އަންނަ އަހަރުގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް: އޭނާ ވަނީ ސަރުކާރުގެ ބަޖެޓު އެކުލަވައިލުމުގެ ސިޔާސަތަށާއި ފާއިތުވި ތިން އަހަރުގެ ދައުލަތުގެ ހަރަދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް: އޭނާ ވަނީ ސަރުކާރުގެ ބަޖެޓު އެކުލަވައިލުމުގެ ސިޔާސަތަށާއި ފާއިތުވި ތިން އަހަރުގެ ދައުލަތުގެ ހަރަދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލުމަށާއި ގައުމު ލޫޓުވައިލަން ލިޔެފައިވާ "ބޮޑު ސްކޭމެއް" ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން އަމީން ވަނީ ސަރުކާރުގެ ބަޖެޓު އެކުލަވައިލުމުގެ ސިޔާސަތަށާއި ފާއިތުވި ތިން އަހަރުގެ ދައުލަތުގެ ހަރަދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަމީން ވިދާޅުވީ "ދިވެހީންގެރާއްޖެ" ޝިއާރުގެ ދަށުން އައިސް ސަރުކާރުން ހުށަހަޅަމުންދާ ބަޖެޓުތަކުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ހަގީގަތުގައި ސަރުކާރުގެ ވާހަކަތަކާ އެއްގޮތަށް ރައްޔިތުންނަށް އޮޅުވައިލުމަށް ތައްޔާރުކޮށްފައިވާ ބޮޑު އޮޅުވައިލުމެއް ކަމަށް އޭނާ ސިފ ކުރެއްވިއެވެ.

Advertisement

"މިއީ ވަރަށް ބޮޑު ސްކޭމެއް، އޮޅުވައިލުމެއް. ދިވެހީންގެރާއްޖެ ޖަހައިގެން އައިސް މި ގައުމު ލޫޓުވައިލަން ލިޔެފައި އޮތް ހުތުބާއެއް ގޮތުގައި އަޅުގަނޑަށް ސިފަވަނީ،" އަމީން ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް އަލިއަޅުވައިލައްވަމުން އަމީން ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު މަޝްރޫއުތަކުގެ ތަފުސީލު ވަކިވަކިން ނުލިޔެ، ގަނޑުކޮށް ޖުމުލަ އަދަދުތަކެއް ޖެހީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނިންމުމަށް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެ އަހަރު ނިމިގެން ދިޔައިރު އޭނާގެ ދާއިރާގައި ފަށާފައި މެދުކެނޑުނު ނުވަތަ ނިމުނު އެއްވެސް މަޝްރޫޢެއް ނެތް ކަމަށް ވިދާޅުވިއެވެ.އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ރަށްތަކާއި ދާއިރާތައް ވަކިން ނުޖެހީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ގާތުން އައްސަވައިގެން އެކަން ކުރައްވަން ބޭނުންފުޅުވާތީ ކަމަށް ސަރުކާރުން ބުނި ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ނަމަވެސް، އެއިން އެއްވެސް ކަމެއް ހަގީގަތަކަށް ވެފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ. 

ފާއިތުވި ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، 52.8 ބިލިއަން އަދި 56.5 ބިލިއަން ރުފިޔާއާއެކު މި އަހަރުގެ ނިޔަލަށް ޖުމުލަ 173.5 ބިލިއަން ރުފިޔާ ހުސްވެގެންދާ ކަމަށެވެ. ނަމަވެސް އެހާ ބޮޑު ހަރަދެއް ކުރެވިގެން ދިޔައިރުވެސް ރައްޔިތުންނަށް ވީ ކަމެއް ނެތުމުން އަމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox