ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭން އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސްއާ ހަމައަށް

Feb 25, 2024, 5:00 AM
ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭން އޭޝިއަން ގޭމްސް އާއި އޮލިމްޕިކްސްއާ ހަމައަށް

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ތައްޔާރުކުރާ ދުރުރާސްތާ ޕްލޭނުގެ ތެރެއިން، އޭޝިއަން ގޭމްސް ރާއްޖޭގައި ހޯސްޓް ކުރުމުގެ އުންމީދީ މަސައްކަތާއި، އޮލިމްޕިކްސް އިން މެޑަލް ހޯދުމުގެ ހުވަފެނުގައި ގިނަ ކަންތައްތައްތަކެއް މަގުފަހިކޮށްދިނުމަށް ހިމަނައި، އެ ޕްލޭން ލޯންޗްކޮށްފި އެވެ.

ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭން އެކުލަވާލުމުގައި، އެމެރިކާގެ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަން ހޯދުމަށް، ރާއްޖޭގައި ވަނީ ހަފްތާއެއްގެ ދިގު، ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސްް (14 ހަފްތާ) ތެރޭގައި ކުރެވޭ ހާއްސަ މަސައްކަތެއްގެ ގޮތުގައި، ތައްޔާރުކުރި މި ޕްލޭން ލޯންޗްކުރުން، އޮތީ އިއްޔެ، ހ. މީރުމާގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މި ޕްލޭންގެ ތެރެއިން، ސްޓްރެޓީޖިކް ވިސްނުމެއްގައި ކަންކަން ކުރުމަށް ފަހު، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް ރާއްޖޭގައި ބޭއްވުމާއި، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި، އޭޝިއަން ގޭމްސް ރާއްޖޭގައި ހޯސްޓް ކުރެވޭތޯ މަސައްކަތް ކުރުން ހިމެނެ އެވެ.

މީގެ ތެރެއިން، އައިއޯއަައިޖީ، 2031 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ފަހިކޮށެވެ.

މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ބައިވެރިންގެ ގޮތުގައި ހިމަނާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކެވެ.

އިއްޔެގެ އިވެންޓްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ.

އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ތަމްރީން ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ނިޒާމެއް ކަނޑައަޅާ ގޮތަށް ޕްލޭނުގައި ހިމަނާފައިވާއިރު، ވީހާ ވެސް އަވަހަށް އެކި ކުޅިވަރުގެ ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީންތައް ދީ އެ ކުދިން ކުރިއެރުވުން ހިމަނާފައިވެ އެވެ. މީގެ ދުރު ވިސްނުމަކީ، ބައިނަލްއަގުވާމީ ބޮޑެތި ގޭމްސްތަކުން ރާއްޖެ އަށް މެޑަލް ހޯދޭނެ ވަރަށް ދުރާލާ އެތުލީޓުން ޑިވެލޮޕްކުރުމެވެ. އެ ގޮތުން، ޕްލޭނުގައި ކާމިޔާބު ހޯދުމުގެ ޓާގެޓެއްގެ ގޮތުން ހިމަނާފައިވަނީ، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމާއި 2036 އާއި 2040ގެ އޮލިމްޕިކްސް އިން ރާއްޖެ އަށް މެޑަލެއް ގެނެވޭތޯ އެ އަޒުމުގައި މަސައްކަތް ކުރުމެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މިހާރަށް ވުރެ ފުޅާވެ، އަތޮޅުތަކުގައި ވެސް ގަވާއިދުން ކަންކަން ހިންގުމަށް ވެސް މި ޕްލޭނުގައި ބާރު އަޅަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ފިޒިކަލް އެޑިއުކޭޝަން މާއްދާގެ ކަންކަން ބެލެހެއްޓުމަށް ގައުމީ ލެވަލްގެ، ކޯޑިނޭޓަރަކު ކަނޑައެޅުން ހިމެނެ އެވެ.

ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، އިއްޔެ ލޯންޗް ކޮށްދެއްވި ޕްލޭން، ސްޕޯޓްސް މިނިސްޓްރީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް ހުރިއިރު، މިހާރު މި ޕްލޭން މި އޮތީ، އެކި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލެވިފަ އެވެ. ހިޔާލުތައް ލިބޭ މިންވަރަށް ބެލުމަށް ފަހު، ޕްލޭންގެ ކަންކަން އަލުން އިވެލުއޭޓްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ، މީރުމާގައި ބޭއްވި އިވެންޓްގައި ވަނީ ފިޓްމޯލްޑިވްސް އެޕް ވެސް ލޯންޗް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox