އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގެ މަސައްކަތް ފަށަނީ

Sep 28, 2026, 12:24 AM
ހުޅުމާލެ ސިންތެޓިކް ޓްރެކުގެ ވިނަގަނޑު ކައިރީގައި މީހަކު މަސައްކަތެއް ކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ހުޅުމާލެ ސިންތެޓިކް ޓްރެކުގެ ވިނަގަނޑު ކައިރީގައި މީހަކު މަސައްކަތެއް ކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އަންނަ މަހުގެ އެއް ވަނަ ދުވަހު (އަންނަ ބުރާސްފަތި ދުވަހު)، ހުޅުމާލެ ސިންތެޓިކް ޓްރެކްގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. 

ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާނެ ކަމަށް ބުނެ މި ސަރުކާރުން ފެށި އަހާ ފޯރަމް ސިލްސިލާގެ ފޯރަމެއް އަހަރު ދުވަސް ފަހުން, މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދިޔައިރު، ސްޕޯޓްސް މިނިސްޓަރު، ރާފިއު ވަނީ ކުޅިވަރާ ގުޅުން ހުރި ސުވާލުތަކަކަށް ޖަވާބު ދެއްވައިފަ އެވެ. 

އެ ގޮތުން، ރާފިއު ވިދާޅުވީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ސްޓޭޑިއަމްގައި މި ވަގުތު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ފެންވަރަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. 

އެކަމުގެ ސަބަބުން، އެތުލީޓުން ގައުމީ ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ރާފިއު ފާހަގަކުރެއްވި އެވެ. 

މި ހުރިހާ ކަމަކަށް ބަލައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ މަސައްކަތް މިހާރު ފަށަން ތައްޔާރުވެފައިވާއިރު، ރާފިއު ވިދާޅުވީ، ދެން ހަދާ ޓްރެކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާ ސިންތެޓިކް ޓްރެކެއް ކަމަށެވެ. 

އަންނަ ބުރާސްފަތި ދުވަހު، ސިންތެޓިކް ޓްރެކުގެ މަސައްކަތް ފަށާއިރު، އެ ތަނުގައި އަޅާ ސިންތެޓިކްގެ މެޓީރިއަލް މުޅިން ހެން ބަދަލުކުރާއިރު، ދެން ފެންނާނީ އެންމެ ރަނގަޅު ފެންވަރުގެ ޓްރެކެއް ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ. އަދި، އަމާޒަކީ އަންނަ ޖެނުއަރީ މަހަށް ޓްރެކުގެ މަސައްކަތް ނިންމުން ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާފިއު ވިދާޅުވީ، މިހާރު އޮތް ޓްރެކްގެ ބަދަލުގައި ދެން ގާއިމުކުރާ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްއިން ގަބޫލުކުރާ ފެންވަރުގެ ޓްރެކަކަށް ކަމަށެވެ. އަދި އެ ޓްރެކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އަލުން ޓްރެކް އެޅުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ ޖަނަވަރީ މަހަށް ޓްރެކްގެ މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"(ސިންތެޓިކް) ޓްރެކް ހަދަން މި ޖެހެނީ ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރަށް. އަޅުގަނޑުމެންގެ އެތުލީޓުން ނެރޭ ނަތީޖާ ގަބޫލުކުރާ ފެންވަރަށް. ދެން އެ ގޮތުގެ މަތިން އަޅުގަނޑުމެން ސިންތެޓިކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އިރާދަކުރެއްވިއްޔާ މުޅި އެއްކޮށް ބޭސް ނަގާ އަލުން ޓްރެކެއް އަޅަން މި ޖެހެނީ،" ރާފިއު ވިދާޅުވި އެވެ. 

އޭނާ ވަނީ، މާލޭގައި އަޅާފައިވާ ސިންތެޓިކް ޓްރެކު ވެސް ބައިނަލްއަގުވާމީ މިންގަނޑަށް ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

ހުޅުމާލޭގައި އޮތީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ސިންތެޓިކް ޓްރެކް އެކެވެ. އެއީ، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރި މަސައްކަތެކެވެ. އެއީ، މޯލްޑިވްސް އެއާޕޯޓްސް ކޮޮމްޕެނީ (އެމްއޭސީއެލް) މެދުވެރިކޮށެވެ. މާލޭގައި ސިންތެޓިކް ޓްރެކް އެޅީ 2021 ވަނަ އަހަރު ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެެވެ.  އެއީ، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox