ހައްގުތައް ނުލިބިގެން މުޒާހަރާކުރި 21 ބިދޭސީން ބަންދުކޮށްފި
ބޮލިދުއްފަރު ފަޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ހައްގުތައް ހޯދުމަށް މުޒާހަރާކުރުމުން، އެމީހުން ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލަން އުޅުމުން ދެކޮޅުހެދި 21 މީހަކު އިމިގްރޭޝަނުން ވަނީ ބަންދުކޮށްފައި. މި މައްސަލައިގައި ޓްރާންސްޕޭރެންސީން ބުނެފައިވަނީ ހައްގުތަކަށް ގޮވާލުމުން ބިދޭސީން ޑީޕޯޓުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް.