް ދަށްވުމުގެ އެއްކަމެއްގެ ގޮތުގައި މީރާއިން ވެސް ފާހަގަކުރައްވައިފައި އޮތީ ޕްރައިވެޓް ސެކްޓާއަށް ދައުލަތުން ދޭންޖެހިފައި ހުރި ބިލްތައް ގިނަދުވަސްވެ ނުދެއްކުމުގެ ސަބަބުން އެ ދިމާވާ ދަތިތައް،" ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ އެހައި ބޮޑު އަދަދެއްގެ ބިލުތައް ވިޔަފާރިތަކަށް ދައްކަން އޮތްއިރު، އޭގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އެ ފައިސާ ދައްކަން ހިމަނައިފައި ނުވާ ކަމަށެވެ.

ބަޖެޓު ދިރާސާކުރާއިރު، އެ ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލްއެއް ފިނޭންސް މިނިސްޓްރީން ހޯދުމަށް މެންބަރުންގެ އަރިހުން ނިޔާޒީ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ސާފުކުރިން ފިނޭންސް މިނިސްޓްރީގައި އަންނަ އަހަރުގެ ބަޖެޓުގައި ނުދެއްކި ހުރި ބިލުތައް ދައްކަން ވަކިން ބަޖެޓު ކުރެވިފައި ވާނެތޯ، އެ ބޭފުޅުން ވިދާޅުވި އެ ބައެއް ނެތޭ ހިމަނައިފައެއް،" ނިޔާޒީ ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަންޏެއް އޮތް ނަމަ އެ ފައިސާ އަޅައިކެނޑުމަށްފަހު ޓެކްސް ދެއްކޭގޮތަށް މި މަހު ކުރީކޮޅު ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެކަމަށްޓަކައި އެދި ހުށަހަޅަން ޖެހެނީ މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ ފައިސާއެއްވާ ނަމަ އެ ފައިސާ އަޅައިކެނޑުމަށްފަހު ޓެކްސް ދެއްކިދާނެ އެވެ. ޓެކްސް އާއި މީރާއަށް ދައްކަންޖެހޭ އެ ނޫން ޖޫރިމަނާ ފަދަ ފައިސާ ވެސް އުސޫލުގެ ދަށުން ކެނޑޭނެ އެވެ.

އެކަމަކު އުސޫލުގައިވާ ގޮތުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވޭނީ އަމިއްލަ ވިޔަފާރިއަށް ނުލިބިވާ ފައިސާ ސަރުކާރުގެ އިދާރާއިން ނުވަތަ ކުންފުނިން މީރާއަށް ޖަމާކޮށްދިނުމުންނެވެ.

އެހެންކަމުން، ޓެކްސް އަޅައިކެނޑުމަށް ވިޔަފާރިވެރިން ހުށަހެޅި ނަމަވެސް އެކަން ޕްރޮސެސް ވާނީ ވިޔަފާރިވެރިޔާއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ސަރުކާރުން މީރާއަށް ޖަމާކޮށްދިން އިރަކުންނެވެ.

ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި ހަލާސް ކުރުމަކީ މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެ ފައިސާތައް ދައްކައި ހަލާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މުއިއްޒު ހަ ތާރީހެއް ދެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ ފައިސާ ދައްކާ ހަލާސްކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox