ކުރިން ނުވި ނަމަވެސް، ބޭސް އަގުހެޔޮކޮށްގެން ހަރަދު ކުޑަކުރަން ބަޖެޓުގައި އަމާޒު ހިފައިފި

އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ހުންނަ މަގެއް: މި އަހަރާއި މިދިޔަ އަހަރު ވެސް ގަނޑުކޮށްގެން ބޭސް ގަނެގެން ހަރަދު ކުޑަކުރާނެ ކަމަށް ބުނި --- އަދަދު ފައިލް ފޮޓޯ

އާސަންދަ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ހުންނަ މަގެއް: މި އަހަރާއި މިދިޔަ އަހަރު ވެސް ގަނޑުކޮށްގެން ބޭސް ގަނެގެން ހަރަދު ކުޑަކުރާނެ ކަމަށް ބުނި --- އަދަދު ފައިލް ފޮޓޯ

ފާއިތުވި ދެ އަހަރު ވެސް ދައުލަތުން ބޭސްފަރުވާއަށް ކުރި ހަރަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، ގަނޑުކޮށް ބޭސް ގަނެގެން ހަރަދު ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށް، އަންނަ އަހަރު މެޑިކަލް ވެލްފެއާގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭ އަދަދު 419.5 މިލިއަން ރުފިޔާ މަދުކުރެވޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ހިމަނައިފި އެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ނިމޭއިރު މެޑިކަލް ވެލްފެއާއަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި މި ބަޔަށް ކަނޑައަޅާފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ހަރަދާ އަޅާބަލާއިރު 15 ޕަސެންޓުގެ ދަށްވުމެކެވެ.

ސަރުކާރުގެ ބަޖެޓު ފޮތުގައިވާ ގޮތުން، ކުރިން އެންސްޕާއިން ދެމުން އައި ބޭހުގެ އެހީ މި އަހަރުގެ ތެރޭގައި ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު މި އަހަރު އާސަންދައިގެ ހަރަދު އިތުރުވި ނަމަވެސް، ގަނޑުކޮށް ބޭސް ގަތުމުގެ ސިޔާސަތުގެ ދަށުން ބޭސްފަރުވާގެ އެހީއަށް ކުރާ ހަރަދު 14.6 ޕަސެންޓު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މީގެ އިތުރުން ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމުގެ ނިޒާމު ހަރުދަނާކޮށް، ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އެއް މަރުކަޒަކުން ގަންނަން ފެށުމުން ބޭހުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓު ބަޔާނުގައިވެ އެވެ. ނަމަވެސް ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާގެ އަސްލު ހަރަދު ވަނީ ލަފާކުރި އަދަދަށް ވުރެ އިތުރުވެފަ އެވެ.

އެ ގޮތުން މިދިޔަ އަހަރު ނިމެން އުޅެނިކޮށް ސަރުކާރުން ވަނީ ބަޖެޓު ރިވައިޒްކޮށް، ހަރަދު ވާނީ 2.1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަހަރު ނިމުނުއިރު އަސްލު ހަރަދު ވަނީ 2.6 ބިލިއަން ރުފިޔާއަށް އަރައި، 522 މިލިއަން ރުފިޔާ (24.9 ޕަސެންޓު) އިތުރުވެފަ އެވެ.

މި އަހަރު މަޖިލީހުން ދެ ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް، އަހަރު ނިމޭއިރު ހަރަދު 2.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ފާސްކުރި ބަޖެޓަށް ވުރެ 755.3 މިލިއަން ރުފިޔާ ނުވަތަ 36.9 ޕަސެންޓުގެ ބޮޑުވުމެކެވެ.

އެހެންކަމުން އަންނަ އަހަރަށް ލަފާކުރި 2.4 ބިލިއަން ރުފިޔާއަކީ މި އަހަރު އަސްލު ހިނގާ ހަރަދަށް ވުރެ ކުޑަ އަދަދެއް ނަމަވެސް، މަޖިލީހުން މި އަހަރަށް ކުރިން ފާސްކުރި ބަޖެޓަށް ވުރެ 335.8 މިލިއަން ރުފިޔާ (16.4 ޕަސެންޓު) އިތުރު އަދަދެކެވެ.

ހަރަދު ކުޑަކުރުމުގެ މިފަދަ ފިޔަވަޅުތަކެއް ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް އިއުލާނުކޮށްފައިވެ އެވެ. އެ އަހަރު ބޭސް ގަނޑުކޮށް ގަތުން ފުޅާކުރުމާއި، އާސަންދައިގެ އަގުތައް މުރާޖާކުރުމާއި، ކޯ-ޕޭމަންޓް އުސޫލު ތައާރަފުކޮށް، އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކުން ކުރީބައިގައި ފައިސާ ދައްކާ ގޮތް ހަމަޖައްސައިގެން 727.9 މިލިއަން ރުފިޔާ ސަލާމަތްކުރަން ރޭވި އެވެ.

އެ ގޮތުން، ހަރަދު ކުޑަނުކޮށް ހިނގާނެ ކަމަށް ލަފާކުރި އަދަދުން އާސަންދައިން 524.6 މިލިއަން ރުފިޔާ އަދި މެޑިކަލް ވެލްފެއާއިން 203.3 މިލިއަން ރުފިޔާ އުނިކުރި ނަމަވެސް، އެ ފިޔަވަޅުތަކާ އެކު ވެސް ވޭތުވެދިޔަ ދެ އަހަރުގެ ހަރަދު ދިޔައީ އަންދާޒާއަށް ވުރެ މައްޗަށެވެ.

ސަރުކާރުގެ މެދު ރާސްތާގެ މާލީ އަންދާޒާތައް ދައްކާ ގޮތުގައި، 2028 ވަނަ އަހަރު މެޑިކަލް ވެލްފެއާއަށް 2.5 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި އަދަދުތައް އަންނަ އަހަރަށް ވުރެ މަތި ނަމަވެސް، މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ޖުމްލަ ހަރަދާ އަޅާބަލާއިރު އަދިވެސް ދަށެވެ.

މުޅި އެންސްޕާގެ ބަޖެޓަށް ބަލާއިރު، އެ އިދާރާގެ ޖުމްލަ ހަރަދު ވަނީ 4.1 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް (9.2 ޕަސެންޓު) ކުޑަކޮށްފަ އެވެ. މީގެ ތެރެއިން އިޖުތިމާއީ އެހީގެ ގޮތުގައި އަންނަ އަހަރަށް ހިމަނާފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox