ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތްތައް ދެމުން ރަށްރަށުގައި އެކަށީގެންވާ މިންވަރަށް މި އަހަރު ޕްރޮޖެކްޓު ހިންގުނު: މަމްދޫހު

ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު: އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު: އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމައަށް ދެމުން، ރާއްޖޭގެ ރަށްރަށުގައި އެކަށީގެންވާ މިންވަރަށް މި އަހަރު މަޝްރޫއުތައް ކުރިއަށް ގެންދެވުނު ކަމަށް ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ މި އަހަރަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މަސައްކަތްތައް ފެށިގެންދިޔަ އަހަރު ކަމަށެވެ.

"ދަރަނި ބަރާބަރަށް އަދާކުރަމުން، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމައަށް ދެމުން، ސަރުކާރުގެ ޕްރޮޖެކްޓުތައް އެކަށީގެންވާ މިންވަރަކަށް ރާއްޖޭގެ ރަށްރަށުގައި ހިންގަމުން، އަދި އިއްޒަތްތެރި ރައީސް އަޅުގަނޑު ފާހަގަކޮށްލަން،" މަމްދޫހު ވިދާޅުވި އެވެ.

Advertisement

"މި އަހަރަކީ އަޅުގަނޑުމެންނަށް މި ދެންނެވި ދަރަނީގެ އުނދަގޫ އެންމެ ބޮޑު އަހަރަށްވީ ނަމަވެސް ދިވެހިރާއްޖޭގެ، މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ބަލައިލީމާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް، ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެންމެ ކާމިޔާބު އެންމެ ގިނަ މަސައްކަތްތައް ފެށިގެންދިޔަ އަހަރަކީ މި އަހަރު."

މަމްދޫހު ވިދާޅުވީ އެ ކަންކަން އެގޮތަށް ކުރެވުނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ. އެގޮތުން، މި އަހަރު އެކަނި ވެސް ދަރަނީގެ ގޮތުގައި ދެއްކި މިންވަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ދެއްކި އެންމެ ބޮޑު އަދަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފަށާފައި ހުރި މަޝްރޫއުތަކުގެ ބޮޑު ބައެއް އެ ބަޖެޓުގެ ތެރެއިން ނިންމައިލެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މީގެ ތެރެއިން ސަރުކާރު ހިންގުމުގެ ރިކަރަންޓު ހަރަދު 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ބަޖެޓުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު ވަނީ 9.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ހަރަދުތައް ބޮޑުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ލަފާކުރާ އަދަދަށް ވުރެ 25 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަ ބަޖެޓު ދަށްވީ އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox